ފުލުސް މީހާއަށް ހަމަލާ ދިނީ ކުޑަހެންވެއިރަށް ނިސްބަވްތާ ބަޔަކު

May 21, 2023, 6:41 PM
ހުޅުމާލޭގައި ފުލުސް މީހާއަށް ހަމަލާ ދިން ސަރަހައްދުގައި ފުލުހުންގެ ޓީމަކުން ހަރަކާތްތެރިވަނީ: އެ މައްސަލައިގައި ހަތަރު މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައި - ފޮޓޯ: އަދަދު

ހުޅުމާލޭގައި ފުލުސް މީހާއަށް ހަމަލާ ދިން ސަރަހައްދުގައި ފުލުހުންގެ ޓީމަކުން ހަރަކާތްތެރިވަނީ: އެ މައްސަލައިގައި ހަތަރު މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައި - ފޮޓޯ: އަދަދު

ހުޅުމާލޭގައި މަގުމަތިން މިރޭ ފުލުހަކަށް ހަމަލާދިނީ މާލޭގައި ހިންގާ މަޝްހޫރު ގޭންގެއް ކަމަށްވާ ކުޑަހެންވެއިރުންކަން އެނގިއްޖެ އެވެ.

ހުޅުމާލެ ފޭސް އެކެއްގައި ކުލަ ހެދުމުގައި އުޅެނިކޮށް ފުލުސް މީހާއަށް ފަސް ވަރަކަށް މީހުން ހިމެނޭ ގްރޫޕަކުން ހަމަލާދިނީ މިރޭ 7:00 ޖަހާކަންހާއިރެވެ.

އެ މައްސަލައިގެ ކަން ހިނގައިދިޔަ ގޮތް ގާތުން ބަލަމުން އަންނަ ސަރުކާރުގެ އޮފިޝަލަކު، ހާދިސާގެ ގޮތުން ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ފުލުސް މީހާއަށް ހަމަލާދިނީ ކުޑަހެންވެއިރަށް ނިސްބަތްވާ މީހުންކަން ފުލުހުންނަށް މިހާރު ޔަގީން ކުރެވިފައިވާ ކަމަށެވެ.

ފުލުސް މީހާއަށް ހަމަލާދިން ސަބަބެއް އަދި ނޭނގެ އެވެ.

އެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގުކޮށް ވީ އެންމެ އަވަހަކަށް ކުށްކުރި މީހުންނަށް ފިޔަވަޅު އެޅުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަން ވެސް މި ނޫހަށް އެނގިފައިވެ އެވެ.

ފުލުސް މީހާއަށް ހަމަލާދިން މީހުން ފިލަން ދުއްވައިގަތީ ހާދިސާ ހިނގި ސަރަހައްދު ކުރިމަތިން އޮންނަ ހުޅުމާލެ 53 ނަންބަރު ފްލެޓް ކައިރިއަށް ކަމަށް މަންޒަރު ދުށް މީހަކު މި ނޫހާ ވާހަކަ ދައްކަމުން ކުރިން ބުނެފައިވެ އެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ ހަތަރު މީހަކު މިހާރު ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރު ކުރީ ފިލަން ވަން އެޕާޓްމަންޓުގެ ދޮރު ފަޅާލައި ވަނުމަށްފަހު އެވެ.

އެ ހާދިސާގައި އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އޭގެ އިތުރުން، ފުލުސް މީހާއަށް ހަމަލާދިން މަންޒަރުގެ ވީޑިއޯއެއް ބައްލަވާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ވަނީ ވިދާޅުވެފަ އެވެ. ހަމަލާދިން ވަގުތު ފުލުސް މީހާގެ ސަލާމަތަށް އޭނާ ކުރި މަސައްކަތަށް ކޮމިޝަނަރު ވަނީ ތައުރީފް އަދާކުރައްވައިފަ އެވެ. އަދި ކުށްކުރި މީހުން ހައްޔަރު ކުރުމަށް ފުލުހުންގެ ޓީމުން ކުރި މަސައްކަތް ވެސް ހަމީދު ފާހަގަ ކުރެއްވި އެވެ.

ހުޅުމާލޭގައި ފުލުހަކަށް މިރޭ ހަމަލާ ދިން އިރު، ސެޕްޓެމްބަރު 10، 2022 ގައި މާލެ މަގުމަތިން ތިން ފުލުހަކަށް ހަމަލާދީފައިވެ އެވެ. އޭގެ ހަފުތާއެއް ފަހުން މާފަންނު ޕޮލިސް ސްޓޭޝަނަށް ގްރޫޕަކުން ވަދެ ފުލުހުންތަކަކަށް މަރުގެ އިންޒާރު ވެސް ދިނެވެ.

މާލޭގައި 44 ގޭންގެއް ހަރަކާތްތެރިވާ ކަމަށް ފުލުހުން މީގެ ކުރިން މެއި، 2022 ގައި ވަނީ ބުނެފަ އެވެ. އެ ގޭންގުތަކުގައިި 2600 އަށްވުރެ ގިނަ މެމްބަރުން ހަރަކާތްތެރިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ޖުމްލަ 44 ގޭންގެއް މާލޭގައި އުޅުނު ނަމަވެސް އޭގެ ތެރެއިން "ހަރަކާތްތެރިކޮށް" އުޅެނީ 10 ގޭންގެއް ކަމަށް ފުލުހުން ބުނެ އެވެ.

ގޭންގުތަކުގެ ނުފޫޒު ދައުލަތުގެ އެކި މުއައްސަސާތަކަށް ފޯރުވާ ކަމަށާއި ސިޔާސީ ބައެއް ފަރާތްތަކާއި ގޭންގުތަކާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ވެސް އެ ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox