ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ގޭމްސް އެއް ބޭއްވުމަކީ އަމާޒެއް

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު ވާހަކަދައްކަވަނީ - ފޮޓޯ: ރާއިފް ޔޫސުފް / ސްޕޯޓްސް މިނިސްޓްރީ

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު ވާހަކަދައްކަވަނީ - ފޮޓޯ: ރާއިފް ޔޫސުފް / ސްޕޯޓްސް މިނިސްޓްރީ

ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ގޭމްސް އެއް ބޭއްވުން އެއީ ސަރުކާރުގެ އަމާޒެއް ކަމަށާއި, ރާއްޖެ މިއީ ބީޗް ގޭމްސް ބާއްވަން އެންމެ ރަނގަޅު އެއް މަންޒިލް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑު ސެނެކޯ މާލަމުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ރާފިއު ވިދާޅުވީ, އަމިއްލަ ފަރާތްތަކުން، ބާއްވާ ބީޗް ގޭމްސްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި, ރާއްޖެ މިއީ އެފަދަ ގޭމްސްތައް ބާއްވަން އެންމެ އެކަށޭނެ އެއްގައުމު ކަމަށެވެ.

"ވިޒިޓާ އިކޮނޮމީ ކޮންސެޕްޓް, ރައީސް އޮފީހުގައި އެބައޮވޭ, ސްޕޯޓްސް ޓުއަރިޒަމް އެކަމުގެ ތެރެއަށް ލައިގެން ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ދެކެން ބީޗް ގޭމްސް ރާއްޖޭގައި ބޭއްވިގެންދިޔުން" ރާފިއު ވިދާޅުވި އެވެ.

ހދ. ކުޅުދުއްފުށީ ސިޓީގައި ޑަބްލިއު ސްޕޯޓްސް އެކެޑަމީ އިން ބާއްވަމުން އަންނަ ބީޗްގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު މި ފަަހަރު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރު ރާފިއު އެވެ.

މިނިސްޓަރު ވިދާޅުވީ, ރާއްޖެ ކައިރީ މިއޮތް އަވައްޓެރި ގައުމުތަކުގައި ބޮޑު މުބާރާތެއް ބާއްވާނަމަ އެ މުބާރާތްތުގެ ބީޗް ނޫނީ މޫދު ކުޅިވަރުތައް ވެސް ރާއްޖެ އަށް ގެނެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖޭގެ ރާޅުތަކަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކުރެވޭ ރާޅުތަކެއްކަމަށް ވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ, ރާއްޖެ އަށް ބީޗް ގޭމްސްތަކުން ނަފާ ވެސް ހޯދޭނެ ކަމަށެވެ. އަދި އެ ކޮންސެޕްޓްގެ މުބާރާތްތައް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ސްޕޯޓްސް ޓޫރިޒަމް ރާއްޖޭގައި ކުރިއެރުވުމަށް ކުރީ ސަރުކާރުތަކުންވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި އެ މަސައްކަތުގެ ދަށުން ރާއްޖޭގައި ބައެއް މުބާރާތްތައްވެސް ބޭއްވިގެންދިޔަ އެވެ. އެކަން މި ސަރުކާރުވެސް އެގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ރާފިއު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox