ރިސޯޓް ސުޕަ ލީގުގައި ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

Oct 19, 2026, 10:04 PM
ރިސޯޓް ސުޕަ ލީގުގައި ވެލާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރިސޯޓް ސުޕަ ލީގުގައި ވެލާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

 މިހާރު ކުރިއަށްދާ ރިސޯޓް ސުޕަ ލީގުގައި، ބ އަތޮަޅުގެ ޗެމްޕިއަން، ފިނޮޅު ސީސައިޑް މޯލްޑިވްސް ކައިރިން، ނ. އަތޮޅުގެ ޗެމްޕިއަން، ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި އެވެ. 

ވެލާ ޕްރައިވެޓް އައިލެންޑްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ފިނޮޅުން ވަނީ 3-2 އިން މޮޅުވެފަ އެވެ. މިއަދު ހަވީރު، އަވާނީ+ފަރެސް މޯލްޑިވްސްގައި ކުޅުނު ލެގުގައި، ފިނޮޅު އަތުން ވެލާ ވަނީ 10-1 އިން މޮޅުވެފަ އެވެ. އެގްރިގޭޓަށް ބަލާއިރު، ވެލާ އިން ކުރިހޯދީ 12-4 އިންނެވެ. 

މިއަދުގެ މެޗުގައި ވެލާގެ ލަނޑުތައް ޖެހީ، އަހުމަދު އިމްރާން ފަސް ގޯލުގެ އިތުރުން، ހަސަން އަބްދުލް ޖަލީލް، މުހައްމަދު ޒާހިދު ސައީދު، އަޒްލީމް އަހުމަދު، އަލީ ރާޒީ އަދި އަހުމަދު އިމްތިނާހު އެވެ. ފިނޮޅުގެ ލަނޑު ޖެހީ، މުހައްމަދު ޝުއާއު އެވެ. 

Advertisement

ރިސޯޓް ލީގުގެ ފުރަތަމަ މެޗުގައި، ބަރޮސް އަތުން ސަން ސިޔާމް އޮޅުވެލިން ވަނީ އެގްރިގޭޓަށް ބަލާއިރު ތަފާތު ބޮޑު މޮޅެއް ހޯދައިފަ އެވެ. ފުރަތަމަ ލެގުގެ މެޗުން އޮޅުވެލި 2-1 އިން މޮޅުވިއިރު، އިއްޔެ ހަވީރު ކުޅުނު ދެ ވަނަ ލެގުގެ މެޗުން އޮޅުވެލި ކުރިހޯދީ 5-1 އިންނެވެ. އެހެންކަމުން، އޮޅުވެލި އަށް އެގްރިގޭޓަށް ބަލާއިރު ކުރި ލިބުނީ، 7-2 އިންނެވެ.

ސުޕަ ލީގުގައި ދެން އޮތީ، އަރި ޒޯންގެ ޗެމްޕިއަން، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި ދ. ޒޯންގެ ޗެމްޕިއަން، ސެއިންޓް ރެޖިސް ވޮއްމުލިން ވާދަކުރާ ދެ ލެގުގެ މެޗުތަކެވެ. ބުދަ ދުވަހު ކުޅޭ ފުރަތަމަ ލެގު އޮތީ، ކޮންރަޑްގަ އެވެ. އަދި، އޭގެ ދެ ދުވަސް ފަހުން ދެ ވަނަ ލެގު އޮތީ އަންގްސާނާ ވެލާވަރުގަ އެވެ. 

މެޗުތައް ނިމުމަށް ފަހު، އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. އަދި، ދެ ވަނަ އަށް އެންމެ ރަނގަޅު އެގްރިގޭޓް ނެރޭ ޓީމަކާއި ތިން ވަނަ އަށް އެންމެ ރަނގަޅު އެގްރިގޭޓް ނަތީޖާ ހޯދާ ޓީމެއްގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅޭނެ އެވެ. 

ސެމީ ފައިނަލް އޮތީ މި މަހު 27 ވަނަ ދުވަހު އެވެ. އަދި، ފައިނަލް އޮތީ މި މަހު 29 ވަނަ ދުވަހު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox