ގައުމުގެ މައްސަލަތައް ހައްލު ކުރަން ރައްޔިތުން އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންފި

މިރޭގެ ޖަލްސާގައި ރައީސް އިނާމެއް އަރުވަނީ: ވިދާޅުވީ މައްސަލަތައް ހައްލު ކުރައްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މިރޭގެ ޖަލްސާގައި ރައީސް އިނާމެއް އަރުވަނީ: ވިދާޅުވީ މައްސަލަތައް ހައްލު ކުރައްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރަން ރައްޔިތުން އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން އެއްބާރުލުން ދޭ ނަމަ ގައުމުގެ ހުރިހާ މައްސަލަތައް ވެސް ހައްލު ކުރައްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"ރައްޔިތުންގެ ފަޅީގައި ތިބެގެން މި ބުރަ، އުނދަގޫ ބޮޑު މައްސަލަތައް ރައްޔިތުންނަށްޓަކައި ހައްލުކޮށްދިނުމަށްޓަކައި މި ތެދުވީ. އަޅުގަނޑު ޔަގީން ކުރަނީ ރައްޔިތުން އަޅުގަނޑުމެންނާއެކުގައި މިކަމުގައި ތިއްބަވާނެ ކަމަށް ސާބިތުކަމާއެކީ،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ރައީސް ވަނީ ގައުމުގެ ބައެއް މައްސަލަތަކުގެ ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލަ ފާހަގަ ކުރައްވައިފަ އެވެ. އެ މައްސަލަ ހައްލު ކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިތަނުގައި ވަކި ބައެއްގެ ބާރުގެ ދަށުގައި ޑޮލަރުގެ ކަޅު ބާޒާރު އޮތް އޮތުން ނިމުމަކަށް ގެނެސް ރައްޔިތުންނަށް ޑޮލަރުގެ މުއްސަނދިކަން ގެނެސްދިނުމަށް ނިންމީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އަންޑޮކިއުމެންޓެޑް ވޯކާސްގެ ވާހަކަ ވެސް ރައީސް މިރޭގެ ޖަލްސާގައި ފާހަގަ ކުރެއްވި އެވެ. އެކަންތައް ހައްލު ކުރަން ތެދުވެވަޑައިގަތީ ރައްޔިތުންނަށްޓަކައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މިތަނުގައި ބޭރުގެ މީހުން ނުގަވައިދުން ގެނެސް އެތައް ޒަމާނެއްގެ އިލީގަލް ވޯކާސް އެތައް ލައްކައެއް އެބަތިބި. މި މައްސަލަ ހައްލު ކުރަން ވެސް ތެދުވީ އަޅުގަނޑުމެން އެހެންވެގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ، އެމަނިކުފާނުގެ ބައްޕާފުޅު ލިޔުއްވި "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް" ފޮތުން ބައެއް ބައިތައް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ "އަޅުގަނޑުގެ ގައިޑްބުކަކީ މި ފޮތް" ކަމަށެވެ.

އެ ފޮތުގެ ބައެއް ވާހަކަތަކަށް އަޅި އަޅުއްވާލައްވައި ރައީސް ވިދާޅުވީ ވެރިކަމަކީ ވެރިކަން ލިބޭ މީހާއަށް ލިބޭ މޮޅެއް ނުވަތަ މުދާގަނޑެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ވެރިކަމަކީ އަމާނާތެއް އަދި ވަރަށް ބޮޑު ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ވެރިކަމަކީ އެއްވެސް ހާލެއްގައި ލިބޭ މާބޮޑު މޮޅެއް ނޫން. އެއީކީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ވެސް ނޫން. އެއާ ހިލާފަށް ވެރިކަމަކީ ވަރުގަދަ ޒިންމާއެއް، ވަރުގަދަ މަސްއޫލިއްޔަތެއް، ވަރަށް ބޮޑު އަމާނާތެއް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox