ރަންގްނިކް ބުނީ އޮސްޓްރިއާ އިން ތިން ވަނަ އަށް ނުވިސްނާ ކަމަށް

Jun 25, 2024, 8:33 AM
ރަންގްނިކް ބުނީ އޮސްޓްރިއާ އިން ތިން ވަނަ އަށް ނުވިސްނާ ކަމަށް

ބާލިން (ޖޫން 25) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގެ ތިން ވަނަ މަގާމު ހޯދައިގެން ގަދަ 16ގެ ފުރުސަތެއް ލިބެން އޮތް ނަމަވެސް، އޮސްޓްރިއާ އިން ބޭނުންވަނީ މިރޭ ނެދަލެންޑްސް ބަލިކޮށް، ގުރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން އަނެއް ބުރަށް ދާން ކަމަށް އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.

މިރޭ ނެދަލޭންޑްސް އަތުން އޮސްޓްރިއާ މޮޅުވެއްޖެނަމަ، އޮސްޓްރިއާއަށް ގުރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނޭނެ އެވެ. އެކަމަކު، މި މެޗުން އޮސްޓްރިއާ ބަލިވެއްޖެނަމަ، ނުވަތަ އެއްވަރުވެއްޖެނަމަ، އޮސްޓްރިއާ އަށް ގަދަ 16 ގެ ޖާގައެއް ލިބޭނީ ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ތިން ވަނަ ޓީމުގެ ގޮތުގައި ގަދަ 16ގެ ޖާގައެއް ހޯދުމަކީ ރަންގްނިކް ވިސްނަން ވެސް ބޭނުންވާ ކަމެއް ނޫން ކަމަށް ރަންގްނިކް ވަނީ ހާމަކޮށްފަ އެވެ.

"އަހަރެން ބޭނުންވަނީ ގުރޫޕްގެ އެއް ވަނަ ހޯދަން. އެކަމަކު، އެކަންވާނީ އަހަރަމެން މޮޅުވެ، ފްރާންސް ބަލިވެގެން. އެކަމަކު އެ ހުރިހާ ކަމެއް ހިޔެއްނުވޭ އަހަރެން ބޭނުންވާ ގޮތަށްވާނެހެނެއް،" ރަންގްނިކް ބުންޏެވެ.

"އަހަންނަށް މައްސަލައެއް ނެތް ދެވަނަ ލިބުނަސް. ތިން ވަނަ މަގާމަށްވެސް ބެލިން. އެކަމަކު އަހަރެން ބަލާއިރު އެކަން ފެންނަނީ ވަރަށް އުނދަގޫކޮށް."

އޮސްޓްރިއާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯގެ ގަދަ 16ގެ ބުރުގައި ކުޅެފަ އެވެ. މިއީ، 1954 ވަނަ އަހަރުގެ ފަހުން ބައިނަލްއަގުވާމީ މުބާރާތުގެ ނޮކްއައުޓް ބުރެއްގައި އޮސްޓްރިއާ ކުޅުނު ފުރަތަމަ ފަހަރެވެ.

މި ފަހަރު އޮސްޓްރިއާގެ އަމާޒަކީ ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދުމެވެ.

ނެދަލެންޑްސްއާ ދެކޮޅަށް ނުކުންނައިރު، އޮސްޓްރިއާގެ ޑިފެންޑަރު ގެރްނޯ ޓްރައުނާ އަށް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ.

"ހޯމަ ދުވަހު ޓްރައުނާ ޓްރެއިނިންގައި ބައިވެރިއެއްނުވޭ. އެހެންވީމަ ޔަގީނުންންވެސް މާދަމަާ (މިރޭ) އޭނާ ނުފެންނާނެ،" ރަންގްނިކް ބުންޏެވެ.

މީގެ ކުރިން ބައިނަލްއަގުވާމީ ބޮޑު ދެ މުބާރާތެއްގައި އޮސްޓްރިއާ އާއި ނެދަލެންޑްސް ދެ ފަހަރެއްގެ މަތިން ބައްދަލުކުރި އެވެ. ދެ މެޗުން ވެސް ނެދަލެންޑްސް މޮޅުވި އެވެ. މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox