ޔުނައިޓެޑްގައި "ޖޯކް އަކަށް" ވި ރަންގްނިކް އޮސްޓްރިއާގައި ތަފާތު

Jul 2, 2024, 4:53 AM
ޔުނައިޓެޑްގައި "ޖޯކް އަކަށް" ވި ރަންގްނިކް އޮސްޓްރިއާގައި ތަފާތު

މީގެ ދެ އަހަރެއްހާ ދުވަސްކުރިން، މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗުކަމުން ރަލްފް ރަންގްނިކް ދުރުވިއިރު، އޭނާ އަށް ގިނަ ފާޑުކިއުންތައް އަމާޒުވެ، އެނާ ވަނީ "ޖޯކަކަށް" ވެފަ އެވެ. ޔުނައިޓެޑްގެ ވަގުތީ ކޯޗުގެ މަގާމަށް ހަވާލުވެ، އޭނާ އަށް ކްލަބުން ދިން ޓާގެޓްތައް ހާސިލެއްނުވިއެވެ. ޓީމުގެ ނަތީޖާތައް ދަށްވުމުގެ އިތުރުން، ކުޅުންތެރިން އިހުތިރާމް ވެސް އޭނާއަށް ގެއްލުނެވެ.

ރަންގްނިކްއަކީ "ބޮސް" އެއް ގޮތުގައި އެއް އިރަކުވެސް ނުދެކޭ ކަމަށް އޭރު ޔުނައިޓެޑްގައި ހުރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ބުނެފައިވެ އެވެ.

ޖަރުމަނަށް ނިސްބަތްވާ ރަންގްނިކް އަކީ ޔުނައިޓެޑްއާ ހަވާލުވުމުގެ ކުރިން އެކި ކްލަބުތަކެއްގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކޯޗެެކެވެ. ހާއްސަކޮށް ރެޑްބުލް ލައިޕްޒިގްގެ މަތީ ޓެކްނިކަލް މަގާމެއްގައި ރަންގްކިން މަސަައްކަތްކުރިއިރު، އެ ކްލަބުން ދަނޑު މަތީގައި އަދި ދަނޑުން ބޭރުގައި ގިނަ ކުރިއެރުންތަކެއް ހޯދިއެވެ.

ޔުނައިޓެޑްގައި ކުރެވުނު ހިތި ތަޖުރިބާތަކާތަކަށް ފަހު، ރަންގްނިކް ހަވާލުވީ އޮސްޓްރިއާގެ ގައުމީ ޓީމުގެ ކޯޗުކަމާ އެވެ. އަދި މިހާރު ކުރިއަށްދާ ޔޫރޯގައި އޭނާ ވަނީ ތަފާތު ދައްކައިފަ އެވެ. އޮސްޓްރިއާ ޓީމުގެ ކުޅުންތެރިންގެ އިތުބާޜު ހޯދައިފައެވެ.

މިހާރު ކުރިއަށްދާ ޔޫރޯގައި ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ނެދަލޭންޑްސް އާއި ފްރާންސް ހިމެނޭ ގުރޫޕްގެ އެއް ވަނައިގައި ގަދަ 16ގެ ޖާއެއް އޮސްޓްރިއާ ހޯދުމަކީ އާދައިގެ ކަމެއް ނޫނެވެ.

އޮސްޓްރިއާ ގުރޫޕްގެ އެއް ވަނަ ހޯދީ ގުރޫޕް ޑީގައި ކުޅުނު ފަހު މެޗުގައި ނެދަލޭންޑްސް އަތުން 3-2 އިން މޮުވެގެންނެވެ. އޮސްޓްރިއާ އެއް ވަނަ ހޯދީ ކުރީގެ ޗެމްޕިއަން، ފްރާންސް ދެ ވަނަ އަށް ޖައްސާލުމަށް ފަހު އެވެ.

"އަހަރަމެންނަށް ބޯޅަ ލިބޭއިރު، ބެންޗުގައި އަހަރަމެންނަށް އިރުޝާދު ދޭން މި އިންނަނީ ވަރަށް މޮޅު ކޯޗެެއް،" ގުރޫޕްގެ ފަހު މެޗަށްފަހު އޮސްޓްރިއާގެ މިޑްފީލްޑަރު މާސެލް ސަބިޓްޒާ ބުންޏެވެ.

އޮސްޓްރިއާގެ ކޯޗުކަމާ ރަންގްނިކް ހަވާލުވީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭނާގެ ކޯޗުކަމުގެ ކުރީކޮޅު އޮސްޓްރިއާ އިން ނެރުނު ނަތީޖާތައް އެހާ ރަނގަޅެއް ނޫނެވެ. އެކަމަކު ޓީމާ އެކު މަސައްކަތްކުރަން ވަގުތު ލިބި، މި ފަހުން ރަންގްނިކްގެ އިރުޝާދުގެ ދަށުން އޮސްޓްރިއާ އިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

އެ ގޮތުން، މި މުބާރާތުގެ ކުރިން އިޓަލީ ބަލިކޮށް، ބެލްޖިއަމް އާއި ފްރާންސްއާ އެއްވަރުކުރުން ފާހަގަކުރެވެ އެވެ.

ސަބިޓްޒާ ބުނީ ޔޫރޯގައި އޮސްޓްރިއާ ކުޅުނު މެޗުތަކުން އެ ޓީމަށް އައިސްފައިވާ ކުރިއެރުންތައް ފެނުނު ކަމަށެވެ.

"ކުރިން މިވާ ގޮތަކީ އަހަރަމެން އަތުން ބޯޅަ ގެއްލުނީމަ، މާ ބޮޑަކަށް މަސައްކަތެއް ނުކުރެވޭ ބޯޅަ ހޯދާކަށް. އެކަމަކު މިހާރު ޓީމުތަކަށް އެނގޭނެ ބޯޅަ ގެއްލިއްޖެއްޔާ އަހަރަމެން އެ ބޯޅަ އަލުން ހޯދަން ގަދަ އަޅައި މަސައްކަތްކުރާނެކަން،" ސަބިޓްޒާ ބުންޏެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޔޫރޯގައި "ޕްރެސިން" ގައި އެންމެ ރަނގަޅު އެއް ޓީމަކީ އޮސްޓްރިއާ އެވެ. އޮސްޓްރިއާ އަށް ވުރެ އިތުރަށް، އިދިކޮޅު ޓީމުގެ ޕާސްތައް ހުއްޓުވައި އަލުން ބޯޅަ ހޯދުމުގެ ކުރީގައި އުޅެނީ ޖަރުމަނެވެ.

އެކަމަކު، މި އަހަރުގެ ޔޫރޯގައި އެންމެ ގިނަ ފައުލްކޮށްފައިވާ އެއް ޓީމަކީ އޮސްޓްރިއާ އެވެ.

ޔުނައިޓެޑަކީ ރަންގްނިކްގެ ކޯޗިން ކެރިއަރުގައި އޭނާ ހަވާލުވި 13 ވަނަ ކްލަބެވެ. އެކަމަކު އޭނާގެ ކެރިއަރަށް ބަލާއިރު، އޮސްޓްރިއާގެ ކޯޗުކަމަކީ އޭނާ އަށް އެންމެ ގުޅޭ މަގާމެވެ.

މި އަހަރުގެ ޔޫރޯގެ ކުރިން ބަޔާން މިއުނިކް އިން އޭނާ އަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ކްލަބު ފުޓްބޯޅަ އަށް އެނބުރި އައުމަށް ލިބުނު ފުރުސަތު ވަނީ ދޫކޮށްލައިފަ އެވެ. އަދި އޮސްޓްރިއާގައި ފަށާފައިވާ ޕްރޮޖެކްޓް އިތުރަށް ކުރިއަށްގެންދަން އަމާޒުހިފި އެވެ.

އޮސްޓްރިއާ ފައިނަލަށް ދިއުމަކީ ނުވާނެ ކަމެއް ނޫން

ގަދަ 16 ބުރުުގައި މިރޭ ތުރުކީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަންގްނިކް ބުނީ، އޮސްޓްރިއާ ޓީމަށް މި ފަހަރުގެ ޔޫރޯ ކާމިޔާބު ކުރުން ނޫނީ ފައިނަލަށް ދިއުމަކީ ނުވާނެ ކަމެއް ކަމަށް ގަބޫލުނުކުރުމަށެވެ.

"އަހަރެމެން އަބަދުވެސް ތިބެންޖެހޭނީ އުންމީދުތައް މަތިކޮށްގެން. މުބާރާތް ފެށުމުގެ ކުރިން ވެސް އަހަރެން ބުނިން، އަހަރެމެންނަށް ޗެމްޕިއަންކަން ނުހޯދޭނެ ކަމަށް ނޫނީ ފައިނަލަށް ވެސް ނުދެވޭނެ ކަމަށް ދެކެވޭ ވާހަކަތަކަށް ނުވިސްނަން، މި ޓީމުގެ މަސައްކަތުގެ ނަތީޖާ އެބަ ފެނޭ،" ރަންގްނިކް ބުންޏެެވެ.

ރަންގްނިކް ބުނީ ތުރުކީއާ ދެކޮޅަށް ވެސް ނުކުންނާނީ ގްރޫޕް ސްޓޭޖުގެ ކޮންމެ މެޗެކޭ އެއްގޮތަށް ވީ އެންމެ ރަނގަޅަށް ފޯކަސް ބަހައްޓައިގެން މޮޅުވުމަށް ކަމަށެވެ.

މިއީ ތުރުކީ އާއި އޮސްޓްރިއާ ބައްދަލުކުރާ 18 ވަނަ މެޗެވެ. އެކަމަކު، މިއީ މި ދެ ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެެވެ. އެންމެ ފަހުން، އޮސްޓްރިއާ އިން ބޮޑު މުބާރާތެއްގެ ނޮކައުޓް މެޗަކުން މޮޅުވެފައިވަނީ 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.

އޮސްޓްރިއާ އާއި ތުރުކީ، ޔޫރޯގެ ގަަދަ 16 ގައި ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox