ރޮޑްރީ

Jun 14, 2024, 10:23 AM
ރޮޑްރީ

ނަން: ރޮޑްރީގޯ ހެނާންޑޭޒް ކަސާންޓޭ (ރޮޑްރީ)

އުފަން ތާރީހް: 22 ޖޫން 1996 (27 އަހަރު)

ޤައުމު: ސްޕެއިން

މަޤާމް: މިޑްފީލްޑަރު

ކްލަބް: މެންޗެސްޓާ ސިޓީ

ޤައުމީ ޓީމަށް ކުޅެން ފެށީ: 2018 ވަނަ އަހަރު

ރޮޑްރީގޯ ހެނާންޑޭޒް ކަސާންޓޭ ނުވަތަ އާންމު ނަމުންނަމަ ރޮޑްރީ އަކީ މެންޗެސްޓާ ސިޓީ އާއި ސްޕެއިންގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ޑިފެންސިވް މިޑްފީލްޑަރުންގެ ތެރޭގައި ރޮޑްރީ ހިމެނެ އެވެ.

ވިޔަރެއާލްގެ ޔޫތު ޓީމާއި ބީ ޓީމަށް ކުޅުމަށްފަހު، ރޮޑްރީ ވިޔަރެއާލްގެ ސީނިއާ ޓީމަށް އަރަން ފެށީ 2015 ވަނަ އަހަރުން ފެށިގެންނެވެ. ވިިޔަރެއާލަށް 63 މެޗު ކުޅުމަށްފަހު ރޮޑްރީ ވަނީ 2018 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފަ އެވެ. އެކަމަކު އެތުލެޓިކޯގައި ރޮޑްރީ ހުރީ އެންމެ ސީޒަނަކަށެވެ. ޖެހިގެންއައި އަހަރު ސިޓީން ވަނީ ބޮޑު އަގެއްގައި ރޮޑްރީ އެ ޓީމަށް ގެންގޮސްފައެވެ.

ސިޓީގައި ރޮޑްރީ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ޖެހިޖެހގެން ހަތަރު ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމާއި ޗެމްޕިއަންސް ލީގުގެ ތަށި ހޯދުން ހިމެނެ އެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ރޮޑްރީ ކުޅެން ފެށީ 2018 ވަނަ އަހަރެވެ. އޭގެ ކުރިން ރޮޑްރީ ވަނީ ސްޕެއިން ޔޫތު ޓީމުތަކަށް ކުޅެފައެވެ. ސިނިއާ ޓީމުގައި ރޮޑްރީ ވަނީ 2020 ވަނަ އަހަރު ޔޫޜޯ އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅެފައެވެ.

ގައުމީ ޓީމާއެކު ރޮޑްރީ އެންމެ ފާހަގަވެގެންދިޔައީ 2023 ވަނަ އަހަރުގެ ޔުއޭފާ ނޭޝަންސް ލީގުގައެވެ. އެ މުބާރާތުގެ ފައިނަލްގައި ކްރޮއޭޝިއާ އަތުން ސްޕެއިން މޮޅުވި ޕެނަލްޓީ ޖެހީ ރޮޑްރީއެވެ. އަދި އެ މުބާރާތުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ރޮޑްރީއެވެ.

ޑިފެންސިވް މިޑްފީލްރަރަކަށް ކުޅުނަސް ރޮޑްރީ އަކީ ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. އެ މަގާމަށް ކުޅެމުން އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް ތިން ލަނޑު ޖަހައިފައެވެ. އަދި ސިޓީއަށް 22 ލަނޑު ވަނީ ޖަހައިދީފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox