އިލާން އަތުން ސާފް އިން އަތުލި ޓްރޮފީ އަަވަހަށް ހަވާލުކުރަން އެއްބަސްވެއްޖެ

Apr 4, 2026, 12:38 PM
ސާފް 20 އަަހަރުން ދަށުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިން ކަމަށްވާ އިލާން އާއި ދޯދުމްއާ އެފްއޭއެމްގެ ރައީސް، ތޯރިގު ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ސާފް 20 އަަހަރުން ދަށުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިން ކަމަށްވާ އިލާން އާއި ދޯދުމްއާ އެފްއޭއެމްގެ ރައީސް، ތޯރިގު ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

މާލޭގައި ރޭ ނިމުނު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ދޭ ޓްރޮފީ ރާއްޖޭގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން އާއި އިންޑިއާގެ އޮމަން ދޯދުމް އަށް ލިބުނުއިރު، އިލާން އަތުން ޓްރޮފީ ނަގައި، ދުދޯން އަށް ދޭން ސާފް އިން ނިންމި މައްސަލަ ވަނީ ހޫނުވެފަ އެވެ. 

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިލާން އާއި ދޯދުން، ވެސް ވަނީ ޖުމްލަ އެކު، ތިން ގޯލު ޖަހައިފަ އެވެ. އިލާން ތިން ގޯލު ޖެހީ ތިން މެޗުންނެވެ. ދޯދުމް ތިން ގޯލު ޖެހީ ހަތަރު މެޗުންނެވެ. ދެ ކުޅުންތެރިން ވެސް ތިން ގޯލު ޖެހުމުން، ރޭގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އިލާން އާއި ދޯދުމްއާ، ޓްރޮފީ ހަވާލުކުރީ އެފްއޭއެމްގެ ރައީސް، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަހުމަދު ތޯރިގު (ޓޮމް) އެވެ. 

ޕެނަލްޓީގައި އިންޑިއާ ބަލިކޮށް ބަންގްލަދޭޝް އިން 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ޕެނަލްޓީ ޖަހައިގެން 4-3 އިން އިންޑިއާ ބަލިކޮށް، ބަންގްލަދޭޝް އިން 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވަނީ ދިފާއުކޮށްފައި، ބަންގްލަދޭޝް އިން ވަނީ 20 އަހަރުން ދަށަށް 2024 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބުކޮށްފައި، އެކަމަކު، މިދިޔަ އަހަރު 19 އަހަރުން ދަށަށް ބޭއްވި މުބާރާތް ކާމިޔާބުކުރީ އިންޑިއާ އިން.

އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޓްރޮފީ ލިބުމާ އެކު، އިލާން، އެންމެ ފުރަތަމަ ގޮސް ދޯދުމް އަށް ޓްރޮފީ ހަވާލުކުރަން ނިންްމި އެވެ. އެކަމަކު، އެ ވަގުތު ދޯދުމް އެ ޓްރޮފީ އިލާން އަށް ދޫކޮށްލަން ނިންމި އެވެ. އެކަމަކު، ފަހުން އިލާން އަތުގައި ޓްރޮފީ އޮއްވައި، ސާފްގެ އޮފިޝަލަކު އައިސް، އިލާން އަތުން އެ ޓްރޮފީ ނަގައި، ދޯދުމް އަށް ހަވާލުކުރަން ނިންމުމުން، އެ މައްސަލަ ހޫނުވި އެވެ. ރަނގަޅަށް މުއާމަލާތު ކުރުމެއް ނެތި ސާފް އިން ވަކި ފަރާތަކަށް ބުރަވެ، މި ކަމުގައި ގޮތް ނިންމުމުން، އެފްއޭއެމްގެ އޮފިޝަލުން ވެސް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. 

މި ކަމާ ގުޅޭގޮތުން، އެފްއޭއެމް އިން ސާފްއާ އެކު ވާހަކަ ދެއްކުމަށް ފަހު، މިހާރު ނިންމާފައިވަނީ، ވީ އެންމެ އަވަހަކަށް ސާފް އިން އެ ޓްރޮފީ އިލާންއާ ހަވާލުކުރަން ނިންމައިފަ އެވެ. 

ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ ޓްރޮފީ ދޭއިރު، ދެ ކުޅުންތެރިއަކު ލަނޑުގެ ގޮތުން އެއްވަރުވެއްޖެނަމަ، މަދު މެޗު ނޫނީ މިނެޓް ކުޅެގެން ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ވެސް ޓްރޮފީ ދޭ ގޮތަށް ގަވާއިދުތައް ހަދާފައިވެ އެވެ. އެކަމަކު، ސާފް އިން ނިންމީ އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންނަށް ވެސް ޓްރޮފީ ދޭ ގޮތަށެވެ. އެކަމަކު، އެއް ޓްރޮފީ ހަދާފައި އޮތުމުން، މައްސަލަ ދިމާވީ އެވެ. 

ރޭ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލުގައި ފުރިހަމަ ވަގުތު ހަމަވިއިރު، 0-0 އިން އެއްވަރުވުމުން، ޕެނަލްޓީގައި ބަންގްލަދޭޝް މޮޅުވީ 4-3 އިންނެވެ. އިންޑިއާގެ އެންމެ ފަހު ޕެނަލްޓީ ނާކާމިޔާބުވީ ދޯދުމް އަތުންނެވެ. އެކަމަކު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ދޯދުމް އަށެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ރާއްޖެ ހޮވުނުއިރު، އެންމެ މޮޅު ގޯލްކީޕަރަކީ، ބަންގްލަދޭޝްގެ ކީޕަރު އިސްމާއިލް ހުސެއިން ވަނީ މަތަކޮށްފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox