ޕޮލެންޑް ބަލިކޮށް އޮސްޓްރިއާ އަށް އުންމީދެއް

Jun 21, 2024, 6:25 PM
ޕޮލެންޑް ބަލިކޮށް އޮސްޓްރިއާ އަށް އުންމީދެއް

ބާލިން (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އޮސްޓްރިއާ އިން 3-1 އިން ޕޮލެންޑް ބަލިކޮށް މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ އުންމީދު އާ ކޮށްފި އެވެ.

ކުޅުނު ދެ މެޗުން ބަލިވެ، ޕޮލެންޑަށް ކުރިއަށް ދިއުމުގެ އުންމީދު ފަނޑުވެ، އަމިއްލަ ބާރު ވަނީ ގެއްލިފަ އެވެ. ޕޮލެންޑް ވަނީ ފުރަތަމަ މެޗުން ނެދަލެންޑްސް އަތުން 2-1 އިން ބަލިވެފަ އެވެ. އޮސްޓްރިއާ ވަނީ ފްރާންސް އަތުން 1-0 އިން ބަލިވެފަ އެވެ. އޮސްޓްރިއާ އިން މި މެޗުން މި ހޯދި މޮޅަކީ މުބާރާތުގައި ކުރިއަށްދާން ވަރަށް ބޮޑު ބާރަކަށްވާނެ އެވެ.

ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިިނިޓްގައި އޮސްޓްރިއާ އިން ލީޑުނެގީ ފަހަތަށް ކުޅޭ ގާނޯޓް ޓްރައުނާ ޖެހި ލަނޑުންނެވެ.

Advertisement

މެޗުގެ 30 ވަނަ މިނިޓްގައި، ޕޮލެންޑުން ވަނީ އެއްވަރުކޮށްފަ އެވެ. އޭރިއާތެެރެއިން އޮސްޓްރިއާ ޑިފެންޑަރުންނަށް ސަލާމަތްނުކުރެވިދިޔަ ބޯޅައެއް ގޯލަށް ފޮނުވާލައިގެން، ޕޮލެންޑަށް އެއްވަރުކޮށްދިނީ ކްރިސްޓޮފް ޕިއޮންޓެކް އެވެ.

އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ ކަމަށް ބެލެވުނު، ޕޮލެންޑްގެ ކެޕްޓަން، ރޮބަޓް ލެވަންޑޯސްކީ މެޗުގެ 60 ވަނަ މިނިޓްގައި ކުޅެން ނުކުތެވެ. އެކަމަކު، އޭނާ އަށް ވެސް އެދެވޭ ތަފާތެއް ނުދެއްކުނީ އެއްކޮށް ފިޓްނުވާތީ އެވެ.

އޮސްޓްރިއާ އިން އަލުން ލީޑުނެގީ، 66 ވަނަ މިނިޓްގައި ކްރިސްޓޮފް ބޯމްގާޓްނާ ޖެހި ލަނޑުންނެވެ. އޭރިއާ ރޮނގުކައިރިން ބޯމްގާޓްނާ އަށް ލިބުނު ބޯޅަ އޭނާ ވަނީ ކަނަށް ފޮނުވާލައިފަ އެވެ. އޭގެ، 10 ވަރަކަށް މިނިޓް ފަހުން، އޮސްޓްރިއާ އަށް ލިބުނު ޕެނަލްޓީ އަކުން ލީޑުފުޅާކުރި އެވެ. މިއީ، އޮސްޓްރިއާގެ މާސެލް ސަބިޓްޒާ އަށް ޕޮލެންޑްގެ ކީޕަރު، ވޮޒްޝިއޭ ޝެޒްނީ ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން، މާކޯ އާނައުޓޮވިޗް ޖެހި ލަނޑެކެވެ.

ޕޮލެންޑް އާއި އޮސްޓްރިއާ މި ވަނީ 11 ފަހަރު ބައްދަލުކޮށްފަ އެވެ. ޕޮލެންޑް ފަސް ފަހަރު މޮޅުވެފައިވާއިރު، އޮސްޓްރިއާ މޮޅުވީ ހަތަރު މެޗުންނެވެ. ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. ޕޮލެންޑުން މި ވަނީ އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރޯގެ ފުރަތަަމަ ދެ މެޗުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox