ބްރިޖުގެ މަސައްކަތް ލަސްވާ ސަބަބެއްގެ ގޮތުގައި މޫސުމީ ކަންކަން ދައްކަން އެފްކޮންސްއިން މަސައްކަތް ކުރޭ: މުއްތަލިބު

އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުﷲ މުއްތަލިބު -- ފޮޓޯ: ރައީސް އޮފީސް

އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުﷲ މުއްތަލިބު -- ފޮޓޯ: ރައީސް އޮފީސް

ތިލަމާލެ ބުރިޖުގެ ބައެއް މަސައްކަތްތައް ކުރިއަށް ދަނީ ސަރުކާރުން ބޭނުންވާ ބާރުމިނުގައި ނޫން ކަމަށާއި މަސައްކަތް ލަސްވަނީ ކަނޑު ގަދަވުން ފަދަ ކަންކަން ދިމާވާތީ ކަމަށް ބުނެ އެ މަޝްރޫއު ކުރިއަށް ގެންދާ އެފްކޮންސްއިން ސަބަބު ދައްކަން މަސައްކަތް ކުރާ ކަމަށް އިންފްރާސްޓްތަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ ބުރިޖު މަޝްރޫއުގެ 42.82 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން ބޭނުންވާ ބާރުމިނުގައި ބުރިޖުގެ މަސައްކަތް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ޑީޕް ސީ ޕައިލިންގެ މަސައްކަތެވެ.

"އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވޭ، މޫސުމީ ގޮތުން މި އަންނަ ކަންތައްތަކާ ގުޅިގެން ކަނޑު ގަދަވުމާއި މިފަދަ ކަންތައްތަކާ ގުޅުވާލައިގެން ކޮންޓްރެކްޓަރުގެ ފަރާތުން ބައެއް ފަހަރު ސަބަބު ދައްކައިގެން ބައެއް މަސައްކަތްތައް ލަސްވާކަން، މާބޮޑު ތަނެއް ލަސްކަމަށް ނުފެނުން ނަމަވެސް ބައެއް ކްރިޓިކަލް މަސައްކަތްތައް އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާކަން އަޅުގަނޑު ފާހަގަކޮށްލަން،" މުއްތަލިބު ވިދާޅުވި އެވެ.

މާލެ އާއި ތިލަފުށްޓާ ދެމެދު ބުރިޖެއް އެޅުމުގެ މަސައްކަތް، ދެ މަރުހަލާ އަކަށް ބަހާލައިގެން ކޮށް ނިންމާ ގޮތަށް އިންޑިއާގެ އެފްކޮންސްއާ ހަވާލު ކުރީ ސެޕްޓެމްބަރު 16، 2021 ގަ އެވެ. އޭރު އެއްބަސްވެފައި އޮތީ މާލެއިން ގުޅީފަޅާ ހަމައަށް 27 މަސްދުވަސް ތެރޭގައި އަދި ގުޅީފަޅުން ތިލަފުށްޓާ ހަމައަށް 32 މަސްދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މުޅި ބުރިޖުގެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅާފައި އޮތީ މެއި 17، 2024 އެވެ.

ނަމަވެސް ކުރީގެ ސަރުކާރާ އެފްކޮންސްއާ ދެމެދު ފަހުން އެކުލަވާލައިލި ސަޕްލިމެންޓަރީ އެއްބަސްވުމުގައި ވާގޮތުން މިހާރު ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމުގެ މުއްދަތު ވަނީ 51.5 މަހަށް އިތުރު ކޮށްދީފަ އެވެ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމުމުގެ މުއްދަތު 45 މަސްދުވަހަށް ވަނީ އިތުރު ކޮށްދީފަ އެވެ.

އެހެންކަމުން މުޅި ބުރިޖުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު 20، 2026 އެވެ.

މުއްތަލިބު ވިދާޅުވީ އެ މުއްދަތަކީ އެފްކޮންސް އިން ހުށަހެޅި ގޮތަށް އެއްބަސްވެފައި އޮތް މުއްދަތެއް ކަމަށާއި ލަސްވާ ސަބަބުގެ ގޮތުގައި ދައްކާ އުޒުރުތައް ސަރުކާރުން ބަލައި ނުގަންނަ ކަމަށެވެ. އަދި ބުރިޖު ނިންމަން މިހާރު އޮތް މުއްދަތު އެ ސަބަބުތަކަށް ރިއާއަތްކޮށް އިތުރު ކޮށް ނުދެވޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"ކޮންޓްރެކްޓަރާ އަޅުގަނޑުމެން މިހާރު ފާހަގަކޮށްފައި ވާނެ އަޅުގަނޑުމެން ގަބޫލު ނުކުރާކަން ކަނޑުގަދަވެގެން މިއަންނަ ކަމަކީ އެ ބޭފުޅުންނަށް ސަބަބެއްގެ ގޮތުގައި ދައްކައިގެން އިތުރު މުއްދަތެއް ހޯދުމަށް އޮތް ފުރުސަތެއް ކަމަކަށް،" މުއްތަލިބު ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރާއި އެފްކޮންސް އާއެކު ވެސް މަސައްކަތް ކުރަމުން ދަނީ މަސައްކަތްތައް އަވަސްކޮށް، ޝެޑިއުލާ އެއްގޮތަށް ބުރިޖުގެ މަސައްކަތްތައް ނިންމުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox