އެލިއާގެ "ބޯޓް އޮޕަރޭޓާސް ޓްރޭނިން" ކާމިޔާބުކަމާއެކު ނިންމާލައިފި

Jul 19, 2026, 9:00 AM
އެލިއާ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާ ގުޅިގެން  އިން ކުރިއަށްގެންދިޔަ މެރިޓައިމް ތަމްރީނު ޕްރޮގްރާމް  ނިންމާލައިފި.

އެލިއާ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާ ގުޅިގެން އިން ކުރިއަށްގެންދިޔަ މެރިޓައިމް ތަމްރީނު ޕްރޮގްރާމް ނިންމާލައިފި.

އެލިއާ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދިޔަ "ބޯޓް އޮޕަރޭޓާސް ޓްރޭނިން" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށާއި، ފަންނީ ގާބިލުކަން ވަރުގަދަކޮށް، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތް ތަރައްގީކުރުމަށް އެލިއާއިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ހަރަކާތެކެވެ.

ޖުލައި 14 އިން 16 އަށް ކުރިއަށްގެންދިޔަ މި އަހަރުގެ ޕްރޮގްރާމްގައި ރިސޯޓުތަކާއި، ކަނޑުދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ޖުމްލަ 47 ފަރާތަކުން ބައިވެރިވިއެވެ.

Advertisement

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ތަމްރީނުތަކުގައި ކަނޑުދަތުރުފަތުރުގެ ގަވާއިދުތަކާއި، ނެވިގޭޝަން ސޭފްޓީ ނުވަތަ ދަތުރުފަތުރުގެ ރައްކާތެރިކަމާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި، ފަސްޓް އެއިޑް، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ އިތުރުން އުޅަނދުފަހަރު ދުއްވުމުގައި ގެންގުޅޭ އެންމެ ރަނގަޅު އުސޫލުތަކާ ބެހޭގޮތުން ފުރިހަމަ މައުލޫމާތު ބައިވެރިންނަށް ވަނީ ދީފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޔަމަހާ އައުޓްބޯޑް އިންޖީނުތައް މަރާމާތުކުރުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމާ ގުޅޭ އަމަލީ ތަމްރީނުތައް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ ސަބަބުން އިންޖީނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތާއި، ކަނޑުމަތީގައި ދިމާވާ ހަގީގީ ހާލަތްތަކުގައި ފައިދާހުރި ގޮތެއްގައި އަމަލުކުރުމަށް ބޭނުންވާ އަމަލީ ތަޖުރިބާ ބައިވެރިންނަށް ލިބިގެންދިޔައެވެ.

ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި، ފަންނީ ހުނަރު އިތުރުކުރުމަށް ބައިވެރިން ދެއްވި އަހައްމިއްޔަތު ފާހަގަކޮށް، ތަމްރީނު ފުރިހަމަކުރި ހުރިހާ ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މި ތަމްރީނުތަކުގެ ސަބަބުން، މިހާރު ބަދަލުވަމުންދާ ކަނޑުދަތުރުފަތުރުގެ މާހައުލުގައި، ބޯޓު ކެޕްޓަނުންނަށް ބޭނުންވާ އިތުބާރާއި، އަމަލީ ހުނަރު އަދި ރައްކާތެރިކަމާއެކު އުޅަނދުފަހަރު ދުއްވުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.

މި އަހަރުގެ ޓްރޭނިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި އެހީތެރިވެދިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ބައިވެރިވި ހުރިހާ މުއައްސަސާތަކާއި މުދައްރިބުންނަށް އެލިއާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގައި ޔަމަހާ އައުޓްބޯޑް އިންޖީނުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން، އެލިއާއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށާއި، ފަންނީ ގާބިލުކަން ބިނާކުރުމަށެވެ. އަދި ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތް ދިގު މުއްދަތަކަށް ތަރައްގީކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި އެ ކުންފުނިން ދެމިއޮންނާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox