ގޭންގުތަކުގެ ނުފޫޒު މުޅި ދައުލަތުގެ ތެރެއަށް މޫލާފައި

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަދި ހޯމް މިނިސްޓަރު--- ފޮޓޯ: ރައީސް އޮފީސް

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަދި ހޯމް މިނިސްޓަރު--- ފޮޓޯ: ރައީސް އޮފީސް

ގޭންގުތަކުގެ ނުފޫޒު ދައުލަތުގެ އެކި މުއައްސަސާތަކަށާއި ސިޔާސީ އިސް މީހުންނަށް ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުގެ ރައީސުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ދެއްކި ޕްރެޒެންޓޭޝަނެއްގައިވާ ގޮތުން އެ އަތޮޅުގައި 31 ގޭންގެއް އެބަ އޮތެވެ.

އޭގެ ތެރެއިން 17 ގުރޫޕެއްގައި 700 އެއްހާ މީހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ގޭންގުތަކުގައި 100 އެއްހާ ކުޑަކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ހާމަކުރި އެވެ.

ގޭންގު ކުށްތަކުގެ ހާލަތު މިހާރު ހުރީ ކަންބޮޑުވާން ޖެހޭ މިންވަރެއްގައި ކަން ޕްރެޒެންޓޭޝަންގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، އެއް އަވަށް އަނެއް އަވަށަށް ނުވަތަ ރަށަށް ގޮސް މާރާމާރީ ހިންގުމާއި ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ފާހަގަކުރި ގޮތުގައި ބައެއް ރަށްރަށުގައި ގޭންގުތަކުގެ އިސް މީހުން އަންނަނީ ރަށުން ބިން ގަނެ ބޮޑެތި ވިޔަފާރިތައް ކުރަމުންނެވެ. އެގޮތުން ގެސްޓު ހައުސްތަކާއި ފިހާރަތަކުގެ އިތުރުން އޮޑި ދޯނި ފަހަރު ވެސް ގަންނަ ކަމަށް ބުނެފައިވެ އެވެ.

މި ގޭންގުތަކުން ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ޝަރުއީ މަރުހަލާގައި ގާނޫނީ ވަކީލުން މެދުވެރިކޮށްގެން ވެސް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި އަތޮޅު ތެރޭގެ މި ގޭންގުތަކުން އަންނަނީ މާލޭގެ ބޮޑެތި ގޭންގުތަކާ ގާތް ގުޅުން ބާއްވަމުންނެވެ. އަދި މިފަދަ ބައެއް ގުރޫޕުތައް ސްޕޯޓްސް ކްލަބުގެ ގޮތުގައި ރެޖިސްޓްރީކޮށް ސޯޝަލް މީޑިއާގައި ޕްރޮމޯޓުކޮށް، މީހުން ރެކްރޫޓު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox