ގައުމީ ޓީމުތަކުން އާސެނަލް ކުޅުންތެރިން އަވަހަށް އެނބުރި އައުން އާޓެޓާ އަށް ގޯހެއް ނޫން

Apr 4, 2026, 8:10 AM
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

ލަންޑަން (އޭޕްރީލް 4) - މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކަށް ދިއުމަށް ފަހު އެއް މެޗު ކުޅެފައި، އަނިޔާ އާއި ފިޓްނަސްގެ މައްސަލަތަކާ ހެދި އަވަހަށް އެނބުރި އައި އާސެނަލްގެ ކުޅުންތެރިންގެ ދިފާއުގައި އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ވާހަކަ ދައްކައިފި އެވެ. 

 މިދިޔަ މަހުގެ އިންޓަނޭޝަނަލް ބްރޭކުގައި އިނގިރޭސި ޕްރިމިއާ ލީގުގެ 20 ކްލަބުން 228 ކުޅުންތެރިން ގައުމީ ޓީމުތަކުން ކޮލިފައިން އާއި އެކުވެރިކަމުގެ މެޗުތައް ކުޅެން ރިލީސްކުރަން ޖެހުނެވެ. އޭގެ ތެރެއިން، 23 ކުޅުންތެރިއަކު، މެޗެއް ކުޅުމަށް ފަހު، އެނބުރި ކްލަބަށް އައިއިރު، 11 ކުޅުންތެރިން ނިސްބަތްވަނީ އާސެނަލަށެވެ. 

މިއީ، ރޭވިގެން އާސެނަލުން ސީޒަންގެ ބާކީ ބަަޔަށް ކުޅުންތެރިން ފިޓްކޮށް ބެހެއްޓުމަށް ކުރި ކަމަށް ބުނެ، އެކި ފަރާތްތަކުން ފާޑުކިޔަމުން އަންނައިރު، އާޓެޓާ ބުނީ، ގައުމީ ޓީމުތަކުން އެއް މެޗަށް ފަހު ވަކިވި ހުރިހާ ކުޅުންތެރިންގެ ކަންކަމާ ގުޅޭގޮތުން އާސެނަލުން ވާނީ އެ ޓީމުތަކާ އެކު ވަރަށް ރަނގަޅަށް މުއާމަލާތްކޮށްފައި ކަމަށެވެ. 

Advertisement

"ހުރިހާ ގައުމީ ޓީމަކާ އަހަރެމެންނާ ދެމެދު ވަރަށް ރަނގަޅަށް ވާހަކަ ދެކެވިގެން މި ނިންމުންތައް މި އައީ، ކުޅުންތެރިން ދިގު ސީޒަނެއް ކުޅޭއިރު އެކި ކަހަލަ އިންޖަރީ އާއި ފިޓްނަސް ކަންކަން އަންނާނެ، މި ދައްކަނީ ޕްރޮފެޝަނަލް ކުޅުންތެރިންގެ ވާހަކަ،" އާޓެޓާ ބުންޏެވެ. 

އާޓެޓާ ބުނީ، އާސެނަލްގެ ހުރިހާ ކުޅުންތެރިން ވެސް ގައުމީ ޓީމުތަކުން ވަކިވެ، ކްލަބަށް އެނބުރި އައީ ގައުމީ ޓީމާއި ކްލަބްގެ މެޑިކަލް ޓީމުން ފުރިހަމަ އަށް ހާލަތު ދެނެގަތުމަށް ފަހު ކަމަށެވެ. އަދި، މީގެ ފާޑުކިޔަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ނުބެލެވޭ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. 

ލީގު ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވި، އާސެނަލުން މިރޭ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅޭނީ ސައުތެމްޓަންއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox