ރާގު ބަދަލު ކުރައްވައި ޔާމީނު ކުރެއްވީ ބަދަލު ހިފުމުގެ ވެރިކަމެއް ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ޔާމީނުގެ ވެރިކަމުގައި ސަލްޓަން ޕާކު ރަސްރަނި ބަގީޗާއަށް ރީބްރޭންޑުކޮށް ހުޅުވުމުގެ ރަސްމިއްޔާތު: މީގެ ކުރިން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ޔާމީން ކުރެއްވީ އަނިޔާވެރި ވެރިކަމެއް ނޫން ކަމަށް -- ފޮޓޯ: އެކްސް

ރައީސް ޔާމީނުގެ ވެރިކަމުގައި ސަލްޓަން ޕާކު ރަސްރަނި ބަގީޗާއަށް ރީބްރޭންޑުކޮށް ހުޅުވުމުގެ ރަސްމިއްޔާތު: މީގެ ކުރިން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ޔާމީން ކުރެއްވީ އަނިޔާވެރި ވެރިކަމެއް ނޫން ކަމަށް -- ފޮޓޯ: އެކްސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް އެ ވެރިކަމެއްގައި ހިމެނިވަޑައިގެންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ސިފަ ކުރައްވަމުން އައި ގޮތް ބަދަލު ކުރައްވައި އެ ވެރިކަމަށް ފުރަތަމަ ފަހަރަށް ރައީސް މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނުސީދާކޮށް ރައީސް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން ބަދަލު ހިފުމަށް އަނިޔާވެރިކަމާއެކު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

"މީގެ ކުރީގައި އެކަން އޮތީ ކޮންމެވެސް ވަރަކަށް ފެނިފައި. އެކި ގޮތްގޮތުން، ފްރޭމްކޮށްގެން ކަމުގައި ވިޔަސް ނޫނީވިއްޔާ އެހެން ގޮތަކުން ވިޔަސް އަނިޔާވެރިކަމާ އެކީގައި ސިޔާސީ ވާދަވެރިން ގެންގޮސް ޖަލަށްލައި އަނިޔާކޮށްފައި. އެއީ ތިމަންނައާ ތިމާގެ މީހަކަށް ވިޔަސް ތިމަންނަގެ ރައްޓެއްސެއް ވިޔަސް ކޮންމެ މީހެއް ވިޔަސް، ސިޔާސީ މީހެއް ވިއްޔާ ދުރައްލައި އެއްކައިރި ކުރި ޒަމާން މި ގައުމުގައި އިރާދަ ކުރެއްވިއްޔާ ތާ އަބަދަށް މި ވެރިކަން ފެށުނު ދުވަހުން ފެށިގެން ވާނީ ނެތިގެން ގޮސްފައި،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމާ ގުޅޭގޮތުން ނުސީދާކޮށް މި މޭރުމުން ރައީސް ވާހަކަދެއްކެވި ނަމަވެސް މީގެ ކުރިން އެ ވެރިކަން ރައީސް މުއިއްޒު ސިފަ ކުރެއްވީ މުޅީން ތަފާތުކޮށެވެ. އެ ވެރިކަމާ ގުޅޭގޮތުން ކުރިން އަމާޒުވި ސުވާލުތަކަށް ފަރިތަކަމާއެކު ރައީސް ޖަވާބު ދެއްވީ ޔާމީނު ދިފާއު ކުރައްވައި އެ ވެރިކަމަށް ވެސް ތައުރީފު ކުރައްވަމުންނެވެ.

އޭރު ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ ޔާމީނުގެ ވެރިކަމުގައި ގާނޫނާ ހިލާފު އެއްވެސް ނުކުރައްވާ ކަމަށާއި ކުށެއް ނުކުރާ މީހަކު އެ ވެރިކަމުގައި ހައްޔަރު ނުކުރާ ކަމަށެވެ.

"ކުށްކޮށްގެން އޮންނަ ޕްރޮސީޖާގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން، [އޮންނަ] އުސޫލުގެ ތެރެއިން ނޫނީ ނެތް އެއްވެސް ފަރާތަކަށް ފިޔަވަޅެއް އަޅާފައެއް. އެ ފިޔަވަޅު އެޅިގެން ދިޔަ ފަރާތްތަކާއި އެފަރާތްތަކާ ގުޅިފައި ހުރި ފަރާތްތަކުން އެ ވާހަކަ ދައްކާ. ދެއްކިޔަސް ހަމަ ބެއްލެވީމާ ފެނިވަޑައިގަންނަވާނީ ހަމަ އިޖުރާއަތްތަކުގެ ތެރެއިން ގާނޫނީ ހަމަތަކުގެ މަތިން ގާނޫނީ ވެރިކަމެއް ކުރެއްވީ،" ރައީސް ޔާމީން ދިފާއު ކުރައްވައި މުއިއްޒު އޭރު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ ގާނޫނަކާ ހިލާފުނުވެ ނޫނިއްޔާމު ކުށެއް ނުކޮށް މީހަކު ހައްޔަރު ކުރި ކަމަކަށް. ނެތް ފެންނާކަށް،"

ޔާމީނުގެ ވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގެންދެވި ވާހަކައިގެ ރާގު ރައީސް ބަދަލު ކުރައްވާފައި މިވަނީ އެމަނިކުފާނު އަރިހުގައި ތިބި ބޭފުޅުން ވެސް ޔާމީނާ ގުޅޭގޮތުން ދައްކަމުންދިޔަ ވާހަކަތައް ބަދަލުވެ، ޔާމީނުގެ މައްޗަށް ތުހުމަތުތައް ކުރަން ފެށި ފަހުންނެވެ.

އެ ގޮތުން މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވަނީ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާ އާ ގުޅޭގޮތުން ސުވާލު އުފައްދަވައި ކޮރަޕްޝަނުގެ ތުހުމަތުގެ އަމާޒުވާ މޭރުމަކުން ތަކުރާރުކޮށް ވާހަކަދައްކަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox