ކުރީގެ ރައީސް ޔާމީން އާއި ސޯލިހަށް ރައީސް މުއިއްޒުގެ ނުސީދާ ބަހުގެ ހަމަލާތަކެއް

ރައީސް މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ބަދަލު ހިފުމުގެ ރޫހު ސަރުކާރުން ނުފެންނާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ބަދަލު ހިފުމުގެ ރޫހު ސަރުކާރުން ނުފެންނާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މާދަމާ ފާހަގަ ކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނުސީދާކޮށް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން ބަދަލު ހިފުމަށް އަނިޔާވެރިކަމާއެކު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމުގައި ވެސް ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށް ބައެއް ތަހުގީގުތައް ހިންގާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޔާމީންގެ ނަން ވިދާޅުނުވެ ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ވާދަވެރިއަކަށްވީތީ ރައީސް ޔާމީންގެ ވެރިކަމުގައި ތިމާގެ މީހެއް ވިޔަސް ރަހުމަތްތެރިޔެއް ވިޔަސް އަނިޔާކޮށްފައިވާ ކަމަށެވެ.

Advertisement

"މީގެ ކުރީގައި އެކަން އޮތީ ކޮންމެވެސް ވަރަކަށް ފެނިފަ. އެކި ގޮތް ގޮތުން، ފްރޭމްކޮށްގެން ކަމުގައި ވިޔަސް ނޫނީވިއްޔާ އެހެން ގޮތަކުން ވިޔަސް އަނިޔާވެރިކަމާއެކީގައި ސިޔާސީ ވާދަވެރިން ގެންގޮސް ޖަލަށްލައި އަނިޔާކޮށްފައި. އެއީ ތިމަންނައާ ތިމާގެ މީހަކަށް ވިޔަސް ތިމަންނަގެ ރައްޓެއްސެއް ވިޔަސް ކޮންމެ މީހެއް ވިޔަސް، ސިޔާސީ މީހެއް ވިއްޔާ ދުރައްލައި އެއްކައިރި ކުރި ޒަމާން މި ގައުމުގައި އިރާދަ ކުރެއްވިއްޔާ ތާ އަބަދަށް މި ވެރިކަން ފެށުނު ދުވަހުން ފެށިގެން ވާނީ ނެތިގެން ގޮސްފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވެސް ނަން ވިދާޅުނުވެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސޯލިހުގެ ވެރިކަމުގައި ރިޔާސީ ކޮމިޝަންތައް ހަދައިގެން ތަހުގީގުތަކެއް ކުރިއަށް ގެންދިޔައީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ.

"މި ސަރުކާރަކުން ނުފެންނާނެ ރިޔާސީ ކޮމިޝަންތައް ހަދައިގެން ކުރީގެ މީހުން ކުރަމުންދިޔަ ކަންކަމަށް ސިޔާސީ ގޮތުން ވަދެގެން ކަންކަން ކުރާ ތަނެއް. އެހެނެއް ނޫން ވައްކަންކޮށްފައި ހުރެއްޖެއްޔާމު، ގައުމުގެ މުދާ ނުހައްގުން ހޯދާފައި ހުރިއްޔާމު އެކަންކަން ބަލާނަން. ރައްޔިތުންގެ ހައްގުތަކަށް ހަގީގަތުގައި ވެސް އަރައިގަނެފައި އޮތިއްޔާ އެކަންކަން ބަލާނަން އޮންނަ އުސޫލުތަކުގެ ތެރެއިން. ރިޔާސީ ކޮމިޝަނެއް ނުހަދާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން އަދި ސޯލިހުގެ ވެރިކަމުގެ މިސާލު ނެގުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން ބަދަލު ހިފުމުގެ ރޫހު ނައްތާލައްވާފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއް ސަރުކާރުގެ ފަރާތުން ނުފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ގައުމުގައި ބަދަލު ހިފުމުގެ ރޫހު ނައްތާލައިފިން. ސިޔާސީ ގޮތުން ސަރުކާރުން މިހާރަކު ނުފެންނާނެ ކުރީގަ ފެނުނު ގޮތަށް ބަދަލު ހިފުމުގެ ރޫހެއް. ސިޔާސީ މީހަކަށްވީތީ އަޅުގަނޑުގެ ވާދަވެރިޔާ، އެއީ ސިޔާސީ ވާދަވެރިއަކަށްވީތީ ގެންގޮސް ހިފައި ހައްޔަރުކޮށް ޖަލަށްލާތަނެއް ނުފެންނާނެ. މިދިޔަ އެއް އަހަރު ތެރޭގައި ނުފެންނާނެ. ކުރިއަށް އޮތް ތާނގައި ވެސް ނުފެންނާނެ އެކަމެއް. އެއީ އަޅުގަނޑު ގަބޫލު ކުރާ ހަމައަކީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއް ސަރުކާރުގެ ފަރާތުން ނުފެންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އާދަމް ރަމީޒު މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފަ އެވެ. އަދި ސިހުރު ހެދި ކަމަށް ތުހުމަތުކޮށް ރަމީޒުގެ ކުރީގެ އަނބިމީހާ ފާތުމަތު ޝަމްނާޒް ހައްޔަރުކޮށް މަހެއްހާ ދުވަހު ޖަލުގައި ބެހެއްޓި އެވެ.

ރަމީޒަކީ ރައީސް މުއިއްޒުއާ އެންމެ ގާތުން މަސައްކަތް ކުރި އެކަކެވެ. އޭނާއަކީ ރައީސް މުއިއްޒާއެކު މާލޭ ސިޓީ ކައުންސިލުގައި ވެސް މަސައްކަތް ކުރި ބޭފުޅެކެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް ރަމީޒު ފެނުނީ ރައީސް މުއިއްޒާ ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި މަންޒަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox