މުއައްސަސާތަކުގެ އަގު ހިފަހައްޓަން ގާނޫނެއް ހަދަން ގޮވާލުމުން އިހުސާނަށް ފާޑުކިޔުން އަމާޒުވެއްޖެ

ހޯމް މިނިސްޓަރު، އަލީ އިހުސާން: އޭނާ ވިދާޅުވީ މުއައްސަސާތަކުގެ އަގު ހިފަހައްޓަން ގާނޫނެއް ހަދަންޖެހޭ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު، އަލީ އިހުސާން: އޭނާ ވިދާޅުވީ މުއައްސަސާތަކުގެ އަގު ހިފަހައްޓަން ގާނޫނެއް ހަދަންޖެހޭ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ފުލުހުންނާއި ސިފައިން އަދި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ އަގު ހިފެހެއްޓުމަށްޓަކައި ގާނޫނެއް ހަދަން ހޯމް މިނިސްޓަރު އަލީ އިހުސާން ގޮވައިލެއްވުމުން އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ. 

ގާނޫނެއް ހަދައިގެން  މުއައްސަސާތަކުގެ އަގު ހިފަހައްޓަން އިހުސާން ގޮވައިލެއްވީ އަންގާރަ ދުވަހު މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ހާއްސަކޮށް ފުލުހުންނާއި ސިފައިންގެ އަގު ވައްޓާލަން ސިޔާސީ ގޮތުން މަސައްކަތް ކުރާ ކަމަށާއި އެކަން ގާނޫނަކުން ހުއްޓުވަންޖެހޭ ކަމަށެވެ. 

"ދިވެހި ފުލުހުންގެ މުއައްސަސާގެ އަގު ވެސް، ދިވެހި ސިފައިންގެ އަގު ވެސް އަދި މި އިއްޒަތްތެރި މަޖިލީހުގެ އަގު ވެސް ހިފެހެއްޓުމަށްޓަކައި ހަދަންޖެހޭ ގާނޫނާއި ގަވާއިދުތަކާ އެއްޗެހި ހައްދަވައިދެއްވުމަކީ ހަމަ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް،" އިހުސާން ވިދާޅުވި އެވެ. 

އިހުސާން އެހެން ވިދާޅުވުމުން، ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރަމުން ބައެއް މީހުން ބުނީ، ގަދަރާއި އިހުތިރާމަކީ ގާނޫނެއް ހަދައިގެން ގަދަބާރުން ހޯދޭނެ އެއްޗެއް ނޫން ކަމަށެވެ. 

"އިއްޒަތާއި އަބުރާއި އިހްތިރާމަކީ ގާނޫނު ހަދައިގެން، ބިރު ދައްކައިގެން ގަދަ ބާރުން ހޯދޭނެ އެއްޗެއް ނޫން! އެއީ ބަހާއި އަމަލާއި އުޅުމާއި ގުޅުމުން ހޯދާ އެެއްޗެއް! އެހެން މީހުން ހިތުން ރުހުމުން ދޭ އެއްޗެއް! ގާދަ ބާރުން ފޭރޭ އެއްޗެއް ނޫން! ގާނޫނެއް ނެތަސް، ބިރު ނުދެއްކިޔަސް، އިހްތިރާމް ހައްގު އުޅުމާއި ގުޅުމަށް އާންމުން އިހްތިރާމް ކުރާނެ!،" ސޯޝަލް އެކްޓިވިސްޓް މިދުއަމް ސައީދު އެކްސްގައި ލިޔެފައިވެ އެވެ. 

އިހުސާނަށް ފާޑުވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވެސް ފާޑުވިދާޅުވި އެވެ.

"މީހެއްގެ އަގު މުޖުތަމައުގައި ކުޑަވަނީ އޭނާގެ ނުބައި އަހްލާގާއި، ދޮގުހެދުމާއި، ހިޔާނާތްތެރިވުން ފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން. އިތުބާރު ގެއްލި ގަދަރު ކުޑަވަނީ ޒިންމާތަކަށް ފަރުވާކުޑަކޮށް، މީހުންނަށް އިހްތިރާމް ނުކުރާނަމަ. މީހެއްގެ އަގު ހިފެހެއްޓެނީ ތެދުވެރިކަމާއި ރިވެތި އުޅުމުން ކަމަށްވާއިރު، މިއީ ގާނޫނަކުން އިސްލާހުކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވެފައިވެ އެވެ. 

ފުލުހުންނާއި ސިފައިން ހިމެނޭ ގޮތަށް މުއައްސަސާތަކުގެ އަގު ހިފަހައްޓަން އިހުސާން ގޮވައިލެއްވީ، ބައެއް ހާދިސާތަކުގައި މުއައްސަސާތަކުގެ އަގު ވައްޓާލަން ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އެވެ. އޭނާ ފާހަގަ ކުރެއްވި އެއް ހާދިސާއަކީ އެމްއެންޔޫ ދަނާލުގައި އެތަނުގައި ކިޔަވާ ކުއްޖަކު ނިޔާވި ހާދިސާ އެވެ. 

"އަޅުގަނޑު ހަމަ ތަކުރާރުކޮށް ކުރިން ވެސް ދަންނަވާފައިވާނެ، ދިވެހިރާއްޖޭގައި ނޫސްވެރިން އެ ހާލަތުގައި މި ދެންނެވުނު ހާދިސާގައި އަމަލުކޮށްފައި ވަނީ ވަރަށް ރަނގަޅަށްކަން އަޅުގަނޑު ފާހަގަ ކުރަން. އެހެން ނަމަވެސް ސިޔާސީ ބައެއް ފަރާތްތަކުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ އަގު ވެއްޓޭ ގޮތަށް އަދި މި ނާޒުކު ހާލަތުގެ އެޑްވާންޓޭޖް ނަގައިގެން ރައްޔިތުންނަށް އޮޅުވާލާފައިވާކަން އަޅުގަނޑު ފާހަގަ ކުރަން،" އިހުސާން އިއްޔެ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox