ފެޑެރީކޯ ކިއޭޒާ

Jun 14, 2024, 10:22 AM
ފެޑެރީކޯ ކިއޭޒާ

ނަން: ފެޑެރީކޯ ކިއޭޒާ

އުފަން ތާރީހް: 25 އޮކްޓޯބަރު 1997 (26)

ޤައުމު: އިޓަލީ

މަޤާމް: ފޯވަޑް

ކްލަބް: ޔުވެންޓަސް

ޤައުމީ ޓީމަށް ކުޅެން ފެށީ: 2018 ވަނަ އަހަރު

އިޓަލީގެ ކުރީގެ ކުޅުންތެރިޔާ އެންރީކޭ ކިއޭޒާގެ ދަރިއެއް ކަމަށްވާ ފެޑެރީކޯ ކިއޭޒާއަކީ މި ވަގުތު އިޓަލީގައި ހުރި އެންމެ މޮޅު އެއް ފޯޑަވެ. ކިއޭޒާ ފާހަަވެފައިވަނީ ހުނަރުވެރި، ގޯލާ ރައްޓެހި ތޫނުފިލި ކުޅުންތެރިއެއްގެ ގޮތުގައެެވެ.

ކިއޭޒާ އާންމުކޮށް ވިންގަށް ކުޅުނަސް، އޭނާ އަކީ ފޯވަޑް ލައިންގެ ކޮންމެ މަގާމަކަށް ކުޅެވޭ ކުޅުންތެރިއެެކެވެ. އަދި އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައިވެސް ބައެއް ކޯޗުން އޭނާ ބޭނުންކުރިއެވެ.

ކިއޭޒާގެ ކްލަބު ކެރިއަރު ފެށީ ފިއޮރެންޓީނާގައެވެ. އެ ޓީމުގެ ޔޫތު ޓީމުތަކަށް ކުޅުމަށްފަހު، ސީނިއާ ޓީމުން އޭނާ ޖާގަ ހޯދީ 2016 ވަނަ އަހަރުގައެވެ. ފިއޮރެންޓީނާ އަށް 2022 ވަނަ އަހަރާ ހަމައަށް އޭނާ ކުޅުނުއިރު، އެ ޓީމަށް 26 ގޯލު ކާމިޔާބުކޮށްދިނެވެ.

އިޓާލީގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ޔުވެންޓަސް އިން ކިއޭޒާ ގެންދިޔައީ 2020 ވަނަ އަހަރުގައެވެ. ޔުވެންޓަސް އަށް ކުޅެނިކޮށް 2022 / 2021 ވަނަ އަހަރުގެ ސީޒަންގައި ކިއޭޒާ އަށް ދިމާވި އަނިޔާއަކާ ގުޅިގެން ދިހަ މަސް ދުވަހަށް އޭނާ ކުޅުމުން ބޭރުވިއެވެ. އެކަމަކު 2022، ނޮވެމްބަރުގެ ތެރޭގައި އޭނާ ވަނީ އަލުން ފިޓުވެ، ކުޅެން ނުކުންނަން ފަށައިފައެވެ.

ކިއޭޒާ ވަނީ އިޓަލީގެ 19 އަހަރުން ދަށުގެ ޓީމާއި 21 އަހަރުން ދަށުގެ ޓީމަށް ކުޅެފައެވެ. އިޓަލީގެ ސީނިއާ ޓީމުން 2017 ވަނަ އަހަރު ސެން މަރީނޯއާ ދެކޮޅަށް ކުޅުނު ނުރަސްމީ އެކުވެރިިކަމުގެ މެޗެއްގައި ކިއޭޒާ ކުޅުނެވެ. އެކަމަކު އިޓަލީގެ ރަސްމީ މެޗަކަށް އޭނާ އެންމެ ފުރަތަމަ އެރީ 2018 ވަނަ އަހަރެވެ.

އިޓަލީގެ ގައުމީ ޓީމާއެކު ޔޫރޯ 2020ގައި ކިއޭޒާ ވިދާލިއެވެ. އެ މުބާރާތުގައި ކިއޭޒާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެެވެ. އެ މުބާރާތުގެ "ޓީމް އޮފް ދަ ޓޯރަންމަންޓް"ގައިވެސް ކިއޭޒާ ހިމެނުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox