މެލޭޝިއާ ކުންފުނީގެ އެކޮމޮޑޭޝަންތަކުގައި ބިދޭސީން ތިބެން މަޖުބޫރުކުރާތީ ފައްޔާޒުގެ ކަންބޮޑުވުން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި: ދިވެހި ކުންފުންޏަކަށް ނޫނީ އެސްއޯއީއަކަށް މިކަން މިގޮތަށް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި: ދިވެހި ކުންފުންޏަކަށް ނޫނީ އެސްއޯއީއަކަށް މިކަން މިގޮތަށް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ބިދޭސީ މަސައްކަތްތެރިން ބައިތިއްބާ އެކޮމޮޑޭޝަންތަކުގެ މަސައްކަތް ހަމައެކަނި މެލޭޝިއާ ކުންފުންޏަކަށް ކުރެވޭ ގޮތަށް އެކްސްކްލޫސިވިޓީ ދީ، އެތަންތަނުގައި ހުރިހާ މަސައްކަތްތެރިންނަށް ބައިތިއްބަން މަޖުބޫރު ކުރަން އުޅޭތީ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ނޭޝަނަލް އިންޓަގްރޭޓަޑް މައިގްރަންޓް ވޯކާސް ޑޯމިޓޮރީ މަޝްރޫއުގެ ނަން ދެވިފައިވާ މި އެކޮމޮޑޭޝަންތައް އަޅަން ހަވާލުކުރަން އުޅެނީ މެލޭޝިއާގެ އަލްޓައިޒް ޑިޖިޓަލްއާ އެވެ. އެ ކުންފުނިން ހުށަހަޅާފައި ވަނީ މުޅި އިންވެސްޓުމަންޓު އެ ކުންފުނިން ކުރާ ގޮތަށް، 60 އަހަރުގެ މުއްދަތަކަށް ހަމައެކަނި އެ ކުންފުންޏަށް މިފަދަ ތަންތަން ހިންގޭ ގޮތަށް އެއްބަސްވުމަށެވެ.

މިހާތަނަށް ސަރުކާރުން މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވީ ނަމަވެސް، އަލްޓައިޒްގެ ބެލެނިވެރި ކުންފުނި، ޖީ3 ގްލޯބަލްއާ ހަވާލާދީ މެލޭޝިއާ ނޫސްތަކުގައި ވަނީ މި ތަންތަން އަޅާ ނިމުމުން އަންސްކިލްޑް ކެޓެގަރީގައި ހިމެނޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން އެ ތަންތަނުގައި ތިބެން މަޖުބޫރު ވާނެ އެވެ.

މިގޮތަށް މި މަސައްކަތް ހަވާލު ކުރަން އުޅޭ މައްސަލައިގައި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު އެކްސްގައި ޕޯސްޓު ކުރައްވާފައިވާ ގޮތުގައި، އެ ތަންތަނުގައި ތިބެން މަޖުބޫރު ނުކުރާ ނަމަ އޭނާގެ މައްސަލައެއް ނެތް ކަމަށެވެ.

"[ހުރިހާ ބިދޭސީ މަސައްކަތްތެރިން ބައިތިއްބަން] މަޖުބޫރު ކުރުން ފިޔަވައި ބިދޭސީ ކުންފުންޏަކުން މިފަދަ ހިދުމަތެއް ދިނުމަކުުން މައްސަލައެއް ނެތް،" އިނގިރޭސި ބަހުން އޭނާ ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން ފައްޔާޒު ވަނީ ދިވެހި އަމިއްލަ ކުންފުންޏަކުން ނޫނީ ސަރުކާރާ ހިއްސާވާ ކުންފުންޏަކަށް މިގޮތަށް ހަވާލުކުރުމުގައި މައްސަލައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އޭނާ މިހެން ވިދާޅުވީ، ކުރީ ސަރުކާރުގެ ދުވަސްވަރު އެޗްޑީސީން ޗައިނާގެ ރޮޓައިމްއާ މިފަދަ ތަނެއް އަޅަން ހަވާލުކޮށްފައިވާ ކަން ފާހަގަކުރައްވަމުންނެވެ.

ހަމަ އެހެންމެ، މިހެން ސޮއިކުރާ އެއްބަސްވުންތައް ބާތިލުކުރަން ނޫން ގޮތެއް މުސްތަގުބަލުގައި އަންނަ ސަރުކާރަކަށް ނޯންނާނެ ކަމަށާއި މިކަހަލަ ގެއްލުން ބޮޑު އެއްބަސްވުންތަކުގެ ސަބަބުން ގެއްލުމުގެ ބަދަލުގައި ގޮތުގައި ބޮޑު އަދަދެއް ދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވަނީ މިކަމާ މެދު އާންމުންގެ ހިޔާލު ހުރިނެތް ގޮތް ބަލާފައި، މިކަމާގެން ކުރިއަށް ދިޔުމާ މެދު ދެވަނަ ވިސްނުމަށް ދާން ސަރުކާރަށް ގޮވާލައްވާފަ އެވެ.

އަލްޓައިޒް ޑިޖިޓަލްގެ އެކްސްކްލޫސިވިޓީ ހުށަހެޅުން ދިފާއުކުރައްވަމުން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، އެ ކުންފުނިން ހުރިހާ ފައިސާއެއް އިންވެސްޓު ކުރަން ހުށަހަޅާ ޝަރުތަކީ އެއީ ކަމަށާއި މިއީ ދިވެހި ސަރުކާރުގެ ސީދާ ބެލުމުގެ ދަށުން ހިންގާނެ ތަންތަނަށް ވާނެތީ އޭގައި މައްސަލައެއް ނެތް ކަމަށެވެ.

އިހުސާން ވިދާޅުވި ގޮތުގައި ސަރުކާރުން ވިސްނަނީ ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުން ނޫނީ ދައުލަތް ހިއްސާވާ ކުންފުންޏަކާ ހަވާލުކޮށްގެން އަލްޓައިޒްގެ އެކޮމޮޑޭޝަންތައް ހިންގުމަށެވެ.

މި އެކޮމޮޑޭޝަންތަކުގައި މަސައްކަތްތެރިން ބައިތިއްބައިގެންނާއި އެތަނުގައި ފޯރުކޮށްދޭ އެހެން ހިދުމަތްތަކުން އަގު ނަގައިގެން ލިބޭ އާމްދަނީގެ ބަޔެއް އަލްޓައިޒްއަށް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox