މޮންޓެލާ ބުނީ އޮސްޓްރިއާ އަކީ "ފުރިހަަމަ ޓީމެއް" ކަމަށް

Jul 2, 2024, 7:26 AM
މޮންޓެލާ ބުނީ އޮސްޓްރިއާ އަކީ "ފުރިހަަމަ ޓީމެއް" ކަމަށް

ލައިޕްޒިގު، ޖަރުމަނު (ޖުލައި 2) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުުގައި މިރޭ އޮސްޓްރިއާއާ ދެކޮޅަށް ކުޅޭއިރު، އެއީ މިހާތަނަށް ފެނުނު ކުޅުމަށް ބަލާއިރު، "ފުރިހަަމަ ޓީމެއް" ކަމަށް އެ ޓީމާ ދެކޮޅަށް ނުކުންނަ ތުުރުކީ ޓީމުގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ ބުނެފި އެވެ.

ތުުރުކީ އާއި އޮސްޓްރިއާ ވަނީ މިދިޔަ މާޗް މަހު އެކުވެރިކަމުގެ މެޗެއްގައި ބައްދަލުކޮށްފަ އެވެ. އެ މެޗުން އޮސްޓްރިއާ މޮޅުވީ 6-1 އިންނެވެ.

އެ މެޗަށް ވެސް އިޝާރާތްކޮށް، ތުރުކީގެ ކޯޗު، މޮންޓެލާ ބުނީ އޮސްޓްރިއާ އަކީ ވަރަށް ރޭވުންތެރިކަމާ އެކު ކުޅޭ ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ޓީމުގެ ހުރިހާ ޑިޕާޓްމަންޓެއް އެއް ލެވަަލަށް މަސައްކަތްކުރުމުގައި އޮސްޓްރިއާއާ އެއްވަރަށް ވޯކްރޭޓް ފެންނަ އެހެން ޓީމެއް މި ފަހަރުގެ ޔޫރޯގައި އަދި ނުފެންނަ ކަމަށް މޮންޓެލާ ވަނީ ބުނެފަ އެވެ.

Advertisement

"އެޓޭކިންގައި ވަރަށް ރަނގަޅަށް ޕްރެސް ކޮށްގެން ކުޅޭ ޓީމެއް އޮސްޓްރިއާ އަކީ. ވަރަށް ރަނގަޅަށް އެ މަސައްކަތް ކުރަނީ، ދެން ޑިފެންސްކުރުމަށް ފަހު، އެޓޭކަށް ބަދަލުކޮށްލާ ވަގުތުގައި އެ އަންނަ ޓްރާންސިޝަން ތެރޭގައި ވެސް އޮސްޓްރިއާގެ ތަފާތު ފެނޭ،" މޮންޓެލާ ބުންޏެވެ.

މޮންޓެލާ ބުނީ އޮސްޓްރިއާގެ ކުޅުމުން ފެންނަނީ ގައުމީ ޓީމަކަށް ވުރެ ކްލަބް ފުޓްބޯޅައިގެ ވައްޓަފާޅި ކަމަށެވެ. އެއީ މެޗު ބަދަލުވާ ހުރިހާ ހާލަތަކަށް ވެސް އެ ޓީމު ތައްޔާރުވެފައި އޮންނަ މިންވަރު ރަނގަޅުވުމުން ކަމަށް މޮންޓެލާ ވަނީ ފާހަގަކޮށްފަ އެވެ.

ސަސްޕެންޝަންގެ މައްސަލަ ތުރުކީ އަށް ވަނީ ދިމާވެފަ އެވެ. އެ ގޮތުން، އެ ޓީމުގެ ފުރަތަަމަ އެގާރައިގައި ހިމެނޭ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ، ޓީމުގެ ކެޕްޓަން، ހަކަން ޗޮނޮނޯލޫ އާއި ޑިފެންޑަރު، ސާމިތު އަކައިދިން ވަނީ ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ.

މޮންޓެލާ ބުނީ ތުރުކީގެ ލެވަލަށް ބަލާއިރު އެ ޓީމަށް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދިދާނެ ކަމަށެވެ. އަދި އެކަން ހާސިލްކުރަން ކުރިމަތީގައި އޮތް އޮސްޓްރިއާ މެޗަކީ ރަނގަޅު ޓެސްޓެއް ކަމަށް މޮންޓެލާ ގަބޫލުކުރެ އެވެ.

ތުރުކީ އާއި އޮސްޓްރިއާ ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox