ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

Oct 19, 2026, 11:01 AM
މި ފަހަރުގެ ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ރިވައިވަލްގެ ޒަޔާން ޒަކީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / ރިވައިވަލް ސްޕޯޓްސް

މި ފަހަރުގެ ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ރިވައިވަލްގެ ޒަޔާން ޒަކީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / ރިވައިވަލް ސްޕޯޓްސް

ރިވައިވަލް ސްޕޯޓްސް އިން ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ތިން މުބާރާތެއްގައި ވާދަކުރުމަށް ތައްޔާރުވެއްޖެ އެވެ. 

ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ބެޑްމިންޓަން ސްކޮޑުގެ ފަސް ކުޅުންތެރިން ވާދަކުރުމަށް ނިންމާފައިވާ މުބާރާތްތަކަކީ، މި މަހު 20-23 އަށް ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް، މި މަހު 28-31 އަށް ހަންގޭރީގައި ކުރިއަށްދާ 51 ވަނަ ވިކްޓާ އެފްޒެޑް ފޯޒާ ހަންގޭރިއަން އިންޓަނޭޝަނަލް ޗެމްޕިއަންޝިޕްސް އަދި އަންނަ މަހުގެ 5-8 އަށް ނޯވޭގައި ކުރިއަށްދާ އެފްޒެޑް ފޯޒާ ނޯވޭޖިއަން އިންޓަނޭޝަނަލްގަ އެވެ. 

މި މުބާރާތްތަކުގައި ވާދަކުރާ ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ޓީމުގެ ކުޅުންތެރިންނަކީ، ޒަޔާން ޒަކީ، ނިބާލް އަހުމަދު، ހަސަން ޒަޔާން، އައިމިނަތު ނަބީހާ (ނަބީ) އަދި ފާތިމަތު ނަބާހާ (ނަބާ) އެވެ. 

އެ ގޮތުން، މި ތިން މުބާރާތުގައި ވަކިވަކި ކުޅުންތެރިން ވާދަކުރާ އިވެންޓްތަކަށް ބަލާއިރު، ޒަޔާން ޒަކީ ގްރީސް އާއި ހަންގޭރީ މުބާރާތުގައި ކުޅޭނީ މިކްސް ޑަބަލްސް އާއި މެންސް ޑަބަލްސްގަ އެވެ. އަދި، ނޯވޭ މުބާރާތުގައި މެންސް ސިންގަލްސް އާއި މިކްސް ޑަބަލްސްގައި ވާދަކުރާނެ އެެވެ. 

ގްރީސްގެ މުބާރާތުގައި ނަބާ ކުޅޭނީ އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސްގަ އެވެ. ހަންގޭރީގައި އަންހެން ސިންގަލްސް، މިކްސް ޑަބަލްސް އަދި އަންހެން ޑަބަލްސްގައި ކުޅޭގޮތަށް ހަމަޖެހިފައިވާއިރު، ނޯވޭގައި ކުޅޭނީ އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސްގަ އެެވެ. ގްރީސްގައި ނިބާލް ކުޅޭނީ ފިރިހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސްގަ އެވެ. އަދި، ހަންގޭރީގައި ފިރިހެން ސިންގަލްސް އާއި ފިރިހެން ޑަބަލްސް ކުޅޭއިރު، ނޯވޭގެ މުބާރާތުގައި ނިބާލް ވާދަނުކުރާނެ އެވެ. 

ނަބީ، ގްރީސް މުބާރާތުގައި އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސްގައި ކުޅޭއިރު، ހަންގޭރީ މުބާރާތުގައި ކުޅޭނީ އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސްގަ އެވެ. އަދި، ނޯވޭ މުބާރާތުގައި އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސްގައި ވާދަކުރާނެ އެވެ. 

ހަސަން ޒަޔާން ވާދަކުރާނީ، ގްރީސް އާއި ހަންގޭރީ މުބާރާތުގައި ފިރިހެން ސިންގަލްސްގަ އެވެ. 

މިއީ، މި އަހަރު ތެރޭ ރިވައިވަލް އިން ފުރިހަމަ ކުރާ ޔޫރަޕްގެ ދެ ވަނަ ޓުއާ އެވެ. މީގެ ކުރިން، މި އަހަރު ރިވައިވަލްގެ ކުޅުންތެރިން ވަނީ، ފްރާންސް، އިޓަލީ އަދި ޗެކް ރިޕަބްލިކްގެ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. މީގެ ތެރެއިން، އިޓަލީގައި ކުރިއަށްދިޔަ މުބާރާތުގައި، ނަބާ އާއި ނަބީ ވަނީ އަންހެން ޑަބަލްސްގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox