ރެލިގޭޝަން ޒޯނުގައި އޮތް މަޔޯކާ އިން ރެއާލަށް ފަހު ވަގުތު ލަނޑުދީފި

Apr 4, 2026, 10:35 PM
ރެއާލް ކޮޅަށް ލަނޑު ޖެހުމަށް ފަހު މަޔޯކާގެ މުރީކީ އުފާފާޅުކުރަނީ.---- ފޮޓޯ: ގެޓީއިމޭޖަސް

ރެއާލް ކޮޅަށް ލަނޑު ޖެހުމަށް ފަހު މަޔޯކާގެ މުރީކީ އުފާފާޅުކުރަނީ.---- ފޮޓޯ: ގެޓީއިމޭޖަސް

މެޑްރިޑް (އޭޕްރީލް 4) - ސްޕެނިޝް ލީގުގައި ލީގުގައި ރޭ ރެލިގޭޝަން ޒޯނުގައި އޮތް މަޔޯކާ އިން އިތުރު ވަގުތުގެ ތެރޭގައި ޖެހި ގޯލުން 2-1 އިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު މަޔޯކާ އިން ރެލިގޭޝަން ޒޯނާ ދުރަށް ޖެހިލިއިރު، ރެއާލް ވަނީ ލީގުގެ ރޭހުގައި ބާސެލޯނާއާ ދެމެދު ފަރަގު ބޮޑުވެފަ އެވެ. ލީގުގެ ދެ ވަނައިގައި އޮތް ރެއާލުން އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެން ވެސް އޮތީ ހަތަރު ޕޮއިންޓް ފަހަތުގަ އެވެ. ބާސެލޯނާ އަށް 29 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު, 30 މެޗުން ރެއާލަށް ލިބުނީ 69 ޕޮއިންޓެވެ. އަނެއްކޮޅުން, މަޔޯކާ, 17 ވަނައިގައި އޮތީ 30 މެޗުން 31 ޕޮއިންޓާ އެކު އެވެ. 

އަމިއްލަ ދަނޑުގައި ކުޅުނު މަޔޯކާ އިން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. މި ލަނޑު މަޔޯކާ އަށް ޖަހައިދިނީ ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓަ އެެވެ. އެ ގޮތުން, 41 ވަނަ މިނިޓްގައި, ޕަބްލޯ މަފެއޯ ނެގި ބޯޅައަކުން މި ލަނޑު ޖެހީ މަނޫ މޮނާލޭސް އެވެ. 

Advertisement

ނަތީޖާ ހަމަހަމަކުރެވޭތޯ ރެއާލުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ހުއްޓަ އެވެ. މިއީ, ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ކޯނަރަކުން ނެގި ބޯޅައަކުން އެ ޓީމުގެ އެޑާ މިލިޓާއޯ ބޮލުން ޖެހި ގޯލެކެވެ. 

ރެއާލުން ނަތީޖާ ހަަމަހަމަކުރިތާ މާއިރުތަކެއް ނުވެ, މަޔޯކާ އިން ވަނީ ރެއާލަށް ހައިރާންކަން ގެނުވައި, މެޗުން މޮޅުވި ލަނޑު ޖަހައިފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި މަޔޯކާ އަށް މި ލަނޑު ޖަހައިދިނީ ވެދާތު މުރީކީ އެވެ. މިއީ, މި ފަހަރުގެ ސީޒަނުގައި މުރީކީ ޖެހި 19 ވަނަ ގޯލެވެ. 

ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިނަމަ، ލީގުގެ އެއް ވަަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox