ހުލާސާކޮށް އިއްޔެ: ރައީސް ވިދާޅުވީ ވެރިކަމަކީ ލިބޭ މުދާގަނޑެއް ނޫން ކަމަށް، އެއީ ޒިންމާއެއް ކަމަށް

Nov 11, 2024, 1:17 AM
ރޭގެ ޖަލްސާގައި ރައީސް ޑރ. މުުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަހީމް. -- ފޮޓޯ: ރައީސް އޮފީސް

ރޭގެ ޖަލްސާގައި ރައީސް ޑރ. މުުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަހީމް. -- ފޮޓޯ: ރައީސް އޮފީސް

ވެރިކަމަކީ، ވެރިކަން ކުރާ މީހާއަށް ލިބޭ މޮޅެއް ނުވަތަ މުދާގަނޑެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމަކީ ވަރުގަދަ ޒިންމާއެއް، މަސްއޫލިއްޔަތެއް އަދި ބޮޑު އަމާނާތެއް ކަމަށެވެ.

"ވެރިކަމަކީ އެއްވެސް ހާލެއްގައި ލިބޭ މާބޮޑު މޮޅެއް ނޫން. އެއީކީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ވެސް ނޫން. އެއާ ހިލާފަށް ވެރިކަމަކީ ވަރުގަދަ ޒިންމާއެއް، ވަރުގަދަ މަސްއޫލިއްޔަތެއް، ވަރަށް ބޮޑު އަމާނާތެއް،" ރައީސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ވަނީ، އެމަނިކުފާނުގެ ބައްޕާފުޅު ލިޔުއްވި "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް" ފޮތުން ބައެއް ބައިތައް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ "އަޅުގަނޑުގެ ގައިޑްބުކަކީ މި ފޮތް" ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ވަނީ ބައެއް މުހިންމު މައްސަލަތައް ހައްލު ކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޑޮލަރުގެ ކަޅު ބާޒާރު ވަކި ބައެއްގެ އަތްމަތީގައި އޮތް އޮތުން ނިމުމަކަށް މިހާރު ގެނެސްފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިތަނުގައި ވަކި ބައެއްގެ ބާރުގެ ދަށުގައި ޑޮލަރުގެ ކަޅު ބާޒާރު އޮތް އޮތުން ނިމުމަކަށް ގެނެސް ރައްޔިތުންނަށް ޑޮލަރުގެ މުއްސަނދިކަން ގެނެސްދިނުމަށް ނިންމީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އަންޑޮކިއުމެންޓެޑް ވޯކާސްގެ ވާހަކަ ވެސް ރައީސް މިރޭގެ ޖަލްސާގައި ފާހަގަ ކުރެއްވި އެވެ. އެކަންތައް ހައްލު ކުރަން ތެދުވެވަޑައިގަތީ ރައްޔިތުންނަށްޓަކައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މިތަނުގައި ބޭރުގެ މީހުން ނުގަވައިދުން ގެނެސް އެތައް ޒަމާނެއްގެ އިލީގަލް ވޯކާސް އެތައް ލައްކައެއް އެބަތިބި. މި މައްސަލަ ހައްލު ކުރަން ވެސް ތެދުވީ އަޅުގަނޑުމެން އެހެންވެގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގަތީ ގައުމުގައި ހުރި އެފަދަ ބޮޑެތި މައްސަލަތައް ހައްލު ކުރަން ރައްޔިތުންގެ އެއްބާރުލުމަށެވެ. އަދި ވިދާޅުވީ އެ އެއްބާރުލުން އެމަނިކުފާނަށް ލިބިވަޑައިގެންވި ނަމަ އެ ހުރިހާ މައްސަލަތަކެއް ވެސް ހައްލު ކުރައްވާނެ ކަމަށެވެ.

"ރައްޔިތުންގެ ފަޅީގައި ތިބެގެން މި ބުރަ، އުނދަގޫ ބޮޑު މައްސަލަތައް ރައްޔިތުންނަށްޓަކައި ހައްލުކޮށްދިނުމަށްޓަކައި މި ތެދުވީ. އަޅުގަނޑު ޔަގީން ކުރަނީ ރައްޔިތުން އަޅުގަނޑުމެންނާއެކުގައި މިކަމުގައި ތިއްބަވާނެ ކަމަށް ސާބިތުކަމާއެކީ،" ރައީސް ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox