ޕީއެންސީއަށް 100,000 މެންބަރުން ހަމަކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރަނީ

Nov 17, 2026, 5:48 PM
ސެޕްޓެމްބަރު މަހު ބޭއްވި ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން

ސެޕްޓެމްބަރު މަހު ބޭއްވި ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު އެއް ލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މުވައްޒަފުންނަށް މަޖުބޫރުކޮށް، ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް އެ ކުންފުނިތަކުގެ ބައެއް ވެރިންނާއި މުވައްޒަފުން ބުނެފި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބާއްވާ ހާއްސަ ޖަލްސާގައި، ރާއްޖޭގެ ތާރީހުގައި އެއް ލައްކަ މެންބަރުން ހަމަކުރި ފުރަތަމަ ސިޔާސީ ޕާޓީއަކީ ޕީއެންސީކަން އިއުލާނު ކުރުމަށް އެ ޕާޓީން ދަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދިން ސަރުކާރު ކުންފުންޏެއްގެ އިސް ވެރިޔަކު ވިދާޅުވި ގޮތުގައި، ޕާޓީގެ އަމާޒަށް ވާސިލުވުމަށްޓަކައި ކުންފުނިތަކުގައި މަސައްކަތްކުރާ އެހެން ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށާއި، އެއްވެސް ޕާޓީއެއްގައި ނެތް މުވައްޒަފުންނަށް ވެސް ޕީއެންސީއަށް ވަނުމަށް ދަނީ އަންގަމުންނެވެ.

"ކޮންމެ ގޮތަކުން ވިޔަސް މިރޭ 8:00 ގެ ކުރިން 100،000 މެންބަރުން ހަމަކުރަން ހިފާފައި ހުރީ. އެހެންވެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދަނީ އަންގަމުން ވަންނަން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރު ކުންފުންޏެއްގައި މަސައްކަތްކުރާ އިދިކޮޅު އެމްޑީޕީގެ މެންބަރަކު ބުނީ، ޑިޕާޓްމެންޓުތަކުގެ ވެރިން މަޖުބޫރު ކުރުމުގެ ސަބަބުން ވަޒީފާގެ ދިފާއުގައި ޕީއެންސީއަށް ސޮއިކުރަން ޖެހިފައިވާ ކަމަށެވެ.

"ވެރިން އަންނަނީ އެހެން ޕާޓީތަކުގެ މެންބަރުންގެ ލިސްޓު ހިފައިގެން. ވަޒީފާގައި ހުރުމަށްޓަކައި ޕީއެންސީއަށް ވަނުމަށް ކުރަނީ މަޖުބޫރު،" އެ މުވައްޒަފު ބުންޏެވެ.

މީގެ އިތުރުން، ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ފައިސާ ބަހަމުންދާ ކަމުގެ ތުހުމަތުތައް ވެސް ބައެއް މަސްދަރުތަކުން ވަނީ ކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުން ދައްކާ ގޮތުގައި މިއަދު ހަވީރު 4:57 އާ ހަމައަށް ޕީއެންސީގައި ތިބީ 97،251 މެންބަރުންނެވެ. އެހެންކަމުން، އެއް ލައްކަ މެންބަރުންގެ އަމާޒަށް ވާސިލުވުމަށް އެ ޕާޓީއަށް ބާކީ ބޭނުންވަނީ 2،749 މެންބަރުން ނެވެ.

މި އަހަރު ނިމުމުގެ ކުރިން ޕީއެންސީގެ މެންބަރުންގެ އަދަދު އެއް ލައްކައަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަން އެ ޕާޓީން މިދިޔަ ސެޕްޓެމްބަރު މަހު އިއުލާނު ކުރި އެވެ. ޕީއެންސީގެ މަތީ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އޭރު ވިދާޅުވެފައިވަނީ، މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕާޓީގައި ތިބީ އެންމެ 3،000 އެއްހައި މެންބަރުން ކަމަށާއި، ނަމަވެސް އޭރު އެ އަދަދު 79،364 އަށް އަރާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox