ޕީއެސްވީގެ ކޯޗުކަމުން ނިސްޓެލްރޫއީ އިސްތިއުފާދީފި

May 26, 2023, 1:17 AM
ޕީއެސްވީގެ ކޯޗުކަމުން ނިސްޓެލްރޫއީ އިސްތިއުފާދީފި

އަމްސްޓެޑަމް (މެއި 26) - ނެދަލޭންޑްސްގެ ޕީއެސްވީގެ ކޯޗުކަމުން ރޫޑް ވެން ނިސްޓެލްރޫއީ އިސްތިއުފާ ދީފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ކުރިން ނެދަލޭންޑްސްގެ ގައުމީ ޓީމާއި މެންޗެސްޓާ ޔުނައިޓެޑް އަދި ރެއާލް މެޑްރިޑަށް ކުޅުނު ފޯވަޑެއް ކަމަށްވާ ނިސްޓެލްރޫއީ މަގާމުން އިސްތިއުފާ ދިންއިރު، މިއީ ޕީއެސްވީ އަށް ގޯސް ސީޒަނެއް ވެސް ނޫނެވެ.

މި ސީޒަންގެ ކޭއެންވީބީ ކަޕް ކާމިޔާބުކޮށް، ނެދަލޭންޑްސް ލީގު ތާވަލްގެ ދެ ވަނައިގައި ޕީއެސްވީ މި ވަގުތު އޮތް ނަމަވެސް، މަގާމުން އިސްތިއުފާ ދޭން ޖެހުނީ ކްލަބުގެ ފަރާތުން "ސަޕޯޓް ނުލިބޭތީ" ކަމަށް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ގާތުގައި ނިސްޓެލްރޫއީ ވަނީ ބުނެފައިވެ އެވެ.

Advertisement

ޕީއެސްވީން ބުނީ ނިސްޓެލްރޫއީ، 46، މަގާމުން އިސްތިއުފާ ދޭން ނިންމީ ކްލަބުގެ މެނޭޖްމަންޓާއި ބޯޑާއެކު ބޭއްވި ބައްދަލުވުންތަކަކަށް ފަހު ކަމަށެވެ.

"ވެން ނިސްޓެލްރޫއީގެ ނިންމުމާމެދު މި ކްލަބުން ދެރަވޭ އެކަމަކު އޭނާ ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރަން،" ޕީއެސްވީ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ވެން ނިސްޓެލްރޫއީ ވަނީ ޕީއެސްވީ އަށް 1998 އިން 2001 އިން ކުޅެފަ އެވެ. ޕީއެސްވީ ދޫކޮށް، ޔުނައިޓެޑަށް ބަދަލުވެ، އެ ކްލަބުގައި އޭނާ ފަސް އަހަރު ހޭދަކުރި އެވެ. އޭގެ ފަހުން އޭނާ ވަނީ ރެއާލް މެޑްރިޑާއި ހެމްބާގް އަދި މަލާގާ އަށް ކުޅެފައެވެ.

ވެން ނިސްޓެލްރޫއީގެ ކޯޗިން ކެރިއަރު 2014 ވަނަ އަހަރު ފެށީ ނެދަލޭންޑްސްގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. ޕީއެސްވީގެ ކޯޗިން ސްޓާފަށް އޭނާ ގެނައީ 2016 ވަނަ އަހަރެވެ. އަދި ހެޑް ކޯޗުކަމާ ހަވާލުވީ މި ސީޒަންގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox