ފަހަތުން އަރައި ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

Oct 18, 2026, 12:43 PM
ސްޓްރާސްބޯ ކޮޅަށް ޑެމްބެލޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސްޓްރާސްބޯ ކޮޅަށް ޑެމްބެލޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޕެރިސް (އޮކްޓޫބަރު 18) - ފްރެންޗް ލީގުގައި ރޭ ފަހަތުން އަރައި 3-1 އިން ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީން ޖެހިޖެހިގެން ހަ ވަނަ މެޗުން މޮޅުވެއްޖެ އެވެ. 

މި ސީޒަން ފަށައިގެން ޕީއެސްޖީގެ ފޯމަށް ވަރަށް ބޮޑަށް އަސަރުކޮށް، އެ ޓީމަށް ގިނަ މެޗުތަކުގައި ނަތީޖާ ނެރުމަށް އުނދަގޫތަކާ ކުރިމަތިވި އެވެ. އެކަމަކު، މަޑުމަޑުން ފޯމަކަށް އައިސް އެ ޓީމުން މި ވަނީ ރޭގެ މެޗު ހިމަނައިގެން އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެފަ އެވެ. 

ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި މެންޗެސްޓާ ސިޓީ އަތުން މޮޅުވި މެޗުގައި ނެރުނު ފުރަތަމަ އެގާރަ އަށް އަށް ބަދަލެއް ގެނެސްގެން ޕީއެސްޖީން ރޭގެ މެޗަށް ނުކުތްއިރު، މި މެޗުގައި ފުރަތަމަ ލީޑުނެގީ އަމިއްލަ ދަނޑުގައި ކުޅުނު ސްޓްރާސްބޯ އިންނެވެ. 

މެޗުގެ 17 ވަނަ މިނިޓްގައި ސްޓްރާސްބޯ އަށް މި ލަނޑު ޖަހައިދިނީ، އެމެރިކާ ގައުމީ ޓީމުގެ މިޑްފީލްޑަރު، ޖިއޯ ރޭނާ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ. މެޗުގެ ބޮޑުބައި ސްޓްރާސްބޯ އިން މި ލަނޑާ އެކު، ލީޑުގައި އޮތެވެ. އެކަމަކު، ޕީއެސްޖީން ނަތީޖާ އަނބުރާލީ މެޗުގެ ފަހު 15 މިނިޓް ތެރޭގަ އެވެ. އެއީ، ބަދަލަކަށް ކުޅެން އެރި ކުޅުންތެރިންގެ ބައިވެރިވުމާ އެކުގަ އެވެ. 

އެ ގޮތުން، ޕީއެސްޖީން އެއްވަރުކުރި ލަނޑު ޖެހީ، މެޗުގެ 77 ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ޔޫކްރެއިންގެ ޑިފެންޑަރު، އިލާ ޒަބާނިއޭ އެވެ. ޕީއެސްޖީން ލީޑުނެގި ގޯލު، 85 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޑެމްބެލޭ އެވެ. އަދި، މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޕީއެސްޖީން ޖެހީ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފެރަން ޓޮރޭޒް ދިން ބޯޅައަކުން ޑެޒީރޭ ޑޫއޭ އެވެ. 

މި ފަހަރުގެ ފްރެންޗް ލީގުގެ ފުރަތަމަ ތިން މެޗު ނިމުނުއިރު، 13 ވަނައިގައި އޮތް ޕީއެސްޖީ، މި ވަގުުތު އޮތީ އެއް ވަނައިގަ އެވެ. އެއީ، ދެ ވަަނައިގައި އޮތް ލިލްއާ އެއްވަރަށް ހަތް މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް މޮނާކޯ އަށް ހަ މެޗުން 14 ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި، ހަތަރެއްގައި އޮތް ރެން އަށް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox