ބޮޑު ތިން ކަމެއް ނިންމަން ރައްޔިތުންގެ ވޯޓެއް ނަގަނީ

މިއަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބެހެއްޓި ފޯޓު ފޮށްޓެއް-- ފޮޓޯ: އަދަދު

މިއަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބެހެއްޓި ފޯޓު ފޮށްޓެއް-- ފޮޓޯ: އަދަދު

ދެ އިންތިހާބު އެއްކޮށްލުމަށާއި، ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބުވާ ގޮތް ހެދުމަށް އަދި ރިޔާސީ ދައުރު ނިމޭ ދުވަސް އަލުން ނޮވެމްބަރު 11 އަށް ބަދަލު ކުރަން ރައްޔިތުންގެ ވޯޓަކަށް ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގެ ދައުރުން ހަފުތާއެއް މަދުވިޔަސް، ވެރިކަމުގެ ދައުރު ނިމި، އާ ދައުރު ފެށޭ ދުވަހަކީ ނޮވެމްބަރު 11 އަށް ބަދަލު ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެއީ "އަމިއްލަ އަށް ނިންމާލެވޭ ވަރުގެ ކަމެއް ނޫން" ކަމަށް ވިދާޅުވި އެވެ.

"މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ވެސް ނުނިންމޭނެއޭ. ރައްޔިތުންގެ ގާތަށް ދާން މި ޖެހެނީ. ރައްޔިތުން ގާތު އަހާލަން އެބަޖެހޭ ފެންނަ ނުފެންނަ ވޯޓަކަށް ޖުމްހޫރީ ދުވަސް، މާނައަކީ މި ދައުރު ނިމޭ ދުވަސް 2028 ގެ ނޮވެމްބަރު 11 އަށް ބަދަލުކުރަން،" ރައީސް ވިދާޅުވި އެވެ.

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، ދިވެހިޖުމްހޫރިއްޔާގެ ދެ ވަނަ ރައީސް އިބްރާހިމް ނާސިރު ވެރިކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރު 11، 1968 ގައި ކަމަށް ވާތީ އެވެ.

އެ ތާރީހުން ފެށިގެން ވެރިކަމުގެ އާ ދައުރެއް ފަށަނީ ކޮންމެ ފަސް އަހަރަކަށް ފަހު، ނޮވެމްބަރު 11 ވަނަ ދުވަހު އެވެ. ނަމަވެސް އެ ތާރީހު ބަދަލުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ މައްސަލަތައް ކޯޓުން ލަސްވެގެން ދިޔުމާއެކު، އިންތިހާބުގެ ފަހު ބުރު ބޭއްވުން ލަސްވެގެން ދިޔުމުންނެވެ. އެހެންވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ހުވާ ކުރައްވައި ދައުރު ފެށުނީ އެ އަހަރުގެ ނޮވެމްބަރު 17 އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ވެސް ރައީސް މުއިއްޒު ކުރިން ފެށިގެން ދައްކަވާ ވާހަކަ އެކެވެ. އެ ބަދަލު ގެންނަން ޖެހޭ މައިގަނޑު ސަބަބެއްގެ ގޮތުގައި ރޭ ވެސް ފާހަގަ ކުރެއްވީ ކައިރި ކައިރީގައި ދެ އިންތިހާބު ބޭއްވުމުން ހަރަދު ބޮޑުވުމެވެ.

"ރައްޔިތުން ބޭނުންފުޅު ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބަކާ އެކީގައި، ރައްޔިތުން އެ ގޮތަށް ފެންނަ ނުފެންނަ ވޯޓަކާ އެކީގައި ނިންމަވައިފިއްޔާ އޮންނާނެ ރައްޔިތުންގެ މަޖިލިސް އިންތިހާބު. އެހެންވީމާ އެ ކަމަށް ވެސް އަޅުގަނޑު ވޯޓަކަށް ރައްޔިތުން ގާތު އަހާނަން،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ނުގޮސް، ފުރަތަމަ ބުރުގައި އެންމެ މަތިން ވޯޓު ލިބޭ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބުކުރާ ކެންޑިޑޭޓުގެ ގޮތަށް ބަދަލުކުރަން ފެނޭތޯ ވެސް ރައްޔިތުންގެ ވޯޓަށް އަހާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ދިރާސާތައް އެޓާނީ ޖެނެރަލް އޮފީހުން ކުރަމުންދާ ކަމަށާއި، އެކަމަށް ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އަހަންޖެހޭ ކަމަށް ވަންޏާ އަހަން ގަސްދުކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ބަދަލުން ވެސް ހަރަދު ކުޑަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިފަދަ މުހިއްމު ކަންކަން ރައްޔިތުންގެ ގާތު އަހައި އެގޮތަށް ގެންދިޔުމަކީ މުހިއްމު ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން ބޭއްވި ހަތަރު އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވިފައެއް ނެތެވެ. ގާނޫނު އޮތް ގޮތުން މިހާރު ރިޔާސީ އިންތިހާބު ކާމިޔާބު ވާނީ 50 ޕަސެންޓުން މަތިން ވޯޓު ލިބިގެންނެވެ.

ނަމަވެސް، ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުރި ގޮތުން ވޯޓުލީ މީހުންގެ 50 ޕަސެންޓު ވޯޓު ނުލިބުނަސް އިންތިހާބު ކާމިޔާބު ކުރެވޭނެ އެވެ.

އާންމުކޮށް ބާއްވާ އިންތިހާބުތައް ފިޔަވައި ރައްޔިތިންގެ ފެންނަ ނުފެންނަ ވޯޓެއްގެ ނަގައިގެން އެންމެ ފަހުން ކަމެއް ކަނޑައެޅީ ގާނޫނު އަސާސީގައި ވެރިކަން ހިންގާ ނިޒާމު ކަނޑައެޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox