އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން، އަގު ދައްކަނީ މުސްތަގުބަލުގެ އާމްދަނީން

ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތަކެއް: އީގަލް ހިލްސްއިން ފްލެޓުތައް ތަރައްގީކުރަނީ ހުޅުމާލޭގައި --- ފޮޓޯ: އީގަލް ހިލްސް

ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތަކެއް: އީގަލް ހިލްސްއިން ފްލެޓުތައް ތަރައްގީކުރަނީ ހުޅުމާލޭގައި --- ފޮޓޯ: އީގަލް ހިލްސް

ރަސްމާލޭ ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއު ހިންގާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކޮށްދޭ 5000 ހައުސިން ޔުނިޓަށް ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހުނަސް، އެއީ ދައުލަތަށް ލިބެން އޮތް އާމްދަނިއަކުން އަގު ދައްކާ ގޮތަށް އަޅާ ފްލެޓުތަކެއް ކަން އެނގިއްޖެ އެވެ.

ރަސްމާލޭގައި ހިންގާ ޕްރޮޖެކްޓު އިއުލާންކުރި ދުވަހުން ފެށިގެން ސަރުކާރުން އަންނަނީ، އީގަލް ހިލްސްއިން އަޅައިދޭ ފްލެޓުތަކުގެ ވާހަކަ ދައްކަމުންނެވެ. 

ސަރުކާރުން ބުނީ އެ ޕްރޮޖެކްޓު ހިންގަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަމަށެވެ. އަދި، ރަސްމާލޭގެ އެއްވެސް މަސައްކަތެއް ފެށުމުގެ މި މަސައްކަތް ފަށަން އެއްބަސްވެފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

މިކަމާ ގުޅިގެން އަދަދު ނޫހުން ފިނޭންސް މިނިސްޓްރީގައި ސުވާލުކުރުމުން އެ މިނިސްޓްރީން ވެސް ބުނީ، މިއީ ދައުލަތުގެ ބަޖެޓުން އެއްވެސް އިރެއްގައި އެއްވެސް ފައިސާއެއް ނުދައްކާ ގޮތަށް ހިންގާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއާ ގުޅިގެން ސަރުކާރުގެ ދަރަނި އިތުރު ނުވާނެ ކަަމަށާއި، ގެރެންޓީއެއް ހިސާބު ވެސް ދޭން ނުޖެހޭނެ ކަމަށް ބުންޏެވެ. 

މިހެން ނަމަވެސް، މިއީ ހިލޭ އަޅައިދޭ ފްލެޓުތަކެއް ނޫން ކަން ވަނީ އެނގިފަ އެވެ. އެކަން އެނގުނީ ރަސްމާލޭ ޕްްރޮޖެކްޓާ ގުޅޭ އިތުރު ތަފުސީލުތައް ހިއްސާކުރައްވަމުން ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު ލިންކްޑްއިންގައި ޝާއިއުކުރެއްވި ލިޔުމުންނެވެ.

މުއްތަލިބުގެ ގަލަމުން ރަސްމާލެ ވޯޓާފްރަންޓް މަޝްރޫއުގެ އަލިފުން ޔާއަށް

ރަސްމާލެ ވޯޓާފްރަންޓް މަޝްރޫއަކީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން 12 ބިލިއަން ޑޮލަރު އިންވެސްޓުކޮށްގެން. މިނިސްޓަރު މުއްތަލިބު ހާމަކުރެއްވި ގޮތުގައި، މި މަޝްރޫއު އެކުލަވާލާފައިވަނީ ބިމު ކުލީގެ ބަދަލުގައި ޓެކުހާއި އެހެނިހެން ގޮތްގޮތުން ދިގު މުއްދަތަކަށް އާމްދަނީ ވަންނަ ގޮތަށް.

އެ ލިޔުމުގައި މި 5000 ހައުސިން ޔުނިޓުގެ ބައެއް މައުލޫމާތު ހިއްސާކުރައްވަމުން މުއްތަލިބު ވިދާޅުވީ މިއީ 400-500 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެ ކުންފުނިން ތަރައްގީކުރާ ތިން ކޮޓަރީގެ އެޕާޓުމަންޓުތަކެއް ކަމަށެވެ. އަދި، މިއީ ސަރުކާރުގެ ހިސާބު ފޮތަށް އެއްވެސް ދަރަންޏެއް އިތުރުނުވާ ގޮތަށް، ސޮވެރިން ގެރެންޓީއެއް ވެސް ނުދީ ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފްލެޓުތައް ތަރައްގީކުރަން ސަރުކާރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހުނަސް، ރަސްމާލޭގައި ތަރައްގީކުރާ ތަންތަނުން ސަރުކާރަށް މުސްތަގުބަލުގައި ލިބޭ ގޮތަށް އޮތް 10 ޕަސެންޓުން މި ފްލެޓުތަކުގެ އަގު ކެނޑޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"އެކުއިޒިޝަން ކޮސްޓެއް ނެގުމުގެ ބަދަލުގައި އާމްދަނީގެ 10 ޕަސެންޓު ނަގަން އެއްބަސްވެފައި ވާތީ، މި ގެތަކުގެ ހަރަދު ކެނޑިގެންދާނީ ސަރުކާރަށް ލިބޭ އާމްދަނީގެ ހިއްސާއިން ލިބެމުންދާ ވަރަކަށް - އެއީ ދައުލަތުގެ ބަޖެޓުންނާއި ލޯނު ނަގައިގެން ކުރާކަމެއް ނޫން،" މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު މިހެން ވިދާޅުވެ މި ޕްރޮޖެކްޓު ފަރުމާކޮށްފައިވާ ގޮތް ދިފާއުކުރެއްވި ނަމަވެސް، ފާޑުކިޔާ މީހުން ބުނަނީ ފަހުން އަގު ދައްކާ ކޮންމެ އެއްޗަކީ ދަރަނި ކަމަށެވެ. އަދި، މި ހައުސިން ޔުނިޓުތަކުގެ ކަންކަމުގައި ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަންކަން ތަފުސީލުކޮށް ހާމަކުރަން އެއް ބަޔަކު ވަނީ ގޮވާލާފަ އެވެ.

އޭގެ އިތުރުން، ބިން ހޯދަން އެއްވެސް އަގެއް، ބިން ބޭނުންކުރާ މުއްދަތުގެ ތެރޭގައި ކުއްޔެއް ނުނަގާ އެ ކުންފުންޏަށް ބޮޑު ސަރަހައްދެއް ހިލޭ ދޫކޮށްލަނީ އެ 10 ޕަސެންޓު ލިބޭތީ ކަމަށް ބުނެފައި، އޭގެން ބައެއް ދޫކޮށްލުން ދެކޮޅު ނުޖެހޭ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 

ސަރުކާރުން އަންދާޒާ ކުރަނީ މި ތަނުން ތަރައްގީކުރާ ތަންތަން ވިއްކައިގެން، ނޫނީ މި ތަން ތަރައްގީކުރުމުގެ މުއްދަތުގެ ތެރޭގައި ސަރުކާރަށް 11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަަމަށެވެ. މިއީ 10 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބޭނެ ކަމަށް ބުނާ އަދަދެކެވެ. 

އީގަލް ހިލްސްއިން ހުޅުމާލޭގައި ފްލެޓު އަޅަނީ ކޮންތަނެއްގައި ކަމެއް އަދި އިމާރާތްކުރަނީ ކޮން ގިންތިއެއްގެ ފްލެޓުތަކެއް ކަމެއް ނޭނގެ އެވެ. މި ޕްރޮޖެކްޓުގެ ކޮންމެ ޔުނިޓަކަށް ޖެހޭ އަގުން ބެލެވެނީ މިއީ ސޯޝަލް ހައުސިން ފަންތިއަށް ވުރެ މަތީގެ، މިޑްރޭންޖު ފްލެޓުތަކެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox