ޓްރައިބިއުނަލުން ނިންމީ މިފްކޯގެ ކުރީގެ ސީއީއޯއަށް ބަދަލު ދޭން ނުޖެހޭ ކަމަށް

Aug 5, 2026, 10:24 PM
މިފްކޯގެ ކުރީގެ ސީއީއޯ ވިޓަލީ: އޭނާ މަގާމުން ވަކި ކުރީ އެންމެ ތިން މަސްދުވަހަށް ފަހު -- ފޮޓޯ: މިފްކޯ

މިފްކޯގެ ކުރީގެ ސީއީއޯ ވިޓަލީ: އޭނާ މަގާމުން ވަކި ކުރީ އެންމެ ތިން މަސްދުވަހަށް ފަހު -- ފޮޓޯ: މިފްކޯ

ނޯޓިސް ނުދީ ވަކި ކުރި މައްސަލައިގައި މިފްކޯގެ ކުރީގެ ސީއީއޯ ވިޓަލީ ލިއުބިމޯވް އަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ. 

ވިޓަލީ ވަޒީފާއިން ވަކި ކުރީ އޭނާ އައްޔަން ކުރިތާ އެންމެ ތިން މަސްދުވަސް ފަހުން މާޗް، 2025، ގަ އެވެ. ވަޒީފާއިން ވަކި ކުރި މައްސަލައިގައި އޭނާ އެދުނީ ތިން މަހުގެ މުސާރައަށްވާ 42،000 ޑޮލަރު ހޯދުމަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ، ވަޒީފާއިން ވަކި ކުރާއިރު ނޯޓިހެއް ދޭންޖެހޭނެ ކަމަށް ވިޓަލީގެ ވަޒީފާގެ އެއްބަސްވުމުގައި އޮތް ނަމަވެސް އެ އެއްބަސްވުމަކީ ތަންފީޒު ކުރެވޭނެ އެއްބަސްވުމެއް ނޫން ކަމަށެވެ. 

Advertisement

ވިޓަލީގެ ވަޒީފާގެ އެއްބަސްފުން ހެދީ އޭނާއަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަޒީފާ ދިންތާ ދެ މަސްދުވަސް ފަހުންނެވެ. އޭގައި ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ މެނޭޖިން ޑިރެކްޓަރެވެ. 

މިފްކޯގެ ފުރަތަމަ ބިދޭސީ ސީއީއޯ: ގޮންޖެހުންތަކާއެކު ވެސް ބެއްލެވީ ނަޒާހަތްތެރިކަން ހިފެހެއްޓޭތޯ

މިފްކޯގައި މަސައްކަތް ކުރެއްވި މަދު ދުވަސްކޮޅުގެ ތެރޭގައި ވިޓަލީ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ސިޔާސީ ނުފޫޒަށް ބޯލެނބުމެއް ނެތި ބައެއް މަގާމުތަކަށް މީހުން އައްޔަން ކުރުން.

ޓްރައިބިއުނަލުގައި މިފްކޯއިން ބުނީ އެފަދަ އެއްބަސްވުމެއްގައި ސޮއި ކުރެވޭނީ ކުންފުނީގެ ޗެއާޕާސަންއަށް ކަމަށެވެ. އަދި މި މައްސަލައިގައި އަމަލު ކުރަންޖެހޭނީ ޕީސީގެ ގާނޫނާއި އުސޫލުތަކަށް ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ ވިޓަލީގެ ވަޒީފާގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ އެކަމުގެ ހުއްދަ ނެތް މީހެއް ކަމަށެވެ. އަދި އެ އެއްބަސްވުމަކީ ތަންފީޒު ކުރެވޭނެ އެއްބަސްވުމަކަށް ނުވާތީ ބަދަލު ނަގައިނުދޭން ޓްރައިބިއުނަލުން ނިންމި އެވެ. 

ވިޓަލީ ވަކި ކުރުމުގެ ކުރިން އޭނާ ވަނީ ކުންފުންޏަށް ސިޔާސީ ނުފޫޒު ފޯރުވަން އުޅޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ. އޭނާ މަގާމުން ވަކި ކުރީ އޭގަ މަދު ދުވަސްކޮޅެއް ފަހުންނެވެ. 

ވަޒީފާއިން ވަކި ކުރި ފަހުން އަދަދު އަށް ދެއްވި އިންޓަވިއުއެއްގައި ވިޓަލީ ވިދާޅުވީ، ދައުލަތުގެ ހުރިހާ ކުންފުނިތަކަށް ފޯރަމުން އައި ސިޔާސީ ނުފޫޒު މިފްކޯއަށް ވެސް ފޯރަމުން އައި ކަމަށެވެ. 

"ދައުލަތުގެ އެހެން ކުންފުނިތަކޭ އެއްގޮތަށް، މިފްކޯގެ ހަރަކާތްތަކުގެ ސަބަބުން ވަރަށް ގިނަ ނުފޫޒު ފޯރަމުންދިޔަ. މެނޭޖްމަންޓުން ނިންމާ ނިންމުންތަކާއި އަޅުގަނޑު ހިފެހެއްޓި ޕޮލިސީތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި،" ވިޓަލީ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox