ޑްރޯން އޮޕަރޭޓް ކުރަން އެއާޕޯޓެއް ހާއްސަކުރަން އެމްއެންޑީއެފްއިން ބޭނުންވޭ

ރާއްޖޭގައި މިހާރު އޮޕަރޭޓު ކުރާ ތުރުކީގެ ޑްރޯންތައް. މި ޑްރޯންތައް ބޭނުންކުރަނީ ރާއްޖޭގެ ސަރަހައްދު މޮނީޓާކޮށް ބެލެހެއްޓުމަށް --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މިހާރު އޮޕަރޭޓު ކުރާ ތުރުކީގެ ޑްރޯންތައް. މި ޑްރޯންތައް ބޭނުންކުރަނީ ރާއްޖޭގެ ސަރަހައްދު މޮނީޓާކޮށް ބެލެހެއްޓުމަށް --- ފޮޓޯ: ރައީސް އޮފީސް

އެމްއެންޑީއެފްގެ ޑްރޯންތައް އޮޕަރޭޓް ކުރުމަށް އެއާޕޯޓެއް ހާއްސަ ކުރަން ސިފައިން ބޭނުންވާކަން އެއާޕޯޓުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ވިލަރެސްކުރާ ކޮންސްޓްރަކްޝަން މިނިސްޓްރީގެ މިނިސްޓަރު އަބްދުالله މުއްތަލިބު ހާމަ ކުރައްވައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފ. މަގޫދޫ އަދި ނިލަންދޫ އެއާޕޯޓުގެ ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ އެހާ ކައިރި ކައިރީގައި ދެ އެއާޕޯޓު އެޅުމަކީ ފުށުއަރާ ނުވަތަ ކުރެވޭ ބޭކާރު އިންވެސްޓްމަންޓެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މަގޫދޫ އެއާޕޯޓު ބޭނުންކުރެވޭނެ ކިތަންމެ ގޮތްތަކެއް ވެސް އެބަހުރި. ޓްރެއިނިން އެއާޕޯޓުތަކެއް, ނޫނީ މިހާރު އެމްއެންޑީއެފުން ޑްރޯން ގެންގުޅެން އެ ބޭފުޅުން ވެސް އެބަ ބޭނުންވޭ ވަކި ހާއްސަ އެއާޕޯޓެއް ޑްރޯން އޮޕަރޭޓް ކުރަން ވެސް," މި ހުރިހާ ކަމަކަށް ބަލާއިރު މަގޫދޫ އެއާޕޯޓު ބޭނުން ކުރެވޭނެ ގިނަ ގޮތްތައް ހުރިކަން ފާހަގަކުރައްވާ މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ފާފު އަތޮޅަށް 2500 މީޓަރުގެ ރަންވޭއަކާއެކު އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވާކަން އެ ސަރަހައްދަށް އިންވެސްޓްކޮށްފައި ތިބި ފަރާތްތަކާއި ޑިވެލޮޕަރުން ބުނަމުންދާ ކަމަށެވެ. އެ ސަރަހައްދަށް އެވަރުގެ ރަންވޭއެއް ބޭނުންވާއިރު, މިހާރު މަސައްކަތް ކުރިއަށްދާ މަގޫދޫ އެއާޕޯޓު އެންމެ ބޮޑު ކުރެވޭނީ 1800 މީޓަރަށްކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް 75 ޕަސަންޓު މަސައްކަތް ނިމިފައިވާ މަގޫދޫ އެއާޕޯޓު ހުއްޓާލުމަކީ ކުރާނެ ކަމެއް ނޫންކަން ފާހަގަކޮށް މުއްތަލިބު ވިދާޅުވީ މަގޫދޫގައި އެއާޕޯޓު އެޅުމާއެކު, ނިލަންދޫ ފަޅުގައި އެއާޕޯޓު އެޅުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ.

އަދި އެހާ ކައިރީގައި ދެ އެއާޕޯޓު އަޅަން އިންވެސްޓު ކުރުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާކަން ފާހަގަކުރައްވާ މުއްތަލިބު ވިދާޅުވީ ނިލަންދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަށްފަހު މަގޫދޫ އެއާޕޯޓުން ކުރެވޭނެ އެހެން ބޭނުންތައް ވެސް އެބަހުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox