ކަނޑައެޅި ތާރީހަށް ރަސްމާލެ ހިއްކައި ނުނިންމުނު، ރައީސް ވިދާޅުވީ އިތުރު އަށް މަސް ބޭނުންވާ ކަމަށް!

ރަސްމާލޭގެ ފުރަތަމަ ސެކްގްމެންޓު. މި މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކަކަށް ފަހު، އަލުން ވަނީ ފަށާފައި. -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރަސްމާލޭގެ ފުރަތަމަ ސެކްގްމެންޓު. މި މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކަކަށް ފަހު، އަލުން ވަނީ ފަށާފައި. -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމުގައިވާ ރަސްމާލެ ތަރައްގީކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކައި ނިންމަން އިތުރު އަށް މަސް ދުވަސް ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަޝްރޫއުގެ އަމަލީ ފަށްޓަވަމުން ޑިސެމްބަރު 18، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަސައްކަތް މެދުނުކެނޑި އަށް މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވިދާޅުވެފަ އެވެ. އެ މުއްދަތު އަންނަ މަހު 18 އަށް ހަމަވާނެ އެވެ.

ނަމަވެސް، ރާއްޖޭގެ 59 ވަނަ މމިނިވަން ދުވަސް ފާހަގަކުރަން ޒުވާނުންގެ މަރުކަޒުގެ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެއިން ބިން ދޭ ގޮތަށް، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން ކަމުނުދާ ކަމަށާއި، އެހެންވެ، އެ މަސައްކަތް ހަވާލުކޮށްފައިވާ ސީއެމްސީސީ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ.

Advertisement

"ރަސްމާލޭގެ 1100 ހެކްޓަރުގެ ބިން އެކި ކުންފުނިތަކާ ހަވާލުކޮށްގެން ހިއްކުމުގެ މަސައްކަތް އެޗްޑީސީއާއި މީޓް ފްރީ ޒޯން ދެ ކުންފުނި ގުޅިގެން މިހާރު އެ ވަނީ ފެށިފަ، ކުރިއަށް އޮތް އަށް މަސްދުވަހުގެ ތެރޭގަ އިރާދަކުރެއްވިއްޔާ ހިއްކާ ނިންމާނަން،" އެމަނިކުފާނު މިރޭ ވިދާޅުވި އެވެ.

ރައީސް މިރޭ ވިދާޅުވީ ރަސްމާލެ މަޝްރޫއު ދެން ކުރިއަށް ގެންދާނީ އެއްވެސް ފަރާތަކަށް ކުރު މުއްދަތަކަށްވެސް އަދި ދިގު މުއްދަތަކަށްވެސް ބިމެއް ނުދީ ކަަމަށެވެ.

"އެތަނުގަ ހިއްކާ ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް، އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ކުއްޔަށް ވެސް ހިލޭ ވެސް ލިބޭނެ ބިމެއް ނޫން އެތަނުގަ ހިކިގެން ދާނީކީއެއް،" ރައީސް ވިދާޅުވި އެވެ.

ޑިސެމްބަރު 18، 2023 ގައި ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިން ދިގު މުއްދަތަށް ދޭގޮތަށެވެ. އެ ބިމުގެ އަގު 45 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އެކި ކުންފުނިތަކަށް ރަސްމާލޭގެ ބިން ހިއްކަން ހަވާލުކުރާނެ ކަމަށް ރައީސް މިރޭ ވިދާޅުވި ނަމަވެސް، ރަސްމާލެއިން ފުރަތަމަ ހިއްކި 29 ހެކްޓަރުގެ ސައިޓު ޖޭ އަށްފަހު ދެން ހިއްކަން ނިންމާ އީއައިއޭ ހަދާފައިވާ ސައިޓު އެފްގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ ސީއެމްސީސީ އާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox