އޮސްޓްރިއާ

Jun 14, 2024, 10:26 AM
އޮސްޓްރިއާ

އޮސްޓްރިއާ އަކީ މި ފަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އަށް ވަނަ އަށް ކޮލިފައިވި ޓީމެވެ. އެ ޓީމު ޔޫރޯ އަށް ކޮލިފައިވީ، ގްރޫޕް އެފްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް އެފްގެ އެއް ވަނަ ހޯދީ ބެލްޖިއަމް އެވެ. ކޮލިފައިންގައި ކުޅުނު އަށް މެޗުން އޮސްޓްރިއާ ބަލިވި ހަމައެކަނި މެޗަކީ، އަމިއްލަ ދަނޑުގައި ބެލްޖިއަމް އަތުންނެވެ.

މިއީ، އޮސްޓްރިއާ އިން ޔޫރޯގައި ކުޅޭނެ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން ވަނީ 2008 އާއި 2016 އަދި 2020 ވަނަ އަހަރު ވާދަކޮށްފަ އެވެ. ޖެހިޖެހިގެން ދެ ވަނަ ޔޫރޯގައި ފުރަތަމަ ފަހަރަށް ވާދަކުރަން އޮސްޓްރިއާ ތައްޔާރުވެފައިވާއިރު، އެންމެ ފަހުން މުބާރާތުގައި އެ ޓީމުން ގަދަ 16 ބުރުގައި ކުޅުނެވެ. ފުރަތަމަ ދެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ތަޖުރިބާކާރު ކޯޗު، ރަލްފް ރަންގްނިކް އަށް އޮސްޓްރިއާ ކޯޗުކަން ހަވާލުކުރީ، 2022 ވަނަ އަހަރު އޭޕްރީލް މަހުގަ އެވެ. ދިން ޓާގެޓަކީ، މި ފަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެ ޓީމު ކޮލިފައިކޮށްދިނުމެވެ. ރަންގްނިކް ސޮއިކުރި ކޮންޓްރެކްޓްގައި، ޔޫރޯ އަށް އެ ޓީމު ކޮލިފައިކޮށްދީފިނަމަ އިތުރު ދެ އަހަރު އާ ކުރެވޭ ގޮތަށް ވަނީ ހިމަނައިފަ އެވެ. އެ މާއްދާ އަށް އަމަލުކުރަން ފެށުމުން، ރަންގްނިކް ވަނީ ބަޔާން މިއުނިކްގެ ކޯޗަކަށް ވާން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ.

އޮސްޓްރިއާ، މި ފަހަރުގެ ޔޫރޯގައި ލައްވާލާފައި މި ވަނީ ނިސްބަތުން ބަލާއިރު، އެ ޓީމަށް ޗެލެންޖިން ގްރޫޕެއްގަ އެވެ. ނެދަލެންޑްސް އާއި ފްރާންސް އަކީ އޮސްޓްރިއާއާ އަޅާކިޔާއިރު، ޔޫރަޕްގެ ގަދަ ދެ ބާރު ކަމަށްވާއިރު، ދެން މި ގްރޫޕްގައި އޮތް ޕޮލެންޑަކީ ވެސް އޮސްޓްރިއާއާ ދާދި އެއްވަރެއްގެ ޓީމެކެވެ.

ކުޅުންތެރިންނަށް ބަލާއިރު، އޮސްޓްރިއާ ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ، ޑޭވިޑް އަލަބާ އެވެ. އެކަމަކު، އަނިޔާގެ ސަބަބުން އޭނާ އަށް ޔޫރޯ ނުކުޅެވޭއިރު، އޮސްޓްރިއާ އިން ދެން ތަފާތު ދައްކާނެ ކަމަށް ބެލެވެނީ، އާރްބީ ލައިޕްޒިގުގެ ކްރިސްޓޮފް ބޯމްގާޓްނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox