އެންޓޮއިން ގްރީޒްމަން

Jun 17, 2024, 12:46 PM
އެންޓޮއިން ގްރީޒްމަން

ނަން: އެންޓޮއިން ގްރީޒްމަން

އުފަން ތާރީހް: 21 މާޗު 1991 (33 އަހަރު)

ޤައުމު: ފްރާންސް

Advertisement

މަޤާމް: ފޯވަޑް / އެޓޭކިން މިޑްފީލްޑަރު

ކްލަބް: އެތުލެޓިކޯ މެޑްރިޑް

ޤައުމީ ޓީމަށް ކުޅެން ފެށީ: 2014 ވަނަ އަހަރު

އެންޓޮއިން ގްރީޒްމަން އަކީ މި ފަހަކަށް އައިސް ފްރާންސްގެ ގައުމީ ޓީމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ އެވެ. ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އިން 2009 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި، ގްރީޒްމަންގެ ކްލަބު ކެރިއަރު މިހާތަނަށް އޭނާ ހޭދަކޮށްފައިވަނީ ސްޕެއިންގަ އެވެ.

މިހާރު ކުޅެމުންދަނީ އޭނާގެ ކެރިއަރުގެ ބޮޑު ބައި ހޭދަކޮށްފައިވާ އެތުލެޓިކޯ މެޑްރިޑަށެވެ. ސްޕެއިންގެ ބާސެލޯނާ އަށް ވެސް އޭނާ ކުޅުނެވެ.

ގްރީޒްމަން ވަނީ ފްރާންސްގެ 19 އަހަރުން ދަށުގެ 2010 ވަނަ އަހަރު އޮތް 19 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. ފްރާންްސްގެ ސީނިއާ ޓީމަށް އޭނާ ކުޅެން ފެށީ 2014 ވަނަ އަހަރެވެ. ފްރާންސްގެ ޓީމުގައި މިހާރު ގްރީޒްމަން އަކީ މުހިންމު ރޯލެއް އަދާކުރާ ކުޅުންތެރިއެކެވެ.

އަމިއްލަ ގައުމުގައި 2016 ވަނަ އަހަރު އޮތް ޔޫރޯގެ ރަނަރަޕް ފްރާންސް ހޯދިއިރު، އެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ގްރީޒްމަން އަށެވެ.

ފްރާންސް އިން ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެ މުބާރާތުގައި ވެސް ގްޒީޒްމަންގެ ވިދުން ގަދަ އެވެ. އެ މުބާރާތުގެ ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ގްރީޒްމަނަށް ލިބުނެވެ. އަދި ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބުނީ ގްރީޒްމަން އަށެވެ.

ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ގްރީޒްމަން ކުޅުނީ ސެންޓްރަލް މިޑްފީލްޑްގަ އެވެ. އެ މުބާރާތުގެ ފައިނަލަށް ފްރާންސް ދަތުރުކުރިއިރު، ގްރީޒްމަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox