މަސްވެރިންގެ ފައިސާ ނުދޭތީ އައްޑޫގައި އަދިވެސް މުޒާހަރާ ކުރަނީ

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން --

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން --

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިން މިއަދު ވެސް މުޒާހަރާކުރަން ފަށައިފި އެވެ.

އިއްޔެ ހަވީރުން ފެށިގެން މަސްވެރިން ކުރަމުންދާ މުޒާހަރާއާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ، އެ ސަރަހައްދުގައި ގާތްގަނޑަކަށް 80 މަސްވެރިން މުޒާހަރާކުރަމުން ގެންދާކަމަށެވެ.

އެގޮތުން މިއަދު 12:00 ވަންދެން އެ މުޒާހަރާ ކުރިއަށް ގެންދިއުމަށް މަސްވެރިން ނިންމާފައިވާކަމަށް ފުލުހުން ބުނެ އެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށެވެ.

އެ ކަންކަމާ ގުޅޭ ގޮތުން އެމީހުންނާ ވާހަކަ ދައްކަން ކަމާގުޅޭ އިސް ފަންތީގެ ބޭފުޅަކު މުޒާހަރާގެ ބައިވެރިންގެ ގާތަށް ވަޑައިގަތުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވައިލަމުންނެވެ.

"މި މުޒާހަރާގައި އެކަށީގެންވާ ޖަވާބެއް ނުދެވޭނަމަ ހުރިހާ ސްޓާފުން ވެސް ފެކްޓްރީން ބޭރުކޮށްލާނެ ކަމަށާއި, ބަދިގޭގައި ކައްކަން ހުރަސް އަޅާނެ ކަމަށް މަސްވެރިންގެ ތެރެއިން ބަޔަކު ބުނެފައިވާ ކަމަށް," ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ލިޔެފައިވެ އެވެ.

"އަހަރުމެން މިއައީ އަހަރުމެންގެ ހައްގު ހޯދަން. އަހަރުމެން މިއައީ އެއްގޮތަކަށް ވެސް ފުލުހުންނާއި ސަރުކާރާ ކުރިމަތިލާކަށް ނޫން. ތިން މަސް މިވަނީ އަހަރުމެންނަށް ލާރިއެއް ނުލިބި. އަހަރުމެން އާއިލާތަށް އެ ތިބީ ބިކަވެފައި. ކަރަންޓު ބިލު ނުދެއްކި ދަރަނިވެރިފައި މިތިބީ," މަތީގައި އިން ވީޑިއޯގައި އެ ތަނުގައި ހުރި މަސްވެރިޔަކު އެ މީހުންގެ ހާލަތު ބަޔާންކޮށްދެ އެވެ.

މިއަހަރުގެ ތެރޭ ކޫއްޑޫގައި ކުރި މުޒާހަރާގައި ވެސް އެތަނުގެ އޮޕަރޭޝަންތައް މަސްވެރިން ހުއްޓުވި އެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބިގެން އައްޑޫ ސިޓީގައި މަސްވެރިން މުޒާހަރާ ކުރަން ފަށާފައިވާއިރު، މިމަހުގެ ކުރީކޮޅު މާލޭގައާއި ގދ. މަޑަވެލީގައި ވެސް މަސްވެރިން ވަނީ މުޒާހަރާ ކޮށްފަ އެވެ. އެގޮތުން މަޑަވެލީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ގޮވައިލީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމަށެވެ.

އެ ދެ މުޒާހަރާއަށް ފަހު ސަރުކާރުން ވަނީ މަސްވެރިންނަށް ދޭންޖެހޭ 80 މިލިއަން ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ އީދުގެ ކުރިން މަސްވެރިންނަށް ދޫކޮށްފަ އެވެ.

މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ނިޒާމެއް ގާއިމު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ފިޝަރީޒް މިނިސްޓްރީން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހޯދުމަށް މިފްކޯއާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި "މާލީ ގޮތުން ނޭވާ ލާނެ ގޮތްތައް" ހޯދަން ފިނޭންސް މިނިސްޓަރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox