34 އަހަރަށް ފަހު ނެދަލެންޑްސް ބަލިކޮށް އޮސްޓްރިއާ އިން ގްރޫޕް ކާމިޔާބުކޮށްފި

Jun 25, 2024, 5:56 PM
34 އަހަރަށް ފަހު ނެދަލެންޑްސް ބަލިކޮށް އޮސްޓްރިއާ އިން ގްރޫޕް ކާމިޔާބުކޮށްފި

ބާލިން (ޖެނުއަރީ 25) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ނެދަލެންޑްސް އަތުން 3-2 އިން މޮޅުވެ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި، އޮސްޓްރިއާ އިން މުބާާރާތުގެ ގަދަ 16 އިން ފުރުސަތު ހޯދައިފި އެވެ.

މިއީ 34 އަހަރު ތެރޭ ނެދަލެންޑްސް އަތުން އޮސްޓްރިއާ ހޯދި ފުރަތަމަ މޮޅެވެ. އޮސްޓްރިއާ އިން އެންމެ ފަހުން ނެދަލެންޑްސް ބަލިކުރީ 1990 ވަނަ އަހަރު ކުޅުނު އެެކުވެރިކަމުގެ މެޗެއްގަ އެވެ. އޭގެ ފަހުން، ނެދަލެންޑްސް އަތުން މޮޅުމިވީ ހަތް މެޗަށް ފަހު އެވެ .

މި މެޗަށް ނުކުތުމުގެ ކުރިން ވެސް، މި ގްރޫޕްގެ ނެދަލެންޑްސާއި ފްރާންސަށް އަށް އޮތީ ނޮކައުޓް ބުރުގެ ޖާގައެއް ޔަގީންވެފަ އެވެ. ފްރާންސް ޖާގަ ހޯދީ، ގްރޫޕްގެ ދެ ވަނައިގެ ގޮތުގަ އެވެ. ނެދަލެންޑްސް އަށް ޖާގަ ލިބުނީ، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ގަދަ ހަތަރެއްގެ ތެރެއިންނެވެ.

Advertisement

އޮސްޓްރިއާ އިން މި ގްރޫޕްގެ އެއް ވަނަ ހޯދީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔައީ، މިރޭ ޕޮލެންޑާ 1-1 އިން އެއްވަރުވި ފްރާންސް އެވެ. ފްރާންސަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ނިންމި ނެދަލެންޑްސް އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، މުބާރާތުން ކެޓި ޕޮލެންޑަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ބާލިން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން، ހަ ވަނަ މިނިޓްގައި އޮސްޓްރިއާ އިން ވަނީ ލީޑުނަގައިފަ އެވެ. މިއީ، އޮސްޓްރިއާގެ ފުލްބެކް، އަލެކްސަންޑް ޕްރަސް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ނެދަލެންޑްސްގެ ޑޮންޔެލް މާލެން ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

ނެދަލެންޑްސްގެ މާލެން: މެޗުގައި ރަނގަޅު ފުރުސަތުތަކެއް ލިބުނު ކުޅުންތެރިއެއް.

ނަތީޖާ ހަމަހަމަކުރެވޭތޯ ނެދަލެންޑްސް އިން ފުރަތަމަ ހާފުގައި އެޓޭކްތަކެއް ކުރިއިރު، ޓިޖާނީ ރައިންޑާސް ޖެހި ބޯޅައެއް ގޯލާ ސީދާނުވެދިިޔައިރު، މުޅިން ހުސްކޮށް އަރައި މާލެން ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ފުރަތަމަ ހާފުގައި އޮސްޓްރިއާ އަށް ދެ ވަނަ ލަނޑެއް ޖަހަން ވެސް ފުރުސަތުތަކެއް ލިބުނެވެ. އެ ގޮތުން، އޮސްޓްރިއާގެ މާސެލް ސަބިޓްޒާ އޭރިއާބޭރުން ޖެހި ޝޮޓާއި، އޭރިއާތެރެއިން އޮސްޓްރިއާގެ މާކޯ އާނައުޓޮވިޗް ޖެހި ބޯޅަ ނެދަލެންޑްސްގެ ކީޕަރު، ބާޓް ވާބްރޫގެން ވަނީ މަތަކޮށްފަ އެވެ.

ނެދަލެންޑްސްގެ މެމްފިސް ޑިޕާއި އާއި ކޯޑީ ގްކްޕޯ ގުޅިގެން ފުރަތަމަ ހާފުގައި ކުރި އެޓޭކްތަކުގައި ވެސް ނަތީޖާއެއް ނުފެނުނެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ ވަަނަ މިނިޓްގައި ލަނޑު ޖަހައި، ގަކްޕޯ ވަނީ ނެދަލެންޑްސް އަށް އެއްވަރުކޮށްދީފަ އެެވެ. މިއީ، މި ފަހަރުގެ ޔޫރޯގައި އޭނާ ޖެހި ދެ ވަނަ ގޯލެވެ.

އެކަމަކު، ދެ ވަނަ ހާފުގައި އޮސްޓްރިއާ އިން ކުރި ފުރަތަމަ އެޓޭކުގައި، އެ ޓީމުން ލަނޑު ޖަހައި އަލުން ލީޑުނެގި އެެވެ. މިއީ އެރިއާތެރެއަށް ހުރަސްވި ބޯޅައަކުން ރޮމާނޯ ޝްމިޑް ޖެހި ލަނޑެކެވެ. ޝްމިޑް ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ނެދަލެންޑްސްގެ ޑިފެންޑަރު ސްޓެފަން ޑި ވްރައި ފައިގައި ޖެހިފަ އެވެ.

ނެދަލެންޑްސްގެ ގަކްޕޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ނެދަލެންޑްސް އިން އަނެއްކާ ވެސް ކުރިއަށް ޖެހިގެން ކުޅެން ފަށައި، 75 ވަނަ މިިނިޓްގައި ޑިޕާއި ޖެހި ގޯލުން އެއްވަރުކުރި އެވެ. މިއީ، ބަދަލަކަށް ކުޅެން އެރި ނެދަލެންޑްސްގެ ވައުޓް ވެގްހޯސްޓް ބޮލުން ޖައްސާލި ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލަށް ބޯޅަ ފޮނުވާލައިގެން ޑިޕާއި ޖެހި ގޯލެކެވެ. މި ލަނޑު ފުރަތަމަ ނިންމީ ހޭންޑްބޯލް ކަމަށެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑުގައި ހުރި މޮނީޓަރުން ބަލައިފައި ރެފްރީ ނިންމީ ހޭންޑްބޯލް އެއް ނޫން ކަމަށެެވެ.

އޮސްޓްރިއާ އިން ފަހަތަށް ނުޖެހި، ކުޅެން ފަށައި، އަނެއްކާ ވެސް ލަނޑު ޖަހައި، މެޗުގައި ތިން ވަނަ ފަހަރަށް ލީޑުނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، 80 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން، މާސެލް ސަބީޓްޒާ އެވެ. މިއީ ކްރިސްޓޮފް ބޯމްގާޓްނާ ދިން ބޯޅައަކަށް އަރައި، ހަނި އޭންގަލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ސަބިޓްޒާ ޖެހި ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން، ބޯމްގާޓްނާ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ފަހު ވަގުތު ކުރިއަށް ޖެހިގެން ކުޅެ ލަނޑެއް ޖެހޭތޯ ނެދަލެންޑްސް އިން ވަރަށް މަސައްކަތްކުރި އެވެ. އެކަމަކު، އޮސްޓްރިއާއިން ވަނީ ރަނގަޅަށް ޑިފެންސްކޮށް، މެޗުން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox