މަަސްވެރިކަން ވަރަށް ދަށް އަހަރެއް، މަސް ކިރުވި މިންވަރު 60 ޕަސެންޓު ދަށަށް!

މިފްކޯގެ ބޯޓަކަށް މަސް ކިރަނީ: މަސް އެކްސްޕޯޓުތައް ރެކޯޑު މިންވަރަކަށް ދަަށަށް ދިޔުމުގެ ފުރުސަތު ބޮޑު -- ފޮޓޯ: އަދަދު

މިފްކޯގެ ބޯޓަކަށް މަސް ކިރަނީ: މަސް އެކްސްޕޯޓުތައް ރެކޯޑު މިންވަރަކަށް ދަަށަށް ދިޔުމުގެ ފުރުސަތު ބޮޑު -- ފޮޓޯ: އަދަދު

މަސްވެރިކަމުގެ ސިނާއަތުގެ ހަރަކާތްތެރިކަން ވަރަށް ބޮޑަށް ހީނަރުވެ، މި އަހަރުގެ ފުރަތަމަ ބައިކައި ދޯނި ފަހަރުން މަސް ކިރުވި މިންވަރު 60 ޕަސެންޓު ދަށްވެފައިވާ ކަމަށް ކަސްޓަމްސް އާއި ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

މަސްވެރިކަމާ ގުޅޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކިރުވާފައި ވަނީ 21,438.5 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 53,426.3 މެޓްރިކް ޓަނުގެ މަސް ކިރުވާފައި ވެ އެވެ. 

މީގެ ތަފުސީލުތަކަށް ބަލާއިރު، އެންމެ ބޮޑަށް ހީނަރުވެފައި ވަނީ ރާއްޖޭގެ މައި އެކްސްޕޯޓު ކަމުގައިވާ ކަނޑު މަހުގެ މަސްވެރިކަމެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 16,230.4 މެޓްރިކް ޓަނުގެ ކަނޑު މަސް ކިރުވާފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 46,610.6 މެޓްރިކް ޓަނުގެ މަސް ކިރުވާފައި ވެ އެވެ. މިއީ 65.2 ޕަސެންޓުގެ ވެއްޓުމެކެވެ. 

ކަނޑު މަސްވެރިކަންހާ ގޯސް ނުވިޔަސް، ކަންނެލި މަސްވެރިކަން ވެސް ވަނީ މިދިޔަ އަހަރަށް ވުރެ ހީނަރުވެފަ އެވެ. މިދިޔަ އަހަރުގެ ޖޫންގެ ނިޔަލަށް  6,637.4 މެޓްރިކް ޓަނުގެ ކަންނެލި ކިރުވާފައިވާއިރު، މި އަހަރުގެ މި މުއްދަތުގައި ކިރުވާފައި ވަނީ 4,841.1 މެޓްރިކް ޓަނުގެ މަހެވެ. މިއީ 27.1 ޕަސެންޓުގެ ވެއްޓުމެކެވެ. 

މި ދެ ބާވަތުގެ މަސްވެރިކަން ދަށަށް ދިޔަ ނަމަވެސް، އެހެނިހެން މަސް ކިރުވި އަދަދު ވަނީ ކުރީ އަހަރަށް ވުރެ ދެ ގުނައަށް ވުރެ ބޮޑަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެހެނިހެން މަހުގެ ބާވަތްތަކުގެ ގޮތުގައި 178.4 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާއިރު މި އަހަރު އެ އަދަދު ވަނީ 367 މެޓްރިކް ޓަނަށް އިތުރުވެފަ އެވެ. މިއީ 105.7 ޕަސެންޓުގެ އިތުރުވުމެކެވެ.

މަސްވެރިކަމުގެ ސިނާއަތަށް އައިސްފައިވާ މަޑުޖެހުމާއެކީ މަސް ކިރުވާ އަދަދުތައް ދަށްވެ، މި އަހަރުގެ ތެރޭގައި ލިބުނު އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ކަސްޓަމްސްގެ ރެކޯޑުތަކުން ދައްކަނީ މި އަހަރުގެ ޖޫންގެ ނިޔަލަށް މަސް ބޭރުކޮށްގެން ލިބުނީ 37.5 މިލިއަން ޑޮލަރު (577.8 މިލިއަން ރުފިޔާ) އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ވަނީ 74.5 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ލިބިފަ އެވެ. 

މި އަހަރުގެ ފުރަތަމަ ބައިގައި މަސްވެރިކަމުގެ ހަަރަކާތްތެރިކަން ހުރި ވަރުގައި ހުރެ، އަހަރުގެ ދެ ވަނަ ބައި ނިމިއްޖެ ނަމަ މަސްވެރިކަމުން ލިބޭ އާމްދަނީ ކުރީ އަހަރަށް ވުރެ ވަރަށް ބޮޑަށް ދަށް ވާނެ ކަމަށެވެ. މިދިޔަ އަހަރު މަސް އެކްސްޕޯޓުތަކުން 135 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ލިބުނުއިރު، މި އަހަރުގެ މިހާތަނަށް ކޮންމެ މަހެއްގައި ހުރި އެވަރެޖުން ހިސާބުކުރާއިރު އަންދާޒާ ކުރެވެނީ މި އަހަރުގެ މަސް އެކްސްޕޯޓުތަކުން ލިބޭނީ 75 މިލިއަން ޑޮލަރު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox