އުމުރުން 34 އަަހަރުގައި އޮޒިލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

Mar 22, 2023, 1:12 PM
އުމުރުން 34 އަަހަރުގައި އޮޒިލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އިސްތަންބޫލް، ތުރުކީ (މާޗް 22) - އެކާވީސް ވަނަ ގަރުނުގައި ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ ހުނަރުވެރި އެއް ޕްލޭމޭކަރު، މެސުޓް އޮޒިލް، އުމުރުން 34 އަހަރުގައި ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

ޖަރުމަނުގެެ ޝާލްކާ އާއި ސްޕެއިންގެ ރެއާލް މެޑްރިޑް އަދި އިންގްލެންޑްގެ އާސެނަލް އަށް ކުޅެ، ޖުމްލަ އެކު، ޕްރޮފެޝަނަލް ކްލަބް ކެރިއަރުގައި ބޮޑު މުބާރާތްތަކުގެ ނުވަ ތަށި ހޯދި އޮޒިލް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަން އިއުލާނުކޮށްފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއް މެދުވެރިކޮށެވެ.

"ހަނދާނުން ފޮހެނުލެވޭނެ ވަރަށް ގިނަ ކަންތައްތައްތަކެއް، ވަރަށް ގިނަ ޖަޒުބާތީ ހަނދާންތަކެއް ފުޓްބޯޅަ ހަޔާތުގައި ވަނީ ގޮސްފައި. ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ގާތްގަނޑަކަށް 17 ވަރަކަށް އަހަރު ހޭދަކުރަން ވަނީ ފުރުސަތު ލިބިފައި. ކޮންމެ ފުރުސަތަކާ މެދު ފަހުރުވެރިވޭ،" ޖަރުމަނު ގައުމީ ޓީމުން 2014 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި އޮޒިލް ބުންޏެވެ.

Advertisement

ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރާ އެކު ހަދާފައިވާ ކޮންޓްރެކްޓް ދާދި ފަހުން އުވާލި އޮޒިލް ބުނީ މިދިޔަ މަސްތަކުގައި ލިބެމުންދިޔަ އަނިޔާތަކާ ހެދި މަންޒަރު ވަރަށް ސާފުކޮށް އެނގިގެންދިޔަ ކަމަކީ އޭނާ އަށް ދެން އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅެވުމުގެ ފުރުސަތު ނެތްކަން ކަމަށެވެ. އަދި މި ހުރިހާ ކަމަކާ މެދު ފުންކޮށް ވިސްނުމަށް ފަހު އެންމެ ބުއްދިވެރި ވިސްނުމަކީ ޕްރޮފެޝަނަލްކޮށް ކުޅުން ހުއްޓާލުމަށް ކަމަށް އޮޒިލް ވަނީ ބުނެފަ އެެވެ.

ޖަރުމަނުގެ ޝާލްކާ އިން 2006 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި އޮޒިލް ދެން ބަދަލުވީ ވާޑާ ބްރެމެން އަށެވެ. އެ ޓީމަށް 2008 އިން 2010 ވަނަ އަހަރާ ހަމަ އަށް ކުޅުނެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ޖަރުމަނު ޓީމުގައި ހިމެނި އޮޒިލް ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރެއާލް މެޑްރިޑުން އޮޒިލްގެ ސޮއި ހޯދި އެވެ. އެ ޓީމަށް ކުޅެދިން ތިން އަހަރު ތެރޭގައި އޮޒިލް ވެފައިވަނީ ޔޫރަޕްގެ އެންމެ ނުފޫޒުގަދަ މިޑްފީލްޑަރުންގެ ތެރޭގަ އެވެ.

އޮޒިލް އާސެނަލަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އެއީ 42.3 މިލިއަން ޕައުންޑު (50 މިލިއަން ޑޮލަރު)ގެ އަގަކަށެވެ. އާސެނަލްގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު، އާސެން ވެންގާއާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރި އޮޒިލް އަށް އާސެނަލަށް ފަހުން ކޯޗުކޮށްދިން ދެ ކޯޗުން ކަމަށްވާ އުނާއި އެމެރީ އާއި މިހާރުގެ ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ.

2014 ވަނަ އަހަރު އޮޒިލް ފީފާ ވޯލްޑް ކަޕްގެ ތަށި ހިފައިގެން.

ކޯޗު އާޓެޓާގެ ޕްލޭންގައި ނުހިމެނޭތީ އޮޒިލް އާސެނަލް ދޫކޮށްލީ 2021ގަ އެވެ. އާސެނަލް ދޫކޮށްލިއިރު އޭނާ އެ ޓީމާ އެކު ތިން އެފްއޭ ކަޕް ކާމިޔާބުކުރި އެވެ.

ޖަރުމަނު ގައުމީ ޓީމުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މޮޅަށް ކުޅުނު އޮޒިލް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ޖަރުމަނު ޓީމުން ރިޓަޔާކުރީ އޭރު ޖަރުމަނުގެ ކޯޗު ޔަކީމް ލޯ އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.

އޮޒިލްގެ ކެރިއަރު އަޑިގަނޑަކަށް ވެއްޓުނީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާންއާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވި ހިސާބުންނެވެ.

އޭގެ ފަހުން ގައުމީ ޓީމުން އޭނާ އަށް ފުރުސަތު ލިބުމުގައި އުނދަގޫތަކެއް ދިމާވިއިރު، 2019 ވަނަ އަހަރު ޗައިނާ އިން އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ޒިންޖިއާންގެ މުސްލިމް މައިނޯރިޓީ އުއިގޫރް މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޗައިނާ އަށާއި މުސްލިމް ގައުމުތައް ހަނުތިބޭތީ އެ ކަމަށް ފާޑުކިޔައި އޮޒިލް ދެއްކި ވާހަކަތަކުގެ ސަބަބުން ވެސް އޭނާ އަށް ކުލަބުން ޕްރެޝަރު އަ އެވެ. އެ ގޮތުން އޮޒިލްގެ އަމަލުތައް ކުށްވެރިކޮށް އާސެނަލުން ބަޔާނެއް ވެސް ނެރުނެވެ.

ފަަަހަކަށް އައިސް އޮޒިލް ވަނީ ދުނިޔޭގެ އެކިއެކި މުސްލިމް ކޮމިއުނިޓީތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެ ގޮތުން ދާދި ފަހުން ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް މާލީ ގޮތުންނާއި އަމަލީ ގޮތުން ވެސް އޮޒިލް ބައިވެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox