186 ރަށުގައި ދިރިނޫޅެވޭނެ، ކައުންސިލަރުންގެ އަދަދު ވެސް މަދުކުރާނަން: ރައީސް

މިރޭގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މިރޭގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި 186 ރަށުގައި މީހުން އާބާދުވެ ދިރިނޫޅެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރަން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ދެއްވި ދިގު ތަގުރީރުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ގައުމެއް ކަމަށެވެ. ސަރަހައްދީ ތަރައްގީ އެއްފަސްކޮށް، މީހުން އުޅޭ ރަށްތަކުގެ އަދަދު މަދުކުރަން ޖެހެނީ އެެހެންވެކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ގައުމަކީ ވަރަށް ނާޒުކު ގައުމެއް. ނާޒުކޭ މި ދަންނަވަނީ ތިމާވެށީގެ ގޮތުން ނާޒުކު ވާހަކަ. ސަރަހައްދީ ތަރައްގީ ބޭނުންވަނީ އެހެންވެ. 200 ރަށުގައި 186 ރަށުގައި އަޅުގަނޑުމެންނަށް ނޫޅެވޭނެ. މި ފެކްޓު ގަބޫލުކުރަން އެބަޖެހޭ. މޫސުމީ ބަދަލަކީ ހަގީގަތެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގާނޫނަށް ބަދަލު ގެނެސް، ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ވެސް ރާއްޖެ އަށް އެކަށީގެންވާ މިންވަރަކަށް ކުޑަކުރަންޖެހޭ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.އެ ބަދަލު ގެންނަ ގަސްދު ކުރާ ވާހަކަ އިއުލާނު ކުރެއްވި އެވެ.

އެ ވާހަކަ ދައްކާއިރަށް، އެއީ ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ކުރާ ކަމެއް ކަަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާނެ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވި އެވެ.

"100 މީހުން ތިބޭ ރަށުގައި ވެސް 5 ކައުންސިލަރުން އެބަ ތިއްބޭ. ކައުންސިލްގައި ތިބެނީ. ބައްޕަ އާއި މަންމަ އާއި ދަރިންނާ. އެކަކު ދަނީ މަހަށް،" ރައީސް ވިދާޅުވި އެވެ.

"އެއީއެއް ނޫން އަޅުގަނޑުމެން ބޭނުންވާ ގޮތަކީ."

އާބަދީ މަދު ރަށްރަށުގައި ކައުންސިލްތަކުގައި ތިބޭ މެންބަރުން އަދަދު މަދުކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށާއި، މުހިއްމީ ރައްޔިތުން ތަމްސީލުވާ ގޮތަށް އިންތިހާބީ ކައުންސިލެއް އޮތުން ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު ކައުންސިލްތަކުގައި މަދުވެގެން 5 މެންބަރުން ތިއްބަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox