ފިލް ފޯޑެން

Jun 14, 2024, 10:24 AM
ފިލް ފޯޑެން

ނަން: ފިލް ފޯޑެން

އުފަން ތާރީހް: 28 މެއި 2000 (24 އަހަރު)

ޤައުމު: އިންގްލެންޑް

މަޤާމް: މިޑްފީލްޑަރު

ކްލަބް: މެންޗެސްޓާ ސިޓީ

ޤައުމީ ޓީމަށް ކުޅެން ފެށީ: 2020 ވަނަ އަހަރު

އިނގިރޭސި ފުޓްބޯޅައިގައި މި ފަހަކަށްއައިސް އެންމެ ވިދުންގަދަ އެއް ކުޅުންތެރިޔަކީ ފިލް ފޯޑެން އެވެ. މެންޗެސްޓާ ސިޓީގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ފޯޑަެން ފާހަގަކުރެވިފައިވަނީ ހުނަރުވެރި، ވިސްނުންތޫނު އަދި ގޯލާ ރަައްޓެހި މިޑްފީލްޑަރެއްގެ ގޮތުގަ އެވެ.

ސިޓީގެ ޔޫތު ޓީމުތަކަށް ކުޅުމަށްފަހު، ސިޓީގެ ސީނިއާ ޓީމަށް ފޯޑެން ކުޅެން ފެށީ 2016 ވަނަ އަހަރެވެ. މިހާރު ފޯޑެން އަކީ ޕްރިމިއާ ލީގުގެ އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. ސިީޓީއާ އެކު ފޯޑެން ވަނީ ޖުމްލަ 14 ތާށި ހޯދައިފަ އެވެ. ޕްރިމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ފޯޑެން ވަނީ 2012 އަދި 2022 ވަނަ އަހަރު ހޯދައިފަ އެވެ. އަދި 2023 /2024 ވަނަ އަހަރުގެ ލީގުެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ފޯޑެން އެވެ.

އިންގްލެންޑްގެ ސީނިއާ ޓީމަށް ކުޅުމުގެ ކުރިން ފޯޑެން ވަނީ އެ ގައުމުގެ ޔޫތު ޓީމުތަކަށް ކުޅެފައެވެ. އެގޮތުން 2017 ވަނަ އޮތް ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް އިންގްލެންޑަށް ކާމިޔާބުކޮށްދިނުމަށް މުހިންމު ރޯލެއް އަދާކުރިއެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ފޯޑެން އެވެ.

އިންގްލެންޑްގެ ސީނިއާ ޓީމުން ފޯޑެން އަށް ޖާގަ ލިބުނީ 2020 ވަނަ އަހަރެވެ. ފޯޑެން ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗަކީ ޔުއެފާ ނޭޝަނަސް ލީގުގައި 2020 ސެޕްޓެމްބަރު 5 ވަނަ ދުވަހު އައިސްލޭންޑާ ދެކޮޅަށް ކުޅުނު މެޗެވެ.

އިންގްލެންޑް އިން 2020 ވަނަ އަހަރުގެ ޔޫރޯއަށް ނެގި ސްކޮޑުގައިވެސް ފޯޑަން ހިމެނެއެވެ. އަދި 2018 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގައިވެސް އިންގްލެންޑަށް އާނާ ކުޅުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox