ދިވެހި ތައުލީމަށް މަސައްކަތް ކުރުމުގެ އެންމެ މަތީ ޝަރަފު ޑރ. މުހައްމަދު ޒާހިރު ހުސައިން އަށް އަރުވައިފި

ޒާހިރު ހުސެއިން އަށް މިރޭ ޝަރަފު އަރުވަނީ: ތައުލީމީ ދާއިރާއަށް ޒާހިރު ހިދުމަތް ކުރައްވަން ފެއްޓެވީ 1970 ވަނަ އަހަރު -- ފޮޓޯ: ރައީސް އޮފީސް

ޒާހިރު ހުސެއިން އަށް މިރޭ ޝަރަފު އަރުވަނީ: ތައުލީމީ ދާއިރާއަށް ޒާހިރު ހިދުމަތް ކުރައްވަން ފެއްޓެވީ 1970 ވަނަ އަހަރު -- ފޮޓޯ: ރައީސް އޮފީސް

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސައިން އަށް ދިވެހިރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު މިރޭ ރަސްމީކޮށް އަރުވައިފި އެވެ.

ޒާހިރުއަށް މި ޝަރަފު އެރުވީ މި އަހަރުގެ ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ޒާހިރު އަކީ އެތަކެއް ދަހަރެއް ވަންދެން ރާއްޖޭގެ ތައުލީމު ކުރިއެރުވުމަށް، އެ ދާއިރާއިން އެތަކެއް ހިދުމަތެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުގެ މަގާމުގަ އެވެ.

Advertisement

ފުވައްމުލަކަށް އުފަން ޒާހިރު ތައުލީމު ހާސިލްކުރެއްވީ މާލޭގައި ހުރި ދާރުލްއިގާމާ، މަދަރްސަތުލް މަޖީދިއްޔާ، އަދި މިސްރުގެ އަލް އަޒްހަރު ޔުނިވަސިޓީންނެވެ. އަޒްހަރުން ޒާހިރު ވަނީ ފުރަތަމަ ޑިގްރީ އަދި މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.

ތައުލީމު ހާސިލްކުރެއްވުމަށްފަހު ޒާހިރު އެނބުރި ގައުމަށް ވަޑައިގެން، އެންމެ ފުރަތަމަ ގައުމަށް ހިދުމަތް ކޮށްދެއްވަން ފެއްޓެވީ އަމީނިއްޔާ ސްކޫލުގެ އިސްލާމް ޓީޗަރެއްގެ ގޮތުގަ އެވެ. އެއީ 1970 ގަ އެވެ. އެ ހަމަ އެއިރު ޒާހިރު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ވަކީލުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

އޭގެ ފަހުން 1976 ގައި ސަރުކާރުން ވަނީ ތައުލީމީ ވުޒާރައިގެ ނައިބުގެ މަގާމަށް ޒާހިރު އައްޔަންކޮށްފަ އެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޔުނެސްކޯ އާއި ޔުނިސެފް އަދި ޔޫއެންޑީޕީ ގުޅިގެން ރާއްޖޭގައި ފެށި ކޮމިއުނިޓީ ތައުލީމުގެ މަޝްރޫއުގައި އެންމެ އިސްކޮށް ހުންނެވީ ވެސް ޒާހިރު އެވެ.

މި ހިދުމަތުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ޒާހިރު އައްޔަންކުރެއްވީ ޖުލައި 23، 1979، ގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. އެ މަގާމުގައި ޒާހިރު 10 އަހަރާއި ނުވަ މަސްދުވަހު ހިދުމަތް ކުރެއްވި އެވެ.

ތައުލީމުގެ އިތުރުން ރާއްޖޭގެ ނޫސްވެރިކަމަށް ވެސް ޒާހިރު ވަނީ ބޮޑެތި ހިދުމަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން "އަމާޒު" ގެ ނަމުގައި މަޖައްލާއެއް ނެރުއްވައި ފަހުން "ހަވީރު" ނޫސް އުފެއްދެވީ ވެސް ޒާހިރެވެ. މި މަސައްކަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ ޒާހިރު އަށް ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ވެސް އަރުވައިފަ އެވެ.

ގައުމީ ހިދުމަތުގެ ތެރެއިން ޒާހިރު ޕީއެޗްޑީ ހާސިލުކުރެއްވީ، މެލޭޝިޔާގެ ޔުނިވާސިޓީ ކެބަންސާން މެލޭޝިޔާގައި، ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން 2001 ގަ އެވެ.

ގައުމީ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން ޒާހިރުއަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު އެރުވީ 2008 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox