ޕެޑްރީ

Jun 17, 2024, 12:47 PM
ޕެޑްރީ

ނަން: ޕެޑްރީ ގޮންޒާލޭޒް ލޮޕޭޒް (ޕެޑްރީ)

އުފަން ތާރީހް: 25 ނޮވެމްބަރު 2002 (21 އަހަރު)

ޤައުމު: ސްޕެއިން

މަޤާމް: މިޑްފީލްޑަރު

ކްލަބް: ބާސެލޯނާ

ޤައުމީ ޓީމަށް ކުޅެން ފެށީ: 2021 ވަނަ އަހަރު

އުމުރުން އަދި އެންމެ 21 އަހަރު ވިޔަސް، ޕެޑްރީ އަކީ މިހާރު ވެސް ސްޕެއިންގެ ގައުމީ ޓީމާއި ބާސެލޯނާގެ މުހިންމު ކުޅުންތެރިއެކެވެ.

ލަސް ޕާލްމާސްގެ އެކެޑަމީން ޕެޑްރީ ބާސެލޯނާ އަށް ބަދަލުވީ 2020 ވަނަ އަހަރެވެ. އަދި 2020 / 2021 ވަނަ އަހަރުގެ ސީޒަންގައި އޭނާ ވަނީ ބާސެލޯނާގެ ސީނިއާ ޓީމުގައި ހިމަނައި ފައެވެ. މިހާރު އޭނާ އަކީ ބާސެލޯނާގެ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

ޕެޑްރީ ވަނީ ޓޫޓޯސްޕޯޓް އިން ހޮވާ "ގޯލްޑް ބޯއީ އެވޯޑް" 2021 ވަނަ އަހަރު ހޯދައިފަ އެވެ. އަދި މީގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިޔާއަށް ފްރާންސް ފުޓްބޯލް އިން ދޭ "ކޮޕާ ޓްރޯފީ"ވެސް އަހަރު އޭނާ ވަނީ ހޯދައިފައެވެ.

ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅެމުންދަނިކޮށް ސްޕެއިންގެ ސީނިއާ ސްކޮޑަށް ޕެޑްރީ ނެގީ 2021، މާޗު މަހުގެ ތެރޭގައި ކުޅުނު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިން މެޗުތަކަށެވެ.

ޕެޑްރީ ވަނީ މިހާތަނަށް ބައިނަލްއަޤްވާމީ ދެ މުބާރާތް ސްޕެއިންގެ ގައުމީ ޓީމާއެކު ކުޅެފައެވެ. އެއީ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2021 ވަނަ އަހަރު އޮތް ޔޫރޯ އެވެ. އަދި މީގެ އިތުރުން 2020 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގައިވެސް ސްޕެއިންގެ ޓީމަށް އޭނާ ކުޅުނެވެ.

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox