އަށް މަހުން ހިއްކުނީ ރަސްމާލޭގެ އެންމެ ދެ އިންސައްތަ!

ރަސްމާލެ ހިއްކަން ފެށި ދުވަހު ރައީސް ވާހަކަދައްކަވަނީ: އަށް މަހުން ހިއްކުނީ ރަސްމާލޭގެ އެންމެ ދެ އިންސައްތަ ---- ފޮޓޯ: ރައީސް އޮފީސް

ރަސްމާލެ ހިއްކަން ފެށި ދުވަހު ރައީސް ވާހަކަދައްކަވަނީ: އަށް މަހުން ހިއްކުނީ ރަސްމާލޭގެ އެންމެ ދެ އިންސައްތަ ---- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއަށް ފުށިދިއްގަރުފަޅުން ހިއްކަން ނިންމާފައިވާ ބިމުގެ ތެރެއިން، މަސައްކަތް ފެށިތާ އަށް މަސް ދުވަސްވީއިރު ހިއްކުނީ އެންމެ %2.5 ބިންކަން އެނގިއްޖެ އެވެ.

ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ ޑިސެމްބަރު 18، 2023 ގަ އެވެ. އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެ އަތޮޅު ދެކުނުގައި އޮންނަ ފުށިދިއްގަރުފަޅުން ހިއްކަނީ 1153 ހެކްޓަރުގެ ބިން ކަމަށެވެ. އެ ބިޔަ ޝަހަރު އަށް މަހުގެ ތެރޭ ފެނުން މައްޗަށް އަރާނެ ކަމަށް ވެސް ރައީސް އޭރު ވިދާޅުވި އެވެ.

"މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން އިރާދަކުރެއްވިއްޔާ، މިއަދު މި ފެށޭ ގޮތަށް ގޮސް، މެދުނުކެނޑި ގޮސް، ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލާއިރުގައި އޮންނާނީ ހިކިފައި." ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ނަމަވެސް ރައީސް ވިދާޅުވި މުއްދަތު މި މަހު 18 އަށް ވަނީ ހަމަވެފަ އެވެ. އެ ދުވަހާ ހަމައަށް ރަސްމާލޭގެ ޕްލޭނުން ހިއްކީ އެންމެ 29 ހެކްޓަރުގެ ބިމެވެ. އެއީ ރަސްމާލޭގެ މުޅި ބިމުގެ ސައިޒު ކަމަށް ވިދާޅުވި 1153 ހެކްޓަރުގެ އެންމެ %2.5 ބިމެވެ. އެއީ ރަސްމާލޭގެ ސައިޓު ޖޭ އެވެ.

އޭގެއިތުރަށް ހިއްކަން ހަމަޖެހިފައިވާ ނުވަ ސައިޓުގެ ތެރެއިން މިހާތަނަށް އީއައިއޭ ހަދާފައިވަނީ ސައިޓު އެފް އަށެވެ. މިއީ 24 ހެކްޓަރުގެ ބިމެކެވެ.

މިހާރު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހުށަޅަފާއިވާ މި އީއައިއޭގައި މަޝްރޫއާ ހަވާލުވެފައި އޮތް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ މި ސައިޓު ހިއްކަން 216 ދުވަސް ނަގާނެ ކަމަށެވެ. މިއަދު މަސައްކަތް ފެށި ނަމަވެސް މަސައްކަތް ނިންމޭނީ ޖޫން، 2024 ގަ އެވެ. މި ސައިޓާއެކު ހިއްކާ ނިންމޭނީ ރަސްމާލޭގެ %4.6 ބިމެވެ.

މީގެ އަށް މަސްކުރިން ރަސްމާލެ މަޝްރޫއު ފެށީ އޭރު އޮތް މަޖިލީހަށް ވެސް ގޮންޖަހާފަ އެވެ. މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓުން ރަސްމާލެއަށް އޮތް 400 މިލިއަން ރުފިޔާ އުނިކުރި އެވެ. ރައީސް މިކަން ސިފަކުރެއްވީ ތަރައްގީއަށް ހުރަސްއެޅުމުގެ ގޮތުގަ އެވެ. އަދި ފުށިދިއްގަރު ހިއްކާނީ ދައުލަތުގެ ބަޖެޓުން ހޭދައެއް ނުކޮށް ކަމަށް ވެސް އޭރު ވިދާޅުވި އެވެ.

ޑިސެމްބަރު 18، 2023 ގައި ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިން ދިގު މުއްދަތަށް ދޭގޮތަށެވެ. އެ ބިމުގެ އަގު 45 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ނަމަވެސް އެ ޕްލޭނުގެ ދަށުން ފުރަތަމަ ހަފުތާ ހިއްކި 10 ވަރަކަށް ހެކްޓަރަށްފަހު މަސައްކަތް ހުއްޓުނެވެ. މަޝްރޫއު މަޑުނުޖެހޭ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނުމަށްފަހު ފަހުން ވަނީ އެކަމާ އެއްބަސްވެފަ އެވެ. ސައިޓު ޖޭގެ ބާކީ އޮތްބައި ހިއްކާ ނިންމީ ސީއެމްސީސީ އަށް އެޗްޑީސީން 77 މިލިއަން ރުފިޔާ ދީގެންނެވެ.

އެ މަސައްކަތް ނިންމާފައިވާއިރު މިހާރު އީއައިއޭ ހުށަހަޅާފައިވާ ސައިޓު އެފްގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކުރީ ސީއެމްސީސީ އާ އެވެ. ނަމަވެސް އޭގެފަހުން ރައީސް މުއިއްޒު ވަނީ އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. ދެން މަޝްރޫއަށް ވާނެ ގޮތެއް ނޭނގެ އެވެ.

އަށް މަހުއް ހިއްކާ ނިންމަން ބުނި ރަސްމާލޭގެ ފުރަތަމަ ޕްލޭން ފެއިލްވެ، އެ ހުރިހާ ބިމެއް ހިއްކަން އިތުރު އަށް މަސް ބޭނުންވާނެ ކަމަށްވެސް ޖުލައި 27، ގައި ރައީސް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox