ބަންގްލަދޭޝްގެ އަށް މީހުން މަރުވުން: މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފި

Aug 10, 2026, 8:30 PM
ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީ މަސައްކަތްތެރިންތަކެއް.

ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީ މަސައްކަތްތެރިންތަކެއް.

ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އަށް މީހަކު 10 ދުވަހުގެ ތެރޭގައި މަރުވުމާ ގުޅިގެން މަސައްކަތްތެރިންގެ ހައްގުަތައް ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ. 

ޖުލައި 25، އާއި އޯގަސްޓު 3، އާ ދެމެދު ހާދިސާތަކުގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވި ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަންއާ ހަވާލާދީ ރިޕޯޓުކޮށްފައި ވަނީ އެ ގައުމުގެ ނޫސްތަކުންނެވެ. 

އެ މަރުތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލުގައި ހިނގި އެކްސިޑެންޓްތަކާއި، ސިއްހީ ސީރިއަސް މައްސަލަތަކުގެ އިތުރުން އަމިއްލައަށް މަރުވުމުގެ ހާދިސާތައް ހިމެނޭކަން ޓްރާންސްޕޭރެންސީން ވަނީ ފާހަގަކޮށްފަ އެވެ. އެ 10 ދުވަހުގެ ތެރޭގައި ގިނައިން މަރުވީ އުމުރުން 21 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ.

އެއީ ވަކިވަކި ހާދިސާތަކެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށާއި، މިއީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ހުރި ނިޒާމީ ބަލިކަށިކަން ހާމަކޮށްދޭ ކަމެއް ކަމަށް އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މަސައްކަތްތެރިން ރައްކާތެރިކުރުމަށް ހުރި ގާނޫނުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމާއި، މަސައްކަތުގެ މާހައުލުގެ ސަލާމަތީ މިންގަނޑުތައް ބަލައި ފާސްކުރުން އިތުރުކުރުން ޓްރާންސްޕޭރެންސީން ވަނީ އެ ބަޔާނުގައި ގޮވާލާފަ އެވެ.

އޭގެ އިތުރުން، ބިދޭސީންނަށް ސިއްހީ ފަރުވާ އާއި ނަފްސާނީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، އެ މީހުންނަށް ކުރިމަތިވާ ނިޒާމީ އަނިޔާތަކާއި އިހުމާލުތައް ހުއްޓުވުމަށް ވަނީ ގޮވާލާފަ އެވެ.

ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް އެމީހުންގެ ހައްގުތައް ގެއްލިގެންދާއިރު، އިންސާފު ހޯދުމަށް އެކަށީގެންވާ މަގުތަކެއް ފަހިވެފައި ނެތްކަން އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ. 

މަސައްކަތްތެރިންނަށް ރައްކާތެރި މާހައުލަކާއި އެކަށީގެންވާ ދިރިއުޅުމުގެ ހާލަތު ފޯރުކޮށްދިނުމަކީ ވަޒީފާދޭ ފަރާތްތަކުގެ ޒިންމާއެއް ނަމަވެސް، އެ ޒިންމާ އަދާނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި ދައުލަތުގެ މުއައްސަސާތަކުން ފަސްޖެހޭކަން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox