ވާޖިލް ވެން ޑައިކް

Jun 17, 2024, 12:47 PM
ވާޖިލް ވެން ޑައިކް

ނަން: ވާޖިލް ވެން ޑައިކް

އުފަން ތާރީހް: 8 ޖުލައި 1991 (32 އަހަރު)

ޤައުމު: ނެދަލޭންޑްސް

މަޤާމް: ޑިފެންޑަރު

ކްލަބް: ލިވަޕޫލް

ޤައުމީ ޓީމަށް ކުޅެން ފެށީ: 2015 ވަނަ އަހަރު

ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ އެއް ޑިފެންޑަރު ކަމަށްވާ ވާޖިލް ވެން ޑައިކް އަކީ ނެދަލޭންޑްސްގެ ގައުމީ ޓީމާއި ލިވަޕޫލްގެ ކެޕްޓަނެވެ. މޮޅު ކުޅުންތެރިއެއްގެ އިތުރުން، ދަނޑު މަތީގައި ލީޑާރެކެވެ. ކޯޗުންގެ އިތުބާރު ލިބިފައިވާ ކުޅުންތެރިއެކެވެ.

ނެދަލޭންޑްސްގެ ގްރޮނިގެން އިން ކެރިއަރު ފެށުމަށްފަހު، 2013 ވަނަ އަހަރު ވެން ޑައިކް ވަނީ ސްކޮޓްލެންޑްގެ ސެލްޓިކަށް ބަދަލުވެފައެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު ސައުތުހެމްޓަންއަށް ބަދަލުވެ، އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެންފެށިއެވެ. ޕްރިމިއާ ލީގުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު 2018، ޖެނުއަރީ މަހު ލިވަޕޫލުން 75 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި އޭނާ އެ ކްލަބަށް ގެންދިޔައެވެ. އެއީ އޭރު ޑިފެންޑަރަކަށް ދުނިޔޭގެ އެންމެ ބޮޑު ޓްރާންސްފާ ފީއެވެ.

ލިވަޕޫލްގައި ވެން ޑައިކް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގު ހިމެނެއެވެ.

ނެދަލޭންޑްސްގެ 19 އަހަރުން ދަށުގެ ޓީމާއި 21 އަހަރުން ދަށުގެ ޓީމަށް ކުޅުމަށްފަހު، ވެން ޑައިކް ސީނިއާ ޓީމުން ޖާގަ ހޯދަން ފެށީ 2015 ވަނަ އަހަރުން ފެށިގެންނެވެ. އަދި 2018، މާޗު މަހުގައި އޭނާ އަށް ވަނީ ނެދަލޭންޑްސްގެ ކެޕްޓަން ބޭންޑް ދީފައެވެ. ވެން ޑައިކްގެ ކެޕްޓަންކަމުގެ ދަށުން ޔުއޭފާ ނޭޝަންސް ލީގުގެ ފައިނަލެއްގައި ނެދަލޭންޑްސް ކުޅުނެވެ.

މިއީ ވެން ޑައިކްގެ ފުރަތަމަ ޔޫރޯ ފުޓްބޯޅަ މުބާރާތެވެ.

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox