ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށްނުދާ ކަމަށް ސަރުކާރުން އެއްބަސްވެ، މައްސަލައަކަށް ދެއްކީ ކުރީ ސަރުކާރު

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު: ރައީސް މުއިއްޒު ކެމްޕެއިނު ތެރޭގައި ވިދާޅުވީ އެއްވެސް މަޝްރޫއުއެއް ހުއްޓާނުލާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު: ރައީސް މުއިއްޒު ކެމްޕެއިނު ތެރޭގައި ވިދާޅުވީ އެއްވެސް މަޝްރޫއުއެއް ހުއްޓާނުލާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށްނުދާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެއްބަސްވެވަޑައިގެން އޭގެ ސަބަބެއްގެ ގޮތުގައި ކުރީ ސަރުކާރުން ހެދި ކަމަށް ބުނާ ގޯސްތަކުގެ ވާހަކަ ދައްކަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، ވަރަށް ގިނަ ޕްރޮޖެކްޓުތައް ނުހިނގާ މަންޒަރު ފެންނާނެ ކަމަށާއި އޭގެ ސަބަބަކީ ކުރީ އެ ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ފައިސާ ކުރީ ސަރުކާރުން ބަޖެޓު ނުކުރުން ކަމަށެވެ.

"ސުވާލަކީ ކީއްވެތޯ ޕްރޮޖެކްޓުތައް ނުހިނގަނީ؟ އާދެ، ވަރަށް ބައިވަރު ޕްރޮޖެކްޓުތައް އެބަ ހިނގާ. އެހެން ނަމަވެސް ވަރަށް ބައިވަރު ޕްރޮޖެކްޓުތައް ނުހިނގާ ތަން ވެސް ފެންނާނެ. އޭގެ ސާފު ޖަވާބަކީ، ސޮއިކޮށްފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ މި ދެންނެވި ގޮތަށް ބައިކުޅަބަޔަށް ބަޖެޓުގައި ހިމެނިފައި އޮތުން،" މުއްތަލިބު ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވީ ވީހާ ވެސް ޕްރޮޖެކްޓުތަކެއް ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ މިނިސްޓްރީގައި ޕެންޑިން ބިލުތަކެއް ހުރުމުން އެކަމަށް ދަތިތަކެއް ކުރިމަތިވި ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހަރަދު ކުރެވެން އޮތީ ގާނޫނުގައިވާ ގޮތުން ބަޖެޓު ކަނޑައަޅާފައިވާ އަދި އެ ފައިސާ ލިބޭ މިންވަރަކަށް ބާލަފަ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އަޅުގަނޑު މަސައްކަތް ކުރީ ވީހާ ވެސް ގިނަ މަޝްރޫއުއެއް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް. މިކަމުގައި ދެން ކުރިމަތިވި އެންމެ ބޮޑު ދައްޗަކީ ދައުރު ފެށުނު އިރު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ޕެންޑިން ބިލުގެ ގޮތުގައި 1.72 ބިލިއަން ރުފިޔާ ބިލުތައް ހުރުން،" އޭނާ ވިދާޅުވި އެވެ.

ޕްރޮޖެކްޓުތައް ނުހިނގާ ކަމަށް މިނިސްޓަރު އެއްބަސްވިއިރު، ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

"އަޅުގަނޑުމެންނަކީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާ ބައެއް ނޫން. ރަށުގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ހިނގާ އެއްވެސް ކަމެއް، ރައްޔިތުން ބޭނުންވާ ގޮތަށް ހިނގާ އެއްވެސް ކަމެއް ހުއްޓައެއްނުލާނަން،" އޯގަސްޓު 24، 2023، ގައި ނ. ވެލިދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ފަށާފައި އޮތް ޕްރޮޖެކްޓުތައް މި ސަރުކާރުން ހުއްޓައިލި އިރު، ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އަޕްޑޭޓު އާންމުންނަށް ބެލޭނެ ގޮތަށް ކުރިން ހަމަޖައްސާފައި އޮތް އައިލްސް ވެބްސައިޓު ވަނީ ޑައުންކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox