އާސެނަލަށް މުހިންމު މޮޅެއް، ލީޑްސްއާ އެއްވަރުވެ ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

Oct 18, 2026, 10:43 PM
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން.

ލަންޑަން (އޮކްޓޫބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން 1-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް މުހިންމު މޮޅެއް ހޯދިއިރު، ލީޑްސް ޔުނައިޓެޑާ 1-1 އިން އެއްވަރުވެ، މެންޗެސްޓާ ޔުނައިޓެޑްގެ ދަށް ރެކޯޑް ދިގުލައިފި އެވެ. 

ލީގުގެ ފުރަތަމަ ހަތް މެޗު ނިމުނުއިރު، ޔުނައިޓެޑަށް ލިބުނީ ހަތް ޕޮއިންޓެވެ. މިއީ، މިދިޔަ 40 އަހަރު ތެރޭ އެ ޓީމުން ލީގުގައި އެންމެ ދަށްކޮށް ފެށި ސީޒަނެވެ. ޔުނައިޓެޑް މި ވަގުތު އޮތީ 13 ވަނައިގަ އެވެ. 

ކުޅުނު ހަތް މެޗުން ވެސް މޮޅުވެ، މެންޗެސްޓާ ސިޓީ 21 ޕޮއިންޓާ އެކު، އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ ހަތް މެޗުން 18 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ މިރޭ ކްރިސްޓަލް ޕެލަސް 5-0 އިން ބަލިކުރި ބްރަައިޓަން ހޯލްވް އެންޑް އަލްބިއަން އެވެ. 

Advertisement

ލީޑްސްގެ އެލަން ރޯޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑަށް ލީޑުނަގައިދޭން ބްރަޔަން އެމްބެއުމޯ އަށް ފުރަތަމަ ލިބުނު ފުރުސަތުން ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އެކަމަކު، 35 ވަނަ މިނިޓްގައި ޔޫރީ ޓީލަމަންސް ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ އެމްބެއުމޯ ވަނީ ގޯލަށް ވައްދާލައިފަ އެވެ. ދެ ވަނަ ހާފުގައި ލީޑްސް އަށް އެއްވަރުކޮށްދިން ލަނޑު އޭރިއާތެރެއިން ތަނަވަސްވި ފުރުސަތެއްގައި ޖަހައިދިނީ ޑޮމިނިކް ކަލްވެޓް-ލެވިން އެވެ. 

އާސެނަލްގެ މަޑުއޭކޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
އާސެނަލްގެ މަޑުއޭކޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ފޮރެސްޓްގެ ދަނޑުގައި އާސެނަލް މޮޅުވި ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނޯނީ މަޑުއޭކޭ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި ޑެކްލަން ރައިސް ދިން ބޯޅައަކުން މަޑުއޭކޭ ޖެހި ޝޮޓް ގޯލަށް ވަނީ ފޮރެސްޓް ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ. 

ނަތީޖާ ހަމަހަމަ ކުރަން ފޮރެސްޓުން ވަނީ މި މެޗުގައި ރަނގަޅު ފުރުސަތުތަކެއް ހޯދައިފަ އެވެ. އެ ގޮތުން، ޑިފެންޑަރު، މުރީލޯ އާސެނަލްގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އަދި، އާސެނަލްގެ ޑިފެންސް ފަހަތުން، ލިއަމް ޑެލަޕް އަށް ލިބުނު ބޯޅަ ފޮނުވާލުން ލަސްކުރުމުން ފުރުސަތު ގެއްލުނީ އެވެ. 

ލީގުގައި މިރޭ ސަންޑަލެންޑުން ކުޅުންތެރިއަކު މަދުކޮށް ނިންމާލި މެޗުގައި ބޯންމައުތު މޮޅުވީ 2-0 އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox