ލޫކަ މޮޑްރިޗް

Jun 14, 2024, 10:25 AM
ލޫކަ މޮޑްރިޗް

ނަން: ލޫކަ މޮޑްރިޗް

އުފަން ތާރީހް: 9 ސެޕްޓެމްބަރު 1985 (38 އަހަރު)

ޤައުމު: ކްރޮއޭޝިއާ

Advertisement

މަޤާމް: މިޑްފީލްޑަރު

ކްލަބް: ރެއާލް މެޑްރިޑް

ޤައުމީ ޓީމަށް ކުޅެން ފެށީ: 2006

މި އަހަރުގެ ޔޫރޯގައި ކުޅޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ލޫކަ މޮޑްރިޗެވެ. ސްޕެއިންގެ ރެއާލަށް ކުޅެމުންދާ މޮޑްރިޗް ގައުމީ ޓީމަށް ކުޅެންފެށީ 2006 ވަނަ އަހަރެވެ. އޭގެ ކުރިން، މޮޑްރިޗް ވަނީ ކްރޮއޭޝިއާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފަ އެވެ.

މޮޑްރިޗް ،38، އޭނާގެ ކެރިއަރު ފެށީ ކްރޮއޭޝިއާގެ ޑީނަމޯ ޒަގްރެބް އިންނެވެ. އެއަށް ފަހު، 2008 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އަށް ބަދަލުވެ، ޔޫރަޕްގެ ބޮޑެތި ކްލަބުތަކަށް މޮޑްރިޗް ފާހަގަވިއެވެ. ސްޕެއިންގެ ރެއާލް މެޑްރިޑަށް މޮޑްރިޗް ބަދަލުވީ 2012 ވަނަ އަހަރެވެ.

ރެއާލްގައި މޮޑްރިޗް ވަނީ ކާމިޔާބު އަހަަރުތަކެއް ހޭދަކޮށްފަ އެވެ. އެ ކްލަބާ އެކު ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ. އަދި ސްޕެނިޝް ލީގު ވެސް ހަތަރު ފަހަރު ކާމިޔާބުކޮށްފި އެވެ.

ފާއިތުވި އަހަރުތަކުގައި، ޔޫރަޕްގައި ހުރި އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި މޮޑްރިޗް ގުނާލެވެ އެވެ. ދަނޑު މަތީގައި މޮޑްރިޗް އަކީ މޮޅު ކުޅުންތެރިއެއްގެ އިތުރުން، ލާމަސީލު ލީޑަރެކެވެ. އެކަން ޤައުމީ ޓީމާއި ރެއާލްގައި ވެސް ފެނިގެންދެ އެވެ. މޮޑްރިޗް އަކީ ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކެޕްޓަނެވެ.

މޮޑްރިޗް ވަނީ ގައުމީ ޓީމާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕް، އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިފަ އެވެ. އަދި ޔުއޭފާ ނޭޝަންސް ލީގުގެ ރަނަރަޕްގެ މަގާމު 2023 ވަނަ އަހަރު ހޯދި އެވެ.

މޮޑްރިޗްގެ ކެރިއަރުގައި އެންމެ ކާމިޔާބު އެއް އަހަރަކީ 2018 ވަނަ އަހަރެވެ. އެ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕްގެ މަގާމު ހޯދިއިރު، އެ އަހަރު ފްރާންސް ފުޓްބޯލް މެގަޒިން އިން ދިން ބެލޮންޑިއޯ އެވޯޑް ވެސް ލިބުނީ މޮޑްރިޗަށެވެ.

މި އަހަރުގެ ޔޫރޯ އަކީ ފަހަރެއްގައި މޮޑްރިޗް ގައުމީ ޓީމަށް ކުޅޭ ފަހު މުބާރާތަށް ވެދާނެ އެވެ. އެހެންކަމުން މި އަހަރުގެ ޔޫރޯގައި ކާމިޔާބެއް ހޯދައި، ކްރޮއޭޝިއާގެ ދިގު އިންތިޒާރު ނިންމާލުމަށް މޮޑްރިޗް ވަރަށް ބޭނުންވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox