ގައުމީ ފުޓްސަލް ޓީމަށް މުސާރަ ނުލިބެނީ "އުސޫލު"ގެ ސަބަބުން

ސޯޝަލް އިންޑޯގައި ގައުމީ ފުޓްސަލް ޓީމުން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.--- ފޮޓޯ: އަދަދު

ސޯޝަލް އިންޑޯގައި ގައުމީ ފުޓްސަލް ޓީމުން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.--- ފޮޓޯ: އަދަދު

ގައުމީ ފުޓްސަލް ޓީމަށް މުސާރަ ނުލިބެނީ, މިހާރު ހެދިފައިި އޮތް "އުސޫލު"ގެ ސަބަބުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މިއަދު ރޭޑިއޯ ބިލްޑިންގް ސެނެކޯ މާލަމުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ކުޅިވަރާ ބެހޭ ވަޒީރު ރާފިއު ވިދާޅުވީ, ގައުމީ ޓީމުތަކަށް މުސާރަދޭ އުސޫލެއް ނެޝަނަލް ސްޕޯޓްސް ކައުންސިލުން ވަނީ އެކުލަވާލާފައި ކަމަށާއި, އެހެންވެ, މިނިސްޓްރީން މިހާރު އަމަލު ކުރަން ޖެހޭނީ އެ އުސޫލުގެ މައްޗަށް ކަމަށެވެ.

ރާފިއު ވިދާޅުވީ, ގައުމީ ޓީމުތަކަށް މުސާރަ ދިނުމުގައި ވަކި ކްރައިޓީރިއާތަކެއް ހެދިފައިވާ ކަމަށާއި, އެހެންވެ, އެ ކްރައިޓީރިއާތަކުގެ ބޭރުން މުސާރަ ދެވެން ނޯންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުޓްސަލް ގައުމީ ޓީމަށް މުސާރަ ނުދެވޭ ސަަބަބަކީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ގައުމީ ލެވަލްގައި ފުޓްސަލްގެ ކަންކަން ނުހިނގާތީ އެވެ.

މިނިސްޓަރު ވިދާޅުވީ، ފުޓްސަލްގެ މި ކަމުގައި ހައްލެއް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.

މި ކަމުގެ (ފުޓްސަލް ގައުމީ ޓީމު ކުޅުންތެރިންގެ މުސާރައިގެ މައްސަލަ) މުހިންމު ކަމުން އަޅުގަނޑުމެން މި ޖެހެނީ, ޑިސްކަސް ކުރަން ކްރައިޓީރިއާ ބަދަލުކުރާނީތޯ ބެލުމަށް" --- މިނިސްޓަރު ރާފިއު

ސްޕޯޓްސް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ،--- ފޮޓޯ: އަދަދު

މިކަމާ ގުޅިގެން ސްޓޭޓް މިނިސްޓަރު ރިޔާޒް ވިދާޅުވީ, މި ކަމަކީ މިނިސްޓްރީން ކަންބޮޑުވާ ކަމެއް ކަމަށާއި, އެކަމަކު, މިކަން ރެގުއުލޭޓް ކުރެވިގެން އަންނާނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ކަމަށެވެ.

އެހެން ނަމަވެސް, އެފްއޭއެމް އާއި ގުޅިގެން އަދި މިކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން މިކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން މިނިސްޓްރީން އަންނަ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ގައުމީ ފުޓްސަލް ޓީމުން މިދިޔަ ދުވަސްތަކުގައި ރާއްޖެއިން ބޭރުގެ ގިނަ މުބާރާތްތަކުގައި ވާދަކޮށްފައިވާއިރު, ފީފާ އިން އަލަށް ނެރުނު, ފުޓްސަލް ރޭންކިންގް އަށް ބަލާއިރު, ރާއްޖޭގެ ފުޓްސަލް ޓީމު އޮތީ ދުނިޔޭގެ ރޭންކިންގެ 110 ވަނައިގަ އެވެ.

އެ ރޭންކިންގެ ތަފްސީލަށް ބަލާއިރު، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އޮތީ ސަރަހައްދުގެ އެއް ވަނައިގަ އެވެ. އަދި އޭޝިއާގެ ރޭންކިންގައި ރާއްޖެ އޮތީ 27 ވަނައިގަ އެވެ.

ގައުމީ ފުޓްސަލް ޓީމުން ވަނީ އެންމެ ފަހުން ދެ ފަަހަރު ވެސް އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ކުޅެފަ އެވެ. ދެ ފަަހަރު ވެސް ކުޅެފައިވަނީ މުބާރާތަށް ހާއްސަކޮށް ސްކޮޑެއް ނަގައިގެން، ޕްރެކްޓިސް ކުރުމަށް ފަހު އެވެ. ޕްރެކްޓިސް ކުރުމުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ފަރިތަކޮށްލާނެ އިންޑޯ އެއް ނެތުމެވެ. މި ސަރުކާރުން ވަނީ ފުޓްސަލް އިންޑޯއެއްގެ ބިންގާ އަޅައިފަ އެވެ.

މިދިޔަ ސަރުކާރުން، ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯއެއްގެ މަސައްކަތް ފަށާނެ ކަމަށް ހާމަކުރި ނަމަވެސް އޭގެ އަމަލީ ސިފައެއް ނުޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox