އަރަފާތު ހިންގީ މުޑުދާރު "ބުޅާ މަސް" ފެކްޓަރީއެއް! އާންމުން ސިހިއްޖެ!

އަރަފާތު ކާބޯތަކެތި ތައްޔާރު ކުރި ގެ: އޭނާ ހިންގި ބަދިގޭގައި ޝައްކު ކުރެވޭ ޒާތުގެ ގިނަ މަސްތަކެއް ހުރި -- ފޮޓޯ: އަދަދު

އަރަފާތު ކާބޯތަކެތި ތައްޔާރު ކުރި ގެ: އޭނާ ހިންގި ބަދިގޭގައި ޝައްކު ކުރެވޭ ޒާތުގެ ގިނަ މަސްތަކެއް ހުރި -- ފޮޓޯ: އަދަދު

ގ. ރަނައުރާގޭއާގޭ ގޯޅިގަނޑުގައި ހުންނަ އެ ގޭގެ ތިން ބުރީގައި ވެސް ބުޅާ ގެންގުޅެ އެވެ. އެ ގޯޅިގަނޑުގައި ހުންނަ އެހެން ގެތަކުގައި ދިރިއުޅޭ މީހުން ބުނަނީ ދެ ދުވަހު އެއް ބުޅަލެއް އެ ގެއިން ނުފެންނަ ކަމަށެވެ. މެދުނުކެނޑި އެ ގެއިން އިވެނީ ބުޅާ ރޯ އަޑެވެ.

ދެ ބުރިއަށް ހަދާފައި ހުރި އެ ގޭގެ އެންމެ މަތީ ބުރީގައި ހުރީ އެނދެއް ބަހައްޓައި މީހަކަށް ނިދޭ ގޮތް ހަދައިފަ އެވެ. ދެ ވަނަ ބުރި ބޭނުން ކުރަނީ ގުދަނެއްގެ ގޮތުގަ އެވެ. އެ ބަޔަށް ހުރީ މުދާ ވައްދައި ބަރާކޮށްފަ އެވެ. އެންމެ ތިރި ބޭނުން ކުރަނީ ބަދިގެއެއްގެ ގޮތުގަ އެވެ.

އެ ގޯޅީގައި ހުންނަ އެހެން ގެތަކުގައި ދިރިއުޅޭ މީހުން ބުނަނީ އެ ގޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ އަރަފާތު ހޮސެއިން، 32، ގެ މަސައްކަތަކީ އެ ގެއަށް ބުޅާ ގެނައުމާއި ކެއްކުން ކަމަށެވެ. ދުވަހު ހަތަރުދަމު އޭނާ ކުރާ މަސައްކަތަކީ ކެއްކުން ކަމަށް މީހުން ބުނެ އެވެ.

Advertisement

ކަރު ބުރިކޮށްލުމަށްފަހު މަގުމައްޗަށް އެއްލާލާފައި އޮތް ބުޅަލެއް އެ ހިސާބުން މީހުންނަށް ފެނިފައި އެބަހުއްޓެވެ. އެ ސޮރުގެ ހަށިގަނޑުގެ ވަކި ހިސާބަކަށް އޮތީ ހަން ވެސް ނޮޅައިފަ އެވެ. ހިސާބުގަނޑު މީހުން ބުނަނީ އަރާފަތު ކާނާ ތައްޔާރު ކުރަނީ ބުޅާ މަހުން ކަމަށެވެ.

"މީގެ ދެ ދުވަސް ކުރިން ފެނުނު ގޭ ބޭރުން ދެ ސައިކަލު ދޭތެރެއިން ބުޅަލެއް، ހަމަ ކަރު ބުރިކޮށްލާފައި އޮތީ. ބުޅަލުގެ އެތެރެ އޮތީ ވަރަށް ހުސްކޮށް. ބުޅަލުގެ ވަކި ހިސާބަކަށް އޮތް ހަން ވެސް ނޮޅާފައި. އޭގެ ބޮލެއް ވެސް ނެތް. މިއަދު ނޫނީ އަބަދުވެސް އެގެއިން އިވޭ ބުޅާ ރޯ އަޑު،" "އަދަދު" އާ ވާހަކަ ދައްކަމުން އެ ގޯޅިގަނޑުގައި ދިރިއުޅޭ އަންހެނަކު ބުންޏެވެ.

"ބުޅާ ވަގަށް ނަގައިގެން އޭނާ ގެންގުޅޭ. މިގޭ ކުދިން ބުނޭ ދެ ދުވަހު އެއް ބުޅަލެއް ނޫން ކަމަށް ފެންނަނީ."

ބުޅާ މަސް ކައްކާ ކަމަށް ޝައްކު ކުރެވޭ ބަދިގެ: މީހުން ބުނަނީ ދެ ދުވަހު އެއް ބުޅަލެއް އެ ގެއިން ނުފެންނަ ކަމަށް -- ފޮޓޯ: އަދަދު
ބުޅާ މަސް ކައްކާ ކަމަށް ޝައްކު ކުރެވޭ ބަދިގެ: މީހުން ބުނަނީ ދެ ދުވަހު އެއް ބުޅަލެއް އެ ގެއިން ނުފެންނަ ކަމަށް -- ފޮޓޯ: އަދަދު

ބުޅާ މަސް ކައްކާ ކަމަށް ޝައްކު ކުރެވޭ ބަދިގެ: މީހުން ބުނަނީ ދެ ދުވަހު އެއް ބުޅަލެއް އެ ގެއިން ނުފެންނަ ކަމަށް -- ފޮޓޯ: އަދަދު

ބުޅާ މަހުން ކާބޯތަކެތި ތައްޔާރު ކުރާ ކަމަށް ޝައްކު ކުރެވޭ މައްސަލަ އިއްޔެ ސޯޝަލް މީޑިއާގައި ފެންމަތި ކުރުމުން މި ނޫހުން ގޮސް ބެލިއިރު ފެނުނީ އިންތިހާ ދަރަޖައަށް މުޑުދާރުކޮށް އަރަފާތު ހިންގަމުންދިޔަ ކާނާ ތައްޔާރު ކުރާ ފެކްޓަރީއެކެވެ. ޑީފްރީޒަރެއްގައި ހުރި ޝައްކު ކުރެވޭ ޒާތުގެ ގަނޑު މަސްތަކެއް ހުއްޓެވެ. އެހެން ފްރިޖެއްގެ އަތްގަނޑު ހުޅުވާލުމުން މަސް ކުނި ވަހެވެ. ކާނާ ތައްޔާރު ކުރާ ތަނުގެ އެއް ފަރާތެއްގައި ބިން މަތީގައި މީދާ ކޮއްޓެއް ބަހައްޓާފައި ހުއްޓެވެ. ކޮށި ކައިރީގައި ބޮޑު މީދަލެއް ދުވެފައި ދިޔަ އެވެ.

އަރަފާތު ހިންގާ "ކާބޯތަކެތި ފެކްޓަރީ" ގެ މައްސަލަ އެތައް ފަހަރަކު މީގެ ކުރިން އިމިގްރޭޝަން އަދި ކަމާ ބެހޭ އެހެން އިދާރާތަކަށް އެ ގޯޅިގަނޑުގައި ދިރިއުޅޭ ބައެއް ދިވެހިން ހުށަހެޅި އެވެ. އެކަމަކު، ސޯޝަލް މީޑިއާގައި އިއްޔެ އެ ވާހަކަ "ފަޅާލުމުގެ" ކުރިން ސަރުކާރުގެ ސަމާލުކަމަށް އެ ފެކްޓަރީއެއް ނާދެ އެވެ.

"އޭނަގެ ވީޑިއޯ ނަގާފައި އިމިގްރޭޝަނަށް ފޮނުވަން. ހަބަރެއް ވެސް ނުވޭ. ޕޮލިހަށް ވެސް ގުޅަން. އެންމެ ފަހުން މިދިޔަ ރޯދަ މަހު ޕޮލިހުން އައިސް ބަލާފައި ބުނީ އޭނަ ކުއްޔަށް ނަގާފައި ހުންނަ ތަނެއްގައި އެކަން ކުރާތީ ކަމެއް ނުކުރެވޭނެއޭ،" ސަރުކާރުގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމަށް ކުރި މަސައްކަތް ކިޔައިދެމުން މި ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަރަފާތު ބޭނުން ކުރި ފްރިޖެއް: އަތްގަނޑު ހުޅުވާލުމުން މުޅި ތަނަށް ފެތުރުނީ ކުނި މަސް ވަސް -- ފޮޓޯ: އަދަދު
އަރަފާތު ބޭނުން ކުރި ފްރިޖެއް: އަތްގަނޑު ހުޅުވާލުމުން މުޅި ތަނަށް ފެތުރުނީ ކުނި މަސް ވަސް -- ފޮޓޯ: އަދަދު

އަރަފާތު ބޭނުން ކުރި ފްރިޖެއް: އަތްގަނޑު ހުޅުވާލުމުން މުޅި ތަނަށް ފެތުރުނީ ކުނި މަސް ވަސް -- ފޮޓޯ: އަދަދު

އަރަފާތު ހިންގާ ބަދިގޭގެ ރައްކާތެރިކަމާމެދު ވެސް އެ ގޯޅީގައި ދިރިއުޅޭ މީހުން ޝައްކެވެ. ބަދިގޭގެ ދުންހޮޅި ގޯޅިގަނޑަށް ހުންނާތީ ކުރިމަތިވާ އުނދަގުލަކީ އަނެއް މައްސަލަ އެވެ. އެ ވާހަކަ ދައްކާއިރަށް އަރަފާތު ދައްކަނީ ރުޅިވެރިކަމެވެ.

"ބޮޑެތި ޕްރެޝަރު އުނދުނުގައި ކައްކަނީ. އަސްލު ރައްކާތެރިކަމެއް ވެސް ނޫން އެއީ. ސައުވީސް ގަޑިއިރު ކައްކަންޏާ ކިހާ ހޫނެއް ވާނެ. ނުނިދިގެން ދާހިއްލާ ފޯވެގެން އެބަ ހޭލެވޭ. އޭނާ ބުނޭ ތަނުން ބޭރެއް ވެސް ނުކުރެވޭނެއޭ، ބޭނުން ގޮތަކަށޭ ގޭގައި އުޅޭނީ،" އަރަފާތުގެ ވާހަކަ ކިޔައިދެމުން އޭނާ ބުންޏެވެ.

ދިވެހިރާއްޖޭގައި މަސައްކަތް ކުރަން އަރަފާތު އައީ ވެއިޓަރެއްގެ ހުއްދައިގަ އެވެ. ނަމަވެސް އޭނާ ކުރާ މަސައްކަތަކީ ކުއްޔަށް ހިފާފައި ހުންނަ ތަނުގައި ކެއްކުމެވެ. އޭނާގެ ފެކްޓަރީގައި އާންމުކޮށް ކައްކަނީ ބަންގްލަދޭޝްގެ މީހުންނަށް ކަމަށްވެ އެވެ. އެކަމަކު، ދިވެހިން އާންމުކޮށް ކައި ހަދާ ސަބްމެރިން އަދި ބާގާ ފަދަ ތަކެތި ވެސް އަރަފާތު ތައްޔާރު ކުރެ އެވެ.

އަރަފާތުގެ "ބަދިގެ" ތެރޭގައި ހުރީ ހުސް ކާބޯތަކެތި ތައްޔާރު ކުރަން ބޭނުން ކުރާ ސާމާނެވެ. އޭގެ ތެރޭގައި ގެރެންޓީ ހަމަވެފައި ހުރި ބައިވަރު ތަކެތި ވެސް ހުއްޓެވެ. އެއްޗެހި ހުންނަނީ އެތަން މިތަނަށް "އުކައިފަ" އެވެ. އެއްވެސް ސާފުތާހިރުކަމެއް ނެތެވެ.

އަރަފާތުގެ ވާހަކަ އިއްޔެ ފެތުރުމުން ގިނަ ދިވެހިންނަށް ލިބުނީ ޝޮކެކެވެ. އެއާއެކު އާންމުންގެ އިހުސާސްތައް ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލި އެވެ. އޭނާ ވަގުތުން ހައްޔަރު ކުރަން ގޮވާލާ އަޑުތައް ގިނަވި އެވެ. އަދި އަރަފާތުގެ ބަދިގެ ބަންދުކޮށް، އެފަދަ ހަޑިމުޑުދާރު ހުރިހާ ތަނެއް ހޯދަން މީހުން ގޮވަން ފެށި އެވެ.

ސޯޝަލް މީޑިއާގައި އަރަފާތު އަދި އޭނާގެ "ބުޅާ ކައްކާ ފެކްޓަރީ" ގެ ވާހަކަ އާންމުވުމުން އިމިގްރޭޝަނުން އޭނާ ހޯދަން ފެށި އެވެ. ފުލުހުން ގޮސް އޭނާގެ ބަދިގެއަށް ވަދެ އެ ތަން ބަލައި ފާސް ކުރަން ފެށި އެވެ. އަދި 24 ގަޑިއިރު ނުވަނީސް މިއަދު ހެނދުނު އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އަރަފާތު ހައްޔަރު ކުރިއިރު އޭނާ ހުރީ ސިފަ ބަދަލު ކުރަން ބޯކޮށާ ތަނަކަށް ވަދެ އެވެ.

އަރަފާތުގެ މައްސަލަ ފުލުހުން ދަނީ ބޮޑު ކަމެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އެނިމަލް ވެލްފެއާ މިނިސްޓްރީން ވެސް ދަނީ އެ މައްސަލަ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox