ބަޖެޓު ތަފުސީލުތައް ނުލިބޭތީ އިދިކޮޅު މެންބަރުންގެ ކަންބޮޑުވުން

ހިތަދޫ ދެކެނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ހަނިމާދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ: ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ތިއްބަވާ މި ދެ މެންބަރުންގެ ވެސް ކަންބޮޑުވުމަކަށްވީ ބަޖެޓު ބަހުސްއަށް ތައްޔާރުވާން ބޭނުންވާ މައުލޫމާތު ނެތުމުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިތަދޫ ދެކެނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ހަނިމާދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ: ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ތިއްބަވާ މި ދެ މެންބަރުންގެ ވެސް ކަންބޮޑުވުމަކަށްވީ ބަޖެޓު ބަހުސްއަށް ތައްޔާރުވާން ބޭނުންވާ މައުލޫމާތު ނެތުމުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނަން ޖެހޭ ތަފުސީލުތައް ނެތުމުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ތިބޭ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި ފަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި، ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫއުތަކާއި ހަރަދުތައް ކުރާނެ ގޮތުގެ ތަފުސީލުތައް ހިމަނާފައި ނުވެ އެވެ. މި ކަންބޮޑުވުން އާންމުންނާއި މެންބަރުންނާއި ކައުންސިލުތަކުން ވެސް ހިއްސާކުރެ އެވެ.

ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގައި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ބަޖެޓު ހުށަހެޅިތާ ފަސް ދުވަސް ވެގެން ދިޔަ އިރު ވެސް ބަޖެޓު ފޮތެއް ނުލިބޭ ކަމަށެވެ. އަދި މި ބަޖެޓު ފޮތް ނުލިބިގެން އުޅޭ ސަބަބަކީ ކޮބައިތޯ ވެސް އޭނާ އެއްސެވި އެވެ.

"ބަޖެޓު ފޮތުގައި ހުންނާނެ ވަރަށް ބައިވަރު މައުލޫމާތު، ބަޖެޓުގެ ސޮފްޓް ކޮޕީގައި ނުުހުންނަ އެތައް ބައިވަރު މައުލޫމާތު. އެހެންމަ އަޅުގަނޑުގެ ވަރަށް ބޮޑަށް ކަންބޮޑުވުން އެބައޮތް. އަޅުގަނޑުމެންނަށް ކޮން ދުވަހަކުންތޯ ބަޖެޓު ފޮތް ލިބޭނީ. އެ ލިބުނީމައި އިތުރަށް ކުރިއަށް ދާން އެނގޭނީ. ކީއްވެގެންތޯ އަޅުގަނޑުމެންނަށް މި ބަޖެޓު ފޮތް ނުލިބިގެން މި އުޅެނީ؟" އޭނާ ވިދާޅުވި އެވެ.

މެންބަރު ގަފޫރަށް ރައްދު ދެއްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވީ، މިއީ ދިވެހި ތާރީހުގައި ވެސް ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތިން ހުށަހެޅި ފުރަތަމަ ބަޖެޓު ކަމަށެވެ. އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި އޮންނަ ގޮތުން ނަމަ، ބަޖެޓު ތަފުސީލުތައް ހުށަހަޅަން އޮންނަނީ ބަޖެޓު ހުށަހެޅުމާއި ބަޖެޓުގެ އިބްތިދާއީ ބަހުސް ފެށުމާ ދެމެދުގެ ތާރީހެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިބްތިދާއީ ބަހުސް ފަށަން އޮތް ތާރީހެއް އަދި ކަނޑަނޭޅޭ. އޭގެ ކުރިއަށް ބަޖެޓު ފޮތް ލިބިގެން ދާނެ ކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ މިހާރު. އެހެންވީމަ ގާނޫނާ ހިލާފަށް އަދި ކަމެއް ހިނގައިގެންނެއް އަދި ކަންބޮޑުވެގެން އުޅޭ ހާލަތެއް ދިމާވެގެން އުޅޭ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރަން" ސުޖާއު ވިދާޅުވި އެވެ.

ސުޖާއުއަށް ފަހު ވާހަކަ ދައްކަވަމުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލު ވެސް ވަނީ ގަފޫރުގެ ކަންބޮޑުވުން ހިއްސާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން ބަހުސްއަށް އެޖެންޑާ ކުރެވޭ ދުވަހު މެންބަރުންގެ މޭޒު މަތީގައި ބަޖެޓު ފޮތް އޮތަސް، އެއަށް ފުރިހަމައަށް ތައްޔާރުވާން ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ އެ ތަފުސީލުތައް ހޯދައިދޭން އޭނާ ވަނީ ކޮމިޓީގެ މުގައްރިރަށް ގޮވާލައްވާފަ އެވެ.

"ފުރަތަމަ ބަޖެޓު ހުށަހެޅިގެން ދިޔަ ދުވަހު، އަޅުގަނޑާ ދިމާވި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން. ޕްރިންޓަށް ދީފައޭވީ. ވަރަށް އަވަހަށް ލިބޭނެ ދެ ތިން ދުވަހުގެ ތެރޭގައި، ބައެއް ބޭފުޅުން ވިދާޅުވި. އެ ދެ ތިން ދުވަސް ވެސް ގޮސްފި." އޭނާ ފާހަގަކުރެއްވި އެވެ.

މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ކޮމިޓީގެ މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވީ ފަހަރެއްގައި މިއަދު ނޫނީ މާދަމާ ވެސް ބަޖެޓު ފޮތް ލިބިގެން ދާނެ ކަމަށެވެ. އަދި ބަޖެޓުގެ މަސައްކަތް ކުރިއަށް ދާނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން މެންބަރުންނާ ހުރިހާ މައުލޫމާތެއް ހިއްސާކުރެވިގެން ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 55 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމިޓީން މިއަދު ފާސްކުރީ، ބަޖެޓު ނިންމަން ލިބޭ އެންމެ ފަހު ތާރީހު ކަމުގައިވާ މި މަހުގެ 20، ގެ ކުރިން ބަޖެޓުގެ މަސައްކަތް ނިންމާލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox