ގާނާއާ ވާހަކަ ނުދައްކާ ކަމަށް ލޯ ބުނެފި

Apr 4, 2026, 1:36 PM
ޖަރުމަނު ގައުމީ ޓީމުގެ ކުރީގެ ކޯޗު ޔަކީމް ލޯ.---

ޖަރުމަނު ގައުމީ ޓީމުގެ ކުރީގެ ކޯޗު ޔަކީމް ލޯ.---

މިއުނިކް (އޭޕްރީލް 4) - ގާނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވާން އެއްވެސް ވާހަކައެއް ދެކެވިފައިނުވާ ކަމަށް ޖަރުމަނު ގައުމީ ޓީމުގެ ކުރީގެ ކޯޗު ޔަކީމް ލޯ ބުނެފި އެވެ. 

ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗުކަން 2021 ވަނަ އަހަރު ދޫކޮށްލުމަށް ފަަހު، ލޯ ހުރީ ފުޓްބޯޅައިގެ ވަޒީފާ ތަކުން ދުރުވެ، އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ހުސްވެ އެވެ. އަދި، ފުޓްބޯޅައާ ގުޅޭ ކޮންސަލްޓެންސީގެ ވަކި ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ ލޯ އަށް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުގެ އެޑްވައިޒަރީ މަގާމެއް ހުށަހަޅާފައި އޮތް ނަމަވެސް ރަސްމީކޮށް އެ މަގާމާ ހަވާލުވެފައިނުވެ އެވެ. 

ގާނާސޮކަނެޓް އިން މިދިޔަ ދުވަސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރު ކޮންޓްރެކްޓެއްގައި ފީފާ ވޯލްޑް ކަޕަށް ލޯ، ގާނާގެ ޓީމާ ހަވާލުވުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށް ގާނާ ފުޓްބޯޅަ އެފްއޭގެ އޮފިޝަލެއް ވަނީ މައުލޫމާތު ދީފަ އެވެ. މިއީ، ގާނާގެ ކޯޗުކަމުން އޮޓޯ އައްޑޯ ވަކިކުރުމަށް ފަހު، ގާނާ އިން އަވަހަށް ކޯޗެއް ހަމަޖައްސަން ކުރާ މަސައްކަތުގެ ތެރެއިން އައި ރިޕޯޓްތަކެކެެވެ. 

"ގާނާ އިން ރަސްމީކޮށް އެކަކު ވެސް އަހަންނާ ވާހަކަ ދައްކާފައެއް ނެތް،" ސްކައި ސްޕޯޓްސް އަށް ލޯ ބުންޏެވެ. 

ޖަރުމަނު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ލޯ ވަނީ 2004 އިން 2006 އަށް މަސައްކަތްކޮށްފަ އެވެ. އެއީ، ޔާގަން ކްލިންސްމަންގެ އެސިސްޓަންޓެއްގެ ގޮތުގަ އެވެ. އަމިއްލަ ގައުމުގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ފަހު، ކްލިންސްމަން މަގާމުން ވަކިވުމުން ލޯ ވަނީ އެ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވެފަ އެެވެ. އަދި، ލޯގެ ކޯޗުކަމުގައި 2008 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި ކުޅުނު ޖަރުމަނުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕާއި 2017 ވަނަ އަހަރު ރަޝިއާގައި ބޭއްވި ކޮންފަޑެރޭޝަން ކަޕް ކާމިޔާބުކުރި އެވެ. 

އެކަމަކު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2020 ވަނަ އަހަރުގެ ޔޫރޯގެ ނާކާމިޔާބީތަކަށް ފަހު، 21 އަހަރު ފަހުން، ލޯ ވަނީ  ޖަރުމަނު ގައުމީ ޓީމު ދޫކޮށްލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox